ގައުމުގެ ދިފާއުގައި ތެދުވާންވީ ވަގުތު ޖެހިއްޖެ، ދީނާއި ގައުމަށް ޣަދަރުވެރިވުމުގެ ނަތީޖާ މުއިއްޒުއަށް ވެސް ހިތިވާނެ: އިމްރާން

އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު، އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު، އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ނިންމި އަޑި ނޭނގޭ ނިންމުމާ ގުޅިގެން ދިވެހި ގައުމުގެ ހިމާޔަތުގައި ދިވެހީން ނުކުންނަންވީ ވަގުތު ޖެހިއްޖެކަމަށް ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ހިއްކަން ފެށު ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. އެ މަޝްރޫއު ސަރުކާރުން އިއުލާނުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރިން ކުރެއްވި އިމްރާން ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ފަހަރަކު ވެސް ދިވެހީން އެކަންކަމާ ދެކޮޅަށް ތެދުވި ކަމަށެވެ.

"ވަކީން ހާއްސަކޮށް މި ރާއްޖޭގެ ފަހުގެ ތާރީހަށް ބަލާލީމާ ރައީސް މުއިއްޒަށް ސާފުވެވަޑައިގަންނަވަންވާނެ އެއްކަމަކީ ދީނާއި ގައުމަށް ޣަދަރުވެރިވުމުގެ ނަތީޖާ ޚުދު އެމަނިކުފާނަށް ވެސް ހިތިވާނެކަން،" އިމްރާން ވިދާޅުވި އެވެ.

ބޭރުގެ ކުންފުންޏަކަށް ރަސްމާލެ އުމުރަށް ދޫކޮށްލުމާ ދެކޮޅަށް ތެދުވާ ދީނީ އިލްމުވެރިން ގިނަވާން ފަށައިފި

"ރަސްމާލެ ބިން ވިއްކާލި ވާހަކަ ދެކެވޭތީ އީގަލް ހިލްސްގެ ވެބްސައިޓު މިރޭ ބަލާލައިފިން. އެ ސައިޓުގައި އެވާގޮތަށް ރަސްމާލެ އެއްބަސްވުން އޮތް ނަމަ... އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އޭގެ ސަބަބުން އެ ބިން އެޔޮތީ ދިވެހީން އަތުން ތާއަބަދަށް ގެއްލިގެން ގޮސްފަ،" އޭނާ ބުނެފައިވެ އެވެ.

ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެހި ގައުމުގެ ދިފާއުގައި ދިވެހީން ތެދުވާންވީ ވަގުތު ޖެހިއްޖެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުއާ ދެކޮޅު ހެދުމަށް އިމްރާން ގޮވާލައްވައިފައިވާއިރު، ޝެއިހް ފަޒްލޫން މުހައްމަދު އާއި ޑރ. މުހައްމަދު އިޔާޒުގެ އިތުރުން، ޝެއިހް ޒަމްޒަމް ފާޜިޝް ވެސް ވަނީ ރަސްމާލެ އުމުރަށް ދޫކޮށްލުމާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފަރުމާކޮށްފައި ވަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ އެތަން ނުލިބޭ ގޮތަށެވެ. 

ރަސްމާލެއިން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ އެވެ. އެގޮތަށް ކިތަންމެ ފަހަރަކު ވެސް އެތަން ވިއްކާލެވިދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox