
އައްޒާމް އަލިފުޅު
ސްޕޯޓްސް އެޑިޓަރ
އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.
1049 ލިޔުން
ކުޅިވަރުސާފްގައި ކުޅެން މެލޭޝިއާ އާއި ސައުދީ އަށް ދައުވަތުދީފި
އަންނަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅެން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ދިނުމުގެ ދައުވަތު، މެލޭޝިއާ އާއި ސައުދީ އަރަބިއްޔާ އަށް ފޮނުވާފައިވާ ކަމަށް ސާފް އިން ވަނީ މީޑިއާގައި ހާމަކޮށްފައި.
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަން އުވާލަން ސަރުކާރުން ހުށަހަޅައިފި
ކުޅިވަރު ގާނޫނުގެ ތެރެއިން ވުޖޫދުވި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބައި ހިމެނޭ ގޮތަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު.
ކުޅިވަރުއަގުބޮޑު މެޗުގެ ފައިސާ ލިބުނީ ބައެއް ކުޅުންތެރިންނަށް
ޅ. ކުރެންދޫ ރިސޯޓްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗުގެ ފައިސާ މިހާތަނަށް އެފްއޭއެމުން ދީފައިވަނީ ބައެއް ކުޅުންތެރިންނަށް. ފައިސާ ނުލިބި ތިބި ކުޅުންތެރިންނަށް މި މަސް ތެރޭގައި ފައިސާ ހަމަޖައްސައިދޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައި.
