މުއިއްޒުގެ މާލީ ބަގާވާތް ތުހުމަތުގައި އަސްލެއް ނެތުމުން ފުލުހުން މައްސަލަ ފައިލްކޮށްފި

ރައީސް މުހައްމަދު މުއިއްޒު -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ރައީސް މުހައްމަދު މުއިއްޒު -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން، އެ ނިންމުމުގައި ޖިނާއީ ކުށެއް އެކުލިވެގެން ނުވާ ކަމަށް ކަނޑައަޅައި، ފުލުހުން މައްސަލަ ފައިލްކޮށްފި އެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިގެން މާލީ ބަގާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ކުރަން ބީއެމްއެލްއިން އުޅުނު ކަމަށް މުއިއްޒު ތުހުމަތު ކުރެއްވުމުން އެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ އޯގަސްޓު 26، 2024, ގަ އެވެ.

އެ ތަހުގީގަށް މިއަދަށް މިވީ އެއް އަހަރާއި އަށް މަސް އަދި 24 ދުވަހެވެ. ތަހުގީގުގެ އަޕްޑޭޓެއް ހޯދަން މީގެ ކުރިން އަދަދުގެ ނޫސްވެރިން ތަކުރާރުކޮށް ފުލުސް އޮފީހުގައި އެދުމުން ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. 

Advertisement

މާލީ ބަގާވާތެއްކޮށް ވެރިކަން ވައްޓައިލަން އުޅުނު މައްސަލައިގައި ކުރާ ތަހުގީގު އަޕްޑޭޓެއް ނެތް!

އެންމެ ފަހުން މުއިއްޒު ކުރެއްވި ތުހުމަތުގައި އެއްވެސް އަސްލެއް ނެތުމުން، މައްސަލަ ފައިލްކުރިކަން ހާމަކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން ހުށަހެޅި ހުށަހެޅުމަކަށް މި މަހުގެ އަށްވަނަ ދުވަހު ފުލުހުން ދިން ޖަވާބުގަ އެވެ. 

"މި ހިދުމަތުގެ ރިކޯޑްތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެ ކަމަކީ ކްލޯސްކޮށް ނިންމާފައި އޮތް ކަމެކެވެ." ފުލުހުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

އިއްޔެ ގެންނަން އުޅުނީ ސީދާ ބަގާވާތެއް: ރައީސް މުއިއްޒު

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،"

މީގެ ކުރިން ވެސް އެކި މަސްދަރުތަކުން އަދަދުއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މާލީ ބަގާވާތުގެ ތުހުމަތާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެއްކުރެވުނު މައުލޫމާތުން އެފަދަ ކަމެއް ރާވައި އިންތިޒާމުކޮށްގެން ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.

"ހެއްކެއް ފެންނާކަށް ނެތް ކޯޑިނޭޓެޑް ވެގެން ކަމެއް އެ ގަޑީގައި ބައިވަރު އެތައް ސަތޭކަ ބޮޓް އެކައުންޓްތަކެއް މީހުން މަގުމައްޗަށް އެއްވާން ނިކުންނަން ގޮވައި، އެ ގަޑީގައި ޕްރެސް ކޮންފަރެންސްގެ ގަޑި އާއި ބޭންކުން އެކަންތައް އިއުލާންކުރި ގަޑިއާ ވެސް ދިމާވުމާއި މި އަދި މިހާތަނަށް ފެންނަ ފެނުމަށް އިއްތިފާގު،" އެ މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25، 2024 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26، 2024 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

މާލީ ބަގާވާތުގެ ތުހުމަތު އޮއްވައި ބީއެމްއެލްގެ ސީއީއޯ ކާލް އިސްތިއުފާ ދީފި

އާ ސީއީއޯއެއް ހޯދުމުގެ މުއްދަތުގައި ބޭންކްގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ. ކާލް ދުބާއީގައި ހުރިއިރު އޭނާގެ ސީއީއޯ ކަމުގައި ބޭންކްގެ ބޯޑުން ނިންމި ނިންމުމެއް "މާލީ ބަގާވާތެއް" ގެ ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ވަނީ ފަށާފައި.

އެކަން އިއުލާނު ކުރުން އިއްތިފާގުވީ، މުއިއްޒު ބައިވެރިވެވަޑައިގެންނެވި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ގެންދެވި ވަގުތާ އެވެ. އޭގެ ކުރިން ވެސް ސަރުކާރުގެ ވެރިން ދިޔައީ އެއީ ބަގާވާތެއް ކަމަށް ބުނަމުންނެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު އެ ރޭ ވިދާޅުވި އެވެ.

މާލީ ބަގާވާތުގެ ތުހުމަތަށް ފަހު ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ދެއްވި އެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް މިނިސްޓަރުން ހިމެނޭ ގޮތަށް ސިިޔާސީ މުވައްޒަފުން އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

ބޭންކުގެ ނިންމުމަކީ މާލީ ބަގާވާތެއްގެ ގޮތުގައި ސަރުކާރާއި ފުލުހުން ސިފަކުރި ނަމަވެސް، އޭރު ވެސް އާއްމުން ސިފަކުރީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox