ރަނގަޅު ވެރިކަމެއް ނުކުރެެވެނީ މުއިއްޒު ކިބައިގައި ހުންނަ ނޭދެވޭ ތިން ސިފައެއްގެ ސަބަބުން: އިމްރާން

އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު، އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު، އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުއަށް ގައުމުގެ ވެރިކަން ރަނގަޅަށް ނުކުރެއްވިގެން އުޅުއްވަނީ އެމަނިކުފާނުގެ ގައިގައި ހުންނަ ވަރަށް ނޭދެވޭ ތިން ސިފައެއްގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެ މިއަދު އެވެ.

މުއިއްޒު މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން އަދާލަތު ޕާޓީގައި އެކުގައި މަސައްކަތް ކުރެއްވި އިމްރާން ވިދާޅުވީ މުއިއްޒުގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތަކުގެ ވާހަކަ މީގެ ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ރައްޔިތުންނަށް އިންޒާރުކުރެއްވި ކަމަށެވެ.

"ރައީސް މުއިއްޒަށް މި ކަން ނުވެގެން މި އުޅެނީ ވަރަށް ނުރަނގަޅު ތިން ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި ހުރެގެންނޭ އިނގޭތޯ؟ ރައީސް މުއިއްޒުއަކީ އާދަޔާއި ހިލާފަށް އިނގޭތޯ، އާދަޔާއި ހިލާފަށް، ހެސްކިޔާފައި ދޮގު ހައްދަވާ ބޭފުޅެއް އިނގޭތޯ؟" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މީގެ ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި މުއިއްޒުއާ ގުޅޭގޮތުން ވާހަކަދެއްކެވިއިރު ވެސް އެހައިބޮޑަށް އެކަން ފާހަގަނުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް، މިހާރު ރައީސް މުއިއްޒު ގެންދަވަނީ ގޭތެރޭގައި ވެސް ކެބިނެޓުގައި ވެސް އަދި، އާންމު ރައްޔިތުންނަށް ވެސް ދޮގު ހައްދަވަމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން، މުއިއްޒުގެ ހުންނަ އެންމެ ނޭދެވޭ އަނެއް ސިފައަކީ ވަރަށް އަވަހަށް ކޯފާ އިސްކުރެއްވުން ކަމަށް އިމްރާން ވިދާޅުވި އެވެ. 

"[މުއިއްޒުއާ] ވަރަށް އެއްކޮށް އުޅޭ ބޭފުޅުންނަށް ވަރަށް ރީތުކޮށް މީތި ފެންނާނެ، ކައިރީގައި އުޅޭ ބޭފުޅުންނަށް، ކެބިނެޓު ބޭފުޅުންނަށް އެއްކޮށް މަސައްކަތް ކުރާ، އާދަޔާއި ހިލާފަށް ދެން ދިވެހިން އާންމުކޮށް ކިޔާގޮތަށް ބުނަންޏާ އިނގޭތޯ؟ ހެސްކިޔާފައި އަވަހަށް ކޯފާވާނެ އާންމު ބަހުން ރުޅި އަންނާނެ،" އިމްރާން ވިދާޅުވި އެވެ.

"އެވަރަށް ދޮގު ހައްދަވާފައި އޭތި އަނެކަތިކުރަން، ހަމަ ވަގުތުން ރުޅި އަންނާނެ އިނގޭތޯ؟ ކޮންމެ ކަމަކާ، ކުޑަކުޑަ ކަންކަމާއި ބޮޑެތި ކަންކަމާ، ހަމަ ހެސްކިޔާފައި ވަރަށް އަވަހަށް ރުޅި އަންނާނެ."

އިމްރާން ވިދާޅުވީ އެއީ ވެރިއެއްގެ ކިބައިގައި ހުރުން ވަރަށް ނުރަނގަޅު ސިފައެއް ކަމަށެވެ. ސަބަބަކީ ގާޒީއަކު ވެސް ރުޅި އައިސްފައި ހުންނަ ވަގުތު ނިޔާ ކަނޑައެޅުން އެޅުން އެއީ ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ކިބައިގައި ތިންވަނައަށް ހުންނަ ނޭދެވޭ ސިފައަކީ އެންމެ ނުރައްކާތެރި އެއް ސިފަކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުއިއްޒުއަކީ އެއްވެސް މީހަކަށް އިތުބާރުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

"އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނެ، މިނިސްޓަރަކަށް އިތުބާރެއް ނުކުރާނެ އިނގޭތޯ؟ އާއިލީ ބޭފުޅަކަށް އިތުބާރެއް ނުކުރާނެ، މުވައްޒަފަކަށް އިތުބާރެއް ނުކުރާނެ،" އިމްރާން ވިދާޅުވި އެވެ.

"...ރައީސްއަކަށް ހުންނަ ބޭފުޅަކު ދައުލަތް ހިންގުމުގައި ކޮންމެހެން އިތުބާރު ކުރަންޖެހޭ މީހުން، ކޮމިޝަނާ އޮފް ޕޮލިސްއަށް އިތުބާރެއް ނުކުރާނެ އިނގޭތޯ، ޗީފް އޮފް ޑިފެންސްއަށް އިތުބާރެއް ނުކުރާނެ، ޗީފް އޮފް ޑިފެންސްގެ ދަށުން  ދެން ތިއްބަވާ ބޭފުޅުންނަށް އިތުބާރެއް ނުކުރައްވާނެ."

އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ބޭފުޅަކު ގައުމު ހިންގާނީ ކިހިނެއްތޯ އިމްރާން ސުވާލު އުފެއްދެވި އެވެ.

މުއިއްޒު އެންމެ ފުރަތަމަ 2010 ވަނަ އަހަރު ސިޔާސީ މައިދާނަށް ނެރެދެއްވި އެއް ބޭފުޅަކީ އިމްރާން އެވެ. ރާއްޖޭގެ ވެރިކަން ބަގާވާތަކުން ބަދަލުކޮށް 2012 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމަށް ވެސް މުއިއްޒު ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

އޭގެ ފަހުން، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުﷲ ގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ސްލޮޓެއްގަ އެވެ.

މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. މިހާރު ވެރިކަންކުރާ ޕީއެންސީއާ މުއިއްޒު ގުޅިވަޑައިގެންނެވީ އޯގަސްޓު 2023 ގައި ރިޔާސީ ޓިކެޓު ހޯއްދެވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox