ރަސްމާލެ ވިއްކާލުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ފަށައިފި

Oct 19, 2026, 5:01 PM
"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: އަދަދު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމާ ދެކޮޅަށް ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ގައުމީ ހަރަކާތެއް ރަސްމީކޮށް ފަށައިފި އެވެ.

މި ހަރަކާތް އިފްތިތާހު ކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވީ މިއީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އުފެދެމުން އައި ވަކިވަކި އަޑުތައް އެއްކޮށްލައިގެން ފެށި ވަރުގަދަ މަސައްކަތެއް ކަމަށެވެ. ސަރުކާރުން އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކޮށްލަން ނިންމި ނިންމުން ބާތިލު ކުރަންދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތް ފަށަން ޖެހުނު ސަބަބު ތަފުސީލުކޮށްދެއްވަމުން އިމްރާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ މިސްރާބު ބަދަލުވެ މިއަދު ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި ބޮޑު ސްކޭމެއް ހިންގަމުންދާ ތަން ކަމަށެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން މާލެއާ ކައިރިން ބޭރު ބަޔަކަށް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

އިމްރާން ވިދާޅުވީ މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ދިވެހިންގެ ބާރުވެރިކަން ނަގާލައި ޒަޔަނިސްޓުންގެ އަތްމައްޗަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމަށް ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް އިމްރާނު ތުހުމަތު ކުރެއްވި އެވެ.

"މިއަދު ދިވެހިންގެ ބޮޑު އަގުލަބިއްޔަތެއް ގަބޫލުކުރަނީ މި މަޝްރޫއަކީ ދުރާލާ ރާލައިގެން ދިވެހިންގެ ބާރު ދިވެހިރާއްޖޭގެ ރަށްވެހިންގެ އަތުން ނަގާ ޒައިނިސްޓުންގެ އަތްމައްޗަށް ދޫކޮށްލުމަށްމ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތުތައް ފުރިހަމަކުރުމަށް، ހިންގާ ވަރަށް ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށް" އޭނާ ވިދާޅވި އެވެ. 

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "ދިވެހިިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ބޭނުމަކީ މި ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އަރުވައި ގައުމީ ފެންވަރެއްގައި މި މަސައްކަތް ހުއްޓުވުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ބިމާއި ކަނޑުފަޅުގެ ވަސީލަތްތައް ބޭރުގެ އިންވެސްޓަރުންނަށް ދޫކުރަންވާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންނެވެ. ނަމަވެސް މިހާރު ފެންނަނީ ރައީސްގެ އަމިއްލަ މަސްލަހަތު އިސްކޮށް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް ކަންކަން ކުރަމުންދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައިވާކަން އިމްރާނު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ދިވެހި ތާރީހުގައި ގައުމަށް ހިޔާނާތްތެރިވާ ކޮންމެ ފަހަރަކު ދިވެހިން ނިކުމެ ގައުމު ސަލާމަތްކޮށްފައިވާ ކަމަށެވެ.

"މާތް ﷲ ގެ ރަހުމަތާ ވާގިފުޅާ އެކު އަޅުގަނޑުމެންނާ އެކު ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެބައޮތް. ރައްޔިތުން ތިބީ މި ގޮތަށް މިކަން ކުރިއަށް ދޭކަށް ނޫން. ދިވެހި ތާރީހުގެ ތެރެއިން ފެންނަން އޮތް މުހިންމު މަންޒަރުތަކަށް ބަލާއިރު، ގައުމަށް ހިޔާނާތްތެރިވެ ހައްދާރުވާ ކޮންމެ ފަހަރަކު ފަހަރަކު ދިވެހިން ތެދުވެ ވަނީ ދިވެހި ގައުމު ސަލާމަތްކޮށްފަ." އިމްރާން ވިދާޅުވި އެވެ. 

އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވިޔަފާރިވެރިން އަދި ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ގައުމުދެކެ ލޯބިވާ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް އިމްރާން ގޮވާލެއްވި އެވެ. އަދި ރަސްމާލޭން ބިން ދޫކޮށްލުމާ ދެކޮޅަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox