ދިވެހި ފުޓްބޯޅައިގެ ހައްގުގައި "މާޒިޔާ އަށް މި ނޫން ގޮތެއް ނެތް"

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ބަލާފައި ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ކުރަނީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި މުހިންމު މަސައްކަތެއް ކަމަށް އެ ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާއިތުވި ތިން އަަހަރު ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އަކީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިިވިޝަނުގައި ވާދަކުރަން ފެށި ފަހުން، މި ޑިވިޝަނުގައި އެންމެ އޮގަނައިޒްކޮށް، ބަރާބަރަށް މުސާރަ ދީގެން ހިންގާ ހަމައެކަނި ކްލަބް އެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހި ފުޓްބޯޅައިގައި ގިނަ މައްސަލަތަކެއް ފާހަގަވަމުން އަންނައިރު، އެންމެ ބޮޑު ކަމަކަށް ކުޅުންތެރިންގެ ޝަކުވާ އަކީ ގަވާއިދުން މުސާރަ ނުލިބުމެވެ. މުސާރައިގެ މައްސަލަ ނުޖެހި، ހިތްހަމަޖެހިލައިގެން ފުޓްބޯޅަ ކުޅެލެވޭނެ މާހައުލަަކަށް ދާން ބޭނުންވާތީ ގިނަ ކުޅުންތެރިން އަންނަނީ ފަހަކަށް އައިސް މާޒިޔާއާ ގުޅެމުންނެވެ. އެއީ ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަން ވެސް ބޭނުންވާތީ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ކުޅެނީ ވެސް މާޒިޔާގަ އެވެ.

Advertisement

ކުރިއަށް އޮތް ސީޒަނަށް ޓީމުތަކުގެ ތައްޔާރީތަކަށް ބަލާއިރު، ހަރަކާތްތެރި ކްލަބަކަށް އަދި ފެންނަނީ ވެސް މާޒިޔާ އެކަންޏެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ގެނައި ކޯޗު، ޔޫރަޕާއި އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ އިވާން ކޮލޭވްއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރުމަށް މިއަދު ބޭއްވި އިވެންޓްގައި، "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ އެ ކްލަބުން ކުރަނީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި ވެސް މުހިންމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ފުޓްބޯޅަ މި އޮތް ހިސާބުން، މާޒިޔާ ފެއަށް ޖެހިލައިފިއްޔާމު ދެން، ހިއެއް ނުވޭ ރާއްޖޭގެ ފުޓްބޯޅަ މާ ފޯރީގައި އޮންނާނެހެން. އެހެންވީމަ, އެހެން ބަަޔަކު އަންނަން ދެން ވެސް އަޅުގަނޑުމެން އެބަޖެހޭ މިކަން ދަމަހައްޓަން. ހިފެހެއްޓޭތޯ ބަލަން. އެ ގޮތުން މި މަސައްކަތް ކުރަނީ،" ޖެހިޖެހިގެން ފަސް ވަނަ ދައުރުގައި މާޒިޔާގެ ޗެއާމަންގެ މަގާމު ފުރުއްވަމުން އަންނަ ސާޖިދު ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، މިއީ ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމެއްކަން. އެހެން ނަމަވެސް މި ވަގުތު، ދިވެހި ފުޓްބޯޅަ އަށް މި ނޫން ގޮތެއް ނެތީމަ، ހަމަ ކޮންމެ ގޮތެއް ހަދާފައި ވެސް, މި ކަން ކުރެވޭތޯ މަަސައްކަތް ކުރަނީ،"

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ) ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު މިސްރާބުން މާޒިޔާ ކުރިއަށް ދިއުމަށް މި ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު އެހީތެރިއަކީ ޗެއާމަން ސާޖިދު ކަމަށެވެ.

"މިއީ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ޗެއާމަންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކީގައި މި ވަރުގެ ޓީމެއް ކޮންމެ އަހަރެއްގައި ވެސް މި ބިނާ ކުރަނީ އެހެންވީމަ ޗެއާމަން އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ކްލަބްގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ ފަރާތުން،" ވައްކޭ ވިދާޅުވި އެވެ.

މާޒިޔާ އިން ކޮންމެ ސީޒަނެއްގައި ވެސް މިހާރު ޓީމު ބިނާކުރަނީ ލޯކަލް ހުރިހާ މުބާރާތެއްގެ ތަށި ހޯދުމާއި އޭއެފްސީ ކަޕްގައި ވެސް ހާއްސަ އަމާޒެއް އޮވެގެންނެވެ. އޭއެފްސީ ކަޕަކީ ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ މުބާރާތެއް ކަމަށް ވައްކޭ ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

"މާޒިޔާ ޓީމެއް މި ބިނާކުރަނީ، މި އަހަރުގެ ސީޒަނަށް، އޭގެ އިތުރަށް މާޒިޔާ މި އޮތީ އޭއެފްސީ ކަޕަށް ކޮލިފައިވެފައި. އޭއެފްސީ ކަޕަކީ މާޒިޔާ ވަރަށް އަހައްމިއްޔަތު ކަމެއް ދޭ މުބާރާތެއް މިހާތަނަށް އަޅުގަނޑުމެންނަށް އޭއެފްސީ ކަޕްގެ ދެ ވަނަ ބުރާ ހަމައަށް ނުދެވޭ. އެހެންވީމަ އެ ޓާގެޓާ ހަމައަށް ވާސިލްވެވޭތޯ ކުރެވޭ މަސައްކަތެއް މިއީ، އެހެންވެ، ރާއްޖޭގައި ތިބި ރަނގަޅު ކުޅުންތެރިން ގެނެސްގެން މި ކަމަށް މި ތައްޔާރުވަނީ،" ވައްކޭ ވިދާޅުވި އެވެ.

މި ފަހަރުގެ ސީޒަނަށް މި ވަގުތު ރާއްޖޭގެ ކްލަބެއްގެ ހަރަކާތެއް މީޑިއާ އަށް ފެންނަ ގޮތަށް ހިނގަނީ މާޒިޔާގެ ފަރާތުން އެކަންޏެވެ. އެ ޓީމުން އަންނަނީ ކްލަބްގެ ޕްލޭނާ އެކު ކުރިއަށްދާނެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށް، އެ ކްލަބް ކުރިއަށްދާއިރު، ބޭނުންވާ ޓާގެޓްތަކަށް ހާސިލްކުރަން އިތުރު ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ.

މާޒިޔާ އިން ވަނީ ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ)ގެ ސޮއި ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox