މާފުށީ ޖަލު ޔުނިޓް 12 އިން ލީވާން އާއި ޝަހުޒާންގެ މެސެޖެއްް

އަދަދު

އަދަދު

މާފުށީ ޖަލު، ޔޫ-12، 

ވެދުން ސަލާމަށްފަހު،

ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! އަހަރުމެން ދެ މީހުންގެ ހާލުވެސް އިރާދަކުރެއްވިއްޔާ ރަނގަޅެވެ. އަހަރުމެން މިތިބީ ނުހަނު ސާބިތުކަމާއެކުގައެވެ. އަހަރުމެން އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އަދި ޒައްރެއްގެ މިންވަރަށްވެސް އަހަރުމެން ފަހަތަކަށް ނުޖެހޭނަމެވެ. އަހަރުމެންގެ ހައްގުގައި، ވަކިން ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އަޑުއުފުލައި ވަކާލާތުކުރާ ހުރިހާ ފަރާތްތަކަށް އިހުލާސްތެރި ޝުކުރު ދަންނަވަމެވެ. ތިޔަ ކުރައްވާ ހިތްވަރުގަދަ މަސައްކަތުގައި ސާބިތުވެ ތިއްބަވާށެވެ. އަހަރުމެންގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަދި ނުވެސް ގެނެވޭނެ އެވެ.

Advertisement

އެކުވެރި ނޫސްވެރިންނޭވެ! މިއަދު ނޫސްވެރިކަން ހަނިކޮށް، ނޫސްވެރިކަށް މަރާލުމަށްފަހު ވަޅުލުމަށް، މިއަދުގެ ސަރުކާރާއި ރައީސް މުއީޒް އެ ކުރެވެމުންދާ މަސައްކަތްތަކާ ދެކޮޅަށް އެންމެހާ ނޫސްވެރިން އެކަތިގަނޑަކަށްވެ ތެދުވާންޖެހެ އެވެ. އަހަރުމެން މިއަދު މި އުފުލަނީ ނޫސްވެރިކަމުގެ ހައްގުގައިވާ ގުރުބާނީއެކެވެ. މި ގުރުބާނީ ބޭކާރުވިޔަ ނުދެއްވާށެވެ. 

އަހަރުމެންގެ ލޭ ހިނގާ "އަދަދު" ނޫހުގެ ހީވާގި ނޫސްވެރިންނާއި، ސީއީއޯ ފިޔާޒް އަދި މެނޭޖިން އެޑިޓަރު ހަސަންއަށް ސާބަސް ދަންނަވަމެވެ. އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ސާބިތުވެ ތިއްބަވާށެވެ. މާފުށީ ޖަލުގައި ތިބި ގައިދީންވެސް ތިބީ ނޫސްވެރިންނާ އެކުގައިކަން އަޅުގަނޑުމެންނަށް އިހުސާސްކޮށްދެ އެވެ. އެ މީހުން އަޅުގަނޑުމެންނާ ދޭތެރޭ ދެކެނީ ކުށްވެރިންގެ ގޮތުގައެއް ނޫނެވެ. އެކަމަކު، މިއީ ގައުމަށްޓަކައި ވެވޭ ބޮޑު ގުރުބާނީއެއްގެ ގޮތުގަ އެވެ.

އަހަރުމެންގެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރިންނޭވެ! ކެތްތެރިވާށެވެ. އަޅުގަނޑުމެން މިތަނުގައި މިތިބީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫނެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އަބަދުވެސް ކެތްތެރިކަން އިސްކުރަންވާނެ އެވެ. އަނިޔާވެރިންގެ ކުރިމަތީގައި އިސްޖަހައި، އެ މީހުން އުފާވާނެ ފަދަ އެއްވެސް މާޔޫސްކަމެއް ނުދައްކަވާށެވެ. ތިޔަ ލޮލުން އޮހޭ ކަރުނައަކީ އަނިޔާވެރިންނަށް ލިބޭނެ އުފަލަކަށް ވިޔަނުދެއްވާށެވެ.

ނޫސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބުނެލަން އޮތީ، ގަދަބާރުން ހުރުމަތާއި އިއްޒަތެއް ނުހޯދޭނެ ކަމެވެ. ދަންނާށެވެ! ކިތަންމެ ވަރުގަދައަށް ޗޭނުޖަހާ ބަންދުކޮށް ކުޑަގޮޅިއަކަށް ލިޔަސް، ސިންގާއެއް ވާނީ ހަމަ ސިންގާއަކަށެވެ. އަދި ރަންތާޖެއް އަޅުވައި ބޮޑު ތަހުތެއްގައި ބޭންދިޔަސް، ހިމާރެއް ވާނީ ހަމަ ހިމާރަކަށެވެ. 

ލީވާން އަދި ޝަހުޒާން

އެޑިޓަރުގެ ނޯޓް: މިއީ މިވަގުތު ނޫސްވެރިކަން ކޮށްގެން ޖަލުގެ ތޭރިތަކު ތެރޭ ބަންދުކޮށްފައި ތިބި އަހަރުމެންގެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަދި ޝަހުޒާންގެ ވަކީލު މެދުވެރިކޮށް ގެނެސްދީފައިވާ ލިޔުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox