މުއިއްޒުގެ ދަތުރުތަކުގެ ތަފްސީލް ހާމަނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް!

މުއިއްޒު އަދި ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު އަދި ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ހަރަދު ހާމަކުރައްވާނެ ކަމަށް އަމިއްލަފުޅަށް އިއުލާން ކުރެއްވުމަށް ފަހު، އެ މައުލޫމާތުތައް އާންމުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ އެވެ. 

ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވަ އެވެ.

ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ފަހު ރައީސް އޮފީހުން އިސްވެ މި މައުލޫމާތު އާއްމުކުރުން ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފަހުން އެ އޮފީހުން ހާމަކުރީ މުއިއްޒު މިދިޔަ އަހަރުގެ އެޕްރީލް މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ މައުލޫމާތެވެ. 

މައުލޫމާތު ހާމަނުކުރާ މުއިއްޒުގެ ރަސްމީ ދަތުރުތައް

  • އެޕްރީލް 27 އިން އެޕްރީލް 30، 2025 އަށް މެލޭޝިއާ
  • ޖޫން 29 އިން ޖުލައި 2، 2025 އަށް ސިންގަޕޫރު
  • ޖުލައި 2025 އިނގިރޭސިވިލާތް
  • ސެޕްޓެމްބަރު 2025 ގަތަރު
  • ނޮވެމްބަރު 29 އިން ޑިސެމްބަރު 3، 2025 އިނގިރޭސިވިލާތް
  • ފެބްރުއަރީ 9 އިން ފެބްރުއަރީ 13، 2026 ޖަރުމަނުވިލާތް
  • އެޕްރީލް 2026 ސައުދީ އަރަބިއްޔާ
  • މޭ 3 އިން މޭ 6، 2026 ސްރީލަންކާ

މައުލޫމާތު ހާމަނުކުރާ މުއިއްޒުގެ ނުރަސްމީ ދަތުރުތައް

  • ޖުލައި 31 އިން އޯގަސްޓް 5، 2025 ސިންގަޕޫރު
  • ޑިސެމްބަރު 2025 ސިންގަޕޫރު
  • މޭ 24 އިން މޭ 30، 2026 ސިންގަޕޫރު

މުއިއްޒުގެ ހުރިހާ ރަސްމީ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.

ހަރަދުތަކުގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު، މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަދަދަށްވުރެ އިތުރަށް ދައުލަތުގެ ބަޖެޓުން ދަތުރުތަކަށް ހަރަދުކުރި ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ. 

ދަތުރުތަކުގެ ހަރަދު ސަރުކާރުން ސިއްރުކޮށްފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅާފައި އޮތީ 249 މިލިއަން ރުފިޔާ އެވެ.

ހަރަދުތަކުގެ ތަފްސީލް ހާމަކުރުމުގެ ބޭނުމަކީ ދެފުށްފެންނަ ނިޒާމެއް ގާއިމްކުރުން ކަމަށް މުއިއްޒު ވިދާޅުވެފައިވާ އިރު، އެމަނިކުފާނުގެ ބައެއް ދަތުރުތަކަށް ހެޔޮއެދޭ ވިޔަފާރިވެރިން ހަރަދު ކުރައްވާ ކަމަށް މީގެ ކުރިން އިއުލާން ކުރައްވާފައިވެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ. 

އޭގެ އިތުރުން 2024 ވަނަ އަހަރު މުއިއްޒު އާއި އާއިލާ އީދު ޗުއްޓީ ހޭދަކުރެއްވީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑްގަ އެވެ. އެއީ އަމިއްލަފުޅަށް ހަރަދުކުރެއްވި ޗުއްޓީއެއް ކަމެއް ސާފެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox