އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމުން އާއްމުންގެ ނުރުހުން

Oct 13, 2026, 8:00 PM
ފޮޓޯ: ރޭޑިއޯ ފްރީ ޔޫރަޕް

ފޮޓޯ: ރޭޑިއޯ ފްރީ ޔޫރަޕް

އަޒަރުބައިޖާންގެ ސަރުކާރުން، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާއި މުވައްޒަފުން ބުރުގާ އެޅުން ނުސީދާ ގޮތެއްގައި މަނާކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ފަށައިފި އެވެ.

ސެޕްޓެމްބަރު މަހު ފާސްކުރި އިސްލާހުގައި، މުސްލިމް އަންހެނުން ބޯ ނިވާކުރުމަށް ބޭނުންކުރާ ބުރުގާ މަނާކުރާ ކަމަށް ސީދާ ބުނެފައި ނުވި ނަމަވެސް، "ސެކިއުލަރިޒަމްގެ އުސޫލުތަކާ" ޚިލާފުވާ ފަދަ ހެދުންތައް ސްކޫލްތަކުގައި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

މި ނިންމުމާ ގުޅިގެން ބައެއް ސްކޫލްތަކުން ވަނީ ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރިސުން ކްލާސްތަކަށް ވަނުން ހުރަސްއަޅަން ފަށާފަ އެވެ. މިއާއެކު އާންމުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، މުޒާހަރާތައް ވަނީ ފެށިފަ އެވެ.

އަޒަރުބައިޖާންގެ ދައުލަތުގެ މީޑިއާ އެޖެންސީ (އޭޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އާންމު ތައުލީމީ މުއައްސަސާތަކުގެ ދަރިވަރުންގެ ޔުނިފޯމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ބޭނުމަކީ، ގައުމުގެ "ސެކިއުލާ އުސޫލުތައް" ރަމްޒުކޮށްދޭ އެއްގޮތް ހެދުމުގެ މިންގަނޑެއް ކަނޑައެޅުމެވެ.

އަޒަރުބައިޖާންގެ އާބާދީގެ ގާތްގަނޑަކަށް 96 އިންސައްތައަކީ މުސްލިމުންނެވެ. އެ ގައުމުގެ ގާނޫނުއަސާސީގައި އެއީ ސެކިއުލާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދީނީ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޭޕީއޭ އިން އިތުރަށް ބުނި ގޮތުގައި، އަޒަރުބައިޖާންގެ "ތާރީޚާއި، ސަގާފަތާއި، ގައުމީ އަދި އަޚްލާގީ އަގުތައް" ރަމްޒުކޮށްދޭ ހެދުންތައް ޚާއްސަ މުނާސަބަތުތަކުގައި ބޭނުންކުރެވޭނީ މިނިސްޓްރީ އޮފް ސައިންސް އެންޑް އެޑިއުކޭޝަންގެ ދަށުން ހިންގާ ޕެޑަގޮޖިކަލް ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

އެ އެޖެންސީން ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން މުދައްރިސުންގެ ފަރާތުން "ޕްރޮފެޝަނަލް މިންގަނޑުތައް" ފެނިގެންދާނެ ކަމަށާއި، މިއީ ސްކޫލްތަކުގެ ގަދަރަށް ލިބޭނެ ކުރިއެރުމެކެވެ.

މި ނިންމުމާ ގުޅިގެން އަޒަރުބައިޖާންގައި މުޒާހަރާތައް ފެށި، ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވަނީ ފެށިފަ އެވެ. ސްކޫލްތަކަށް ނުވެއްދުމުން ދަރިވަރުން ރޮމުން އެކުދިންގެ މުދައްރިސުންގެ ގައިގައި ބައްދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޒަރުބައިޖާންގެ މަދުވެގެން ދެ ސްކޫލެއްގެ ދަރިވަރުން ވަނީ މި ހުރަސްތަކާ ދެކޮޅަށް ކްލާސްތަކަށް ނުގޮސް ބޮއިކޮޓްކޮށްފަ އެވެ.

ދައުލަތަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގައި 2020 ވަނަ އަހަރުން ފެށިގެން 113 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނޫސްވެރިޔާ ޕޮލާޑް އަސްލަނޯވް ވެސް ވަނީ މި އާ ގަވާއިދާ ދެކޮޅަށް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފަ އެވެ.

ސޯޝަލް މީޑިއާގައި ފެށި މި ކެމްޕޭނާއި މުޒާހަރާތައް މިހާރު ވަނީ ތުރުކީއަށް ވެސް ފެތުރިފަ އެވެ. ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ 1997 ވަނަ އަހަރު ތުރުކީއަށް އައި "ޕޯސްޓް-މޮޑަން ކޫ" އާ އެއްގޮތް ކަމެއްގެ ގޮތުގަ އެވެ. އެ ފަހަރު ތުރުކީގައި ބުރުގާ އަޅާ އަންހެނުން ޔުނިވާސިޓީތަކަށް ވަނުން މަނާކޮށް، ސިވިލް ސާވިސް ވަޒީފާތަކުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން މަޖުބޫރުކުރި އެވެ.

މުސްލިމް އަންހެނުންނަށް ކުރިމަތިވެފައިވާ މި ހުރަސްތަކާ ދެކޮޅަށް، މިދިޔަ ހަފުތާގައި އިސްތަންބޫލްގައި ހުންނަ އަޒަރުބައިޖާންގެ ކޮންސިއުލޭޓް ކުރިމައްޗަށް މީހުން އެއްވެ، ބާކޫގެ ސަރުކާރުން މި ނިންމުން އަލުން މުރާޖައާ ކުރުމަށް ވަނީ ގޮވާލާފަ އެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވަނީ، އެ ގައުމުގެ ގާތް އެކުވެރިއެއް ކަމަށްވާ ތުރުކީގައި ކުރިއަށްދާ މި މުޒާހަރާތަކަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. ނިއު އަޒަރުބައިޖާން ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން، ތުރުކީގެ ނަން ސީދާ ވިދާޅުނުވެ އަލިޔޭވް އިންޒާރު ދެއްވީ "އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނުފޫޒު ފޯރުވަން" މަސައްކަތް ނުކުރުމަށެވެ.

އަލިޔޭވްގެ މި ވާހަކަތަކަށް އަންކާރާގެ ސަރުކާރުން ރަސްމީކޮށް ރައްދެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސެޕްޓެމްބަރު 23 ވަނަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވަނީ، މުސްލިމް އަންހެނުންނަށް ކުރިމަތިވާ ތަފާތުކުރުންތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox