މެދުއިރުމައްޗަށް ހަނގުރާމައަށް ދިޔަފަހުން ތުރުކީގައި ތާށިވި ދެ ދިވެހިން ރާއްޖެ ގެނެސްފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން: މެދުއިރުމައްޗަށް ހަނގުރާމައަށް ގޮސް ފަހުން ތުރުކީގައި ތާށިވި ދެ ދިވެހިން ރާއްޖެއަށް ވަނީ ގެނެސްފައި -- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން: މެދުއިރުމައްޗަށް ހަނގުރާމައަށް ގޮސް ފަހުން ތުރުކީގައި ތާށިވި ދެ ދިވެހިން ރާއްޖެއަށް ވަނީ ގެނެސްފައި -- ފޮޓޯ: ހޯމް މިނިސްޓްރީ

މެދުއިރުމަތީ ގައުމަކަށް ހަނގުރާމައަށް ގޮސް ފަހުން ތުރުކީއަށް ހިޖުރަކޮށް, ތާށިވެފައި ތިބި ތިން ދިވެހިންގެ ތެރެއިން ދެ ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ތިން ދިވެހިން ތުރުކީ ސަރުކާރުން ޑިޓެއިންކޮށް ދިވެހި ސަރުކާރަށް އެންގުމާއެކު، ދެ ދިވެހިން ރާއްޖެ ގެނެވުނީ ރާއްޖޭގެ އެކި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މިގޮތުން ރާއްޖެ ގެނެސްފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ އެވެ. އެ ކުއްޖާ އާއި މަންމައަށް ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގައި ދަނީ ހިދުމަތް ދެމުންނެވެ.

"ތުރުކީގައި ދިވެހިރާއްޖޭގެ ތިން ރައްޔިތަކު މިފަދަ ހަނގުރާމައިގައި ބައިވެރިވުމަށް އެހެން ގައުމަކަށް ގޮސް، ފަހުން ތުރުކީއަށް ހިޖުރަކުރެވި އެ ތަނުގެ ތެރޭޭގައި ތާށިވެފައި ތިބި މައުލޫމާތު. ތުރުކީގެ ސަރުކާރުގެ ފަރާތުން، އެ ފަރާތްތައް ޑީޓެއިންކޮށް ދިވެހި ސަރުކާރަށް އެންގުމާއެކުގައި އަޅުގަނޑުމެންގެ ގުޅިފައިވާ އެކިއެކި މުއައްސަސާތައް މެދުވެރިވެގެން އެ ފަރާތްތައް ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައި،" މިނިސްތަރު ވިދާޅުވި އެވެ.

"އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއް ގޮތުން 14 އަހަރުގެ އަންހެން ކުއްޖަކާއި އަދި އެ ކުއްޖާގެ މަންމަ ވަނީ މިހާރު ރާއްޖެ ގެނެވި ނެޝަނަލް އިންޓަގްރޭޝަން ސެންޓަރުގައި ދޭންޖެހޭ ހިދުމަތް ދަނީ ދެމުން."

ނަމަވެސް ތިންވަނަ ދިވެހި މީހާ ރާއްޖެ އަނބުރާ ނުގެންނަނީ ކީއްވެގެން ކަމެއް އަދި އޭނާ ކޮބައިކަމެއް އިހުސާން ވިދާޅެއް ނުވެ އެވެ.

އިހުސާން ވިދާޅުވީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ތާށިވެފައި ތިބި 23 މީހަކު ރާއްޖެ ގެނެސް މިހާތަނަށް ރީއިންޓަގްރޭޓް ކޮށްފައިވާ ކަމަށެވެ.

ސީރިއާ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ.

އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox