ތުރުކީ، ޕާކިސްތާނު އަދި މިސްރުން ރިޔާދުގެ އެއާޕޯޓަށް ދިން ހަމަލާތައް ކުށްވެރިކޮށްފި

Oct 13, 2026, 6:15 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ރިޔާދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތައް ތުރުކީ، ޕާކިސްތާން، މިސްރު އަދި ސައުދީ އަރަބިއްޔާއިން ކުށްވެރިކޮށްފި އެވެ.

ހޫތީން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުން، އާދީއްތަ ދުވަހު ރިޔާދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން އާ ހަމަލާއެއްގައި އެކަކު މަރުވެ 10 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"އާރް4" ގެ ނަމުން ނަންދެވިފައިވާ ސަރަހައްދީ ބާރުތަކުގެ މި ގްރޫޕުން ވަނީ ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކޮށް، އެ ގައުމަށް ދޭ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ނުރައްކާތައް ހުއްޓުވުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސައުދީން އަޅާ "ގާނޫނީ ހުރިހާ ފިޔަވަޅުތަކަކަށް" ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ.

އާދީއްތަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި އެ ގައުމުތަކުން ބުނީ، މި ހަމަލާތަކުގެ ނަތީޖާއަށާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތަށް މީގެ ސަބަބުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ހޫތީ ހަނގުރާމަވެރިން ފުރިހަމައަށް ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް އެ ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.

ނޭޓޯގެ މެންބަރު ތުރުކީ އާއި ނިއުކްލިއާ ބާރެއް ކަމަށްވާ ޕާކިސްތާނުން މިދިޔަ އޮގަސްޓް މަހު ސައުދީ އަރަބިއްޔާއާއެކު ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެއިން ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ. ހޫތީންގެ ހަމަލާތަކާ ގުޅިގެން، ދިފާއީ ވައުދުތައް ތަންފީޒުކުރުމަށާއި ސައުދީ އަރަބިއްޔާގައި އަސްކަރީ ބާރުތަކާއި ވަސީލަތްތައް "ހަލުވިކަމާއެކު ގާއިމުކުރުމަށް" އެއްބަސްވެފައިވާ ކަމަށް އެ ގައުމުތަކުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ބުރާސްފަތި ދުވަހު ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް އެހީތެރިވެވޭނެ ގޮތްތައް ތުރުކީން ބަލަމުންދާ ކަމަށެވެ. 

ތުރުކީގެ ޕާލަމެންޓުން މިހާތަނަށް މި ދިފާއީ އެއްބަސްވުން ރަސްމީކޮށް ފާސްކޮށްފައި ނުވާތީ، ސައުދީ އަރަބިއްޔާއަށް ތުރުކީން މިހާތަނަށް ދެމުންދާ އެހީތެރިކަމަކީ މައިގަނޑު ގޮތެއްގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ދެވޭ އެހީތެރިކަމެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އެއްބަސްވުން ޕާލަމެންޓަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އާއި ވަރުގަދަ ދިފާއީ ސިނާއަތެއް އޮތް ތުރުކީން ވަނީ ސައުދީ އަރަބިއްޔާއަށް ދިފާއީ ސާމާނު ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ރަތް ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީން އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުގައި ބައިވެރިވުމަށް ވެސް ތުރުކީން ވަނީ އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox