4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

Oct 14, 2026, 1:17 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ތުރުކީގެ އައްސޭރިފަށުން ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.

އާސާރީ މާހިރުން އަންދާޒާކުރާ ގޮތުގައި މި ބޯޓަކީ މީގެ 4،400 އާއި 4،700 އަހަރާ ދެމެދުގެ ދުވަސްވީ ބޯޓެކެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު "އާލީ ބްރޮންޒް އޭޖް" ދުވަސްވަރެވެ. އަދި މިއީ މިސްރުގެ މަޝްހޫރު "ގްރޭޓް ޕިރަމިޑް" ބިނާކުރި ދުވަސްވަރާ ގާތްގަނޑަކަށް އެއް ދުވަސްވަރެކެވެ.

މި ބޯޓުގެ ލަކުޑި އޮނިގަނޑު މިހާރު ފެންނަން ނެތް ނަމަވެސް، ބޯޓުން އުފުލި މަށިން ހަދާފައިވާ މުދާ ރައްކާކުރާ ބައިތައް ކަނޑުގެ އަޑީގައި ހުއްޓެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ، އޭގެ ތެރެއިން ބައެއް ބައިތަކުގައި އެ ދުވަސްވަރު އުފުލި ތަކެތީގެ އަސަރުތައް އަދިވެސް ހުރުމެވެ.

Advertisement

މި ބޯޓު ހޯދި އާސާރީ މާހިރުން ބުނާ ގޮތުގައި، ގާތްގަނޑަކަށް 10 މީޓަރުގެ ދިގުމިން ހުރި މި ބޯޓަކީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް މުދާ އުފުލި ވިޔަފާރި އުޅަނދެކެވެ.

ތުރުކީގެ އަކްޑެނިޒް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި މެޑިޓެރޭނިއަން އާކިއޮލޮޖީ އެސޯސިއޭޝަންގެ އިސްވެރިޔާ ހަކާން އޮނިޒް ވިދާޅުވީ، މި ބޯޓަކީ ކަނޑުގެ އަޑީގައި ރައްކާކުރެވިފައިވާ "ޓައިމް ކެޕްސޫލެއް" ފަދަ އެއްޗެއް ކަމަށެވެ.

މި ބޯޓު ފެނިފައިވަނީ ތުރުކީގެ އަންޓަލްޔާގައި އޮންނަ ކެކޯވާ ރަށުގެ އައްސޭރިފަށާ ކައިރިންނެވެ. މި އާސާރީ ތަކެތި ފެނިފައިވަނީ ކަނޑުގެ 30 މީޓަރު އަޑިންނެވެ.

އެ ސަރަހައްދުން ހިލައިން ހަދާފައިވާ ތިން ބޮޑު ނަގިއްޔާއި، "އެމްފޯރާ" ގެ ނަމުން ނަންދެވިފައިވާ މަށިން ހަދާފައިވާ 30 އަށް ވުރެ ގިނަ ބައިތައް ފެނިފައިވެ އެވެ.

ފޮޓޯ: ބީބީސީ
ފޮޓޯ: ބީބީސީ

ބޯޓުގެ ލަކުޑީގެ އެއްވެސް ބައެއް ފެންނަން ނެތުމުގެ ސަބަބުން، ދިރުން ހުންނަ ތަކެތީގައި ހުންނަ ކާބަންގެ މިންވަރު ބަލައިގެން އުމުރު ދެނެގަންނަ "ރޭޑިއޯކާބަން ޑޭޓިން" ފަދަ އުސޫލުތައް ބޭނުންކޮށްގެން ބޯޓުގެ އުމުރު ދެނެގަނެވޭ ގޮތެއް ނުވި އެވެ.

އޭގެ ބަދަލުގައި އާސާރީ މާހިރުން ބޯޓުގެ އުމުރު ދެނެގަތީ ފެނުނު ބައިތަކުގެ ބައްޓަމަށް ބަލައިގެންނެވެ. މަށީގެ އުފެއްދުންތަކުގެ ފަރުމާ ޒަމާނާ އެކު ބަދަލުވަމުންދާތީ، ވަކި ބައްޓަމެއްގެ އުފެއްދުންތަކަކީ ވަކި ޒަމާނެއްގެ ތަކެތިކަން ދެނެގަނެވެ އެވެ.

މި ހޯދުމުގައި ބައިވެރިވި ފީނުންތެރިން ވަނީ އެ ތަކެތި މައްޗަށް ނަގައިފަ އެވެ. އެތައް ހާސް އަހަރެއް ވަންދެން ކަނޑުގެ އަޑީގައި އޮތުމަށްފަހު، މިހާރު އެ ތަކެތި ދަނީ ވަރަށް ބޮޑަށް ބަލައިގެން ރައްކާތެރިކަމާއެކު ބަލަހައްޓަމުންނެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ އާސާރީ މާހިރު ޑރ. ކަރިން ސޮވާޑާ ވިދާޅުވީ އޭގެ ތެރެއިން ބައެއް ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބި ހުރި ކަމަށެވެ.

"އޭގެ އެތެރެ ބަލާލާފައި އަޅުގަނޑު ހައިރާންވެގެން ހޭނެތޭވަރުވި. އޭގެ ތެރޭގައި އެހާ ގިނަ އަދަދަކަށް އެ ތަކެތީގެ (ތެޔޮ ފަދަ އެއްޗެއް) އަސަރު ހުރިކަން ގަބޫލުކުރަން ވެސް ދަތިވި. އެއީ ހަމައެކަނި ތިކިތަކެއް ނޫން، ވަރަށް ގިނަ އަދަދަކަށް އެ މާއްދާ އޭގައި ހުރި،" ޑރ. ސޮވާޑާ ވިދާޅުވި އެވެ.

މިހާރު އެ ޓީމުން މަސައްކަތް ކުރަމުންދަނީ އެއީ ސީދާ ކޮން އެއްޗެއްތޯ ބެލުމަށެވެ.

"އެއީ ޒައިތޫނި ތެޔޮ، ނުވަތަ މޭބިސްކަދުރު ރާ، ނުވަތަ ގަސްގަހުގެ ރެސިން ކަމަށް ވެދާނެ،" ސޮވާޑާ ވިދާޅުވި އެވެ.

މި ޝިޕްރެކް އާއި އެ ތަނުން ފެނުނު މުދަލުގެ ސަބަބުން، ގަދީމީ ޒަމާނުގެ ވިޔަފާރީގެ ކަންކަން ހުރި ގޮތުގެ މައްޗަށް އާ މައުލޫމާތު ލިބިގެންދެ އެވެ.

އެ ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ހާއްސަކޮށް ކެކޯވާ ރަށުގެ ވަށައިގެންވާ ސަރަހައްދަކީ އޮއިގަދަވުމާއި ގަދަ ވަޔާ ހެދި އެތައް ބޯޓެއް ފެތިފައިވާ ސަރަހައްދެކެވެ.

އެ ސަރަހައްދުގައި ފެތިފައިވާ އެތައް ސަތޭކަ ބޯޓެއް ހުރިއިރު، މެޑިޓެރޭނިއަން އާކިއޮލޮޖީ އެސޯސިއޭޝަނަކީ އެފަދަ ބޯޓުތައް ހޯދައި ދިރާސާކުރުމަށް ހާއްސަ ޖަމިއްޔާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox