އަދަދު އޮފީސް ރެއިޑްކުރުން
43 ލިޔުން
ފަހުގެ
ހަބަރުއަދަދު ނޫހުން ގެންދިޔަ ޑިވައިސްތަކުގެ ޕާސްވޯޑު ދޭން އަމުރުކޮށްފި
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ގެންދިޔަ ހަތަރު މެކްބުކެއްގެ ޕާސްވޯޑު ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި. ނަމަވެސް، އެ ތަކެތިން މައުލޫމާތު ނަގަންވާނީ މީޑިއާ ކައުންސިލްގެ ހާޒިރުގައި ކަމަށާއި، ނޫސްވެރިކަމުގެ އިމްތިޔާޒަށް އުނިކަން ނާންނާނެހެން ސިއްރުތައް ހިފެހެއްޓުމަށް ކޯޓުން ވަނީ ޝަރުތުކޮށްފަ.
ހަބަރުއޮކްޓޯބަރު 22 ގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ފަށަނީ
"އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގެ ޝަރީއަތް، ދިފާއީ ބައެއް ހެކިތައް ބަލައިނުގަނެ އޮކްޓޯބަރު 22 ގައި ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައަކީ ރައީސް މުއިއްޒުގެ ތުހުމަތުތަކެއް ހިމެނޭ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން، އެމަނިކުފާނު އެންގެވި އެންގެވުމަކަށް ފުލުހުން ތަހުގީގުކޮށް ދައުވާ އުފުލާފައިވާ މައްސަލައެކެވެ.
