އަގުބޮޑު މެޗުގެ ފައިސާ ލިބުނީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗަށް ފަހު ކުޅުންތެރިން ރަމްޒީ ޗެކްތައް ހިފައިގެން.--- ފޮޓޯ: އެފްއޭއެމް

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗަށް ފަހު ކުޅުންތެރިން ރަމްޒީ ޗެކްތައް ހިފައިގެން.--- ފޮޓޯ: އެފްއޭއެމް

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، ޅ. ކުރެއްދޫ ރިސޯޓްގައި އެ ރިސޯޓްގެ ޓީމާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗުގެ ފައިސާގެ އިނާމް އެފްއޭއެމުން ބައެއް ކުޅުންތެރިންނަށް ދީފި އެވެ.

ޖުމްލަ އެކު، 1.2 މިލިއަން ރުފިޔާގެ މި އަގުބޮޑު ފުޓްބޯޅަ މެޗު އިންތިޒާމްކުރީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ. ކުރެއްދޫ ރިސޯޓްގައި 2021 ވަނަ އަހަރު އޮކްޓޫބަރު 29 ވަނަ ދުވަހު، ކުޅުނު މި މެޗުން ގައުމީ ޓީމު މޮޅުވީ 7-1 އިންނެވެ.

މި އަގުބޮޑު މެޗަށް ފައިސާ ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އުއްޗުގެ ފަރާތުން 500،000 ރުފިޔާ، އެސްޓީއޯ އިން 500،000 ރުފިޔާ، ދިރާގުން 100،000 ރުފިޔާ އަދި ވިލާ ޓްރެވަލްސް އިން 100،000 ރުފިޔާ ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ އެ މެޗުގައި ހާއްސަ ހަދިޔާތަކެއް ދީފަ އެވެ.

މި ފައިސާ ކުޅުންތެރިންނަށް ލިބިފައިނުވާތީ މީޑިއާގައި ވެސް ގިނަ ފަހަރެއްގެ މަތިން މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭ ވަނީ ވާހަކަ ދެކެވިފަ އެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު އެފްއޭއެމް އިން ބުނެފައިވަނީ ވިލާ ޓްރެވަލްސް އިން ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި އެބައި ހަމަޖެހުނުހާ އަަވަހަށް ފައިސާ ކުޅުންތެރިންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެފްއޭއެމުން އެންމެ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު މި ފައިސާ ވަނީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ދީފަ އެވެ. އެ ގޮތުން، ފައިސާ ދީފައިވަނީ ލ. ގަމުގައި މި މަހު 21 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ކުރެއްދޫ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ވެސް ބައެއް ކުޅުންތެރިންނަށް ކަމަށް އެނގިފައިވެ އެވެ. އެއީ، ކޮންމެ ކުޅުންތެރިއަކަށް 30،000 ރުފިޔާގެ މަގުންނެވެ. (ކުރިން ބެލެވުނީ ކޮންމެ ކުުޅުންތެރިންނާއި އޮފިޝަލުންނަށް އެއްވަރަށް ބަހާއިރު، 40،000 ރުފިޔާ މީހަކަށް ޖެހޭނެ ކަމަށެވެ.)

ޕާކިސްތާން މެޗުގައި ކުޅުނު ސްކޮޑުގައި ނުހިމެނޭ ކުރެއްދޫ މެޗުގައި ކުޅުނު ގައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ އެ މެޗުގެ ފައިސާ އެ ކުޅުންތެރިންނަށް ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ ގޮތުން، ހަތް މަސް ވަންދެން ރާއްޖޭގައި ފުޓްބޯޅަ ނުކުޅެ، ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ގިނަ ކުޅުންތެރިންތަކެއް މާލީ ދަތި އުނދަގޫ ހާލަތެއްގައި ތަހައްމަލު ކުރަމުންދާއިރު، މި ގޮތަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އުނދަގޫ ވަގުތުތަަކަކާ ދަނީ ކުރިމަތިލަމުންނެވެ.

"ހަތް މަސް މި ދަނީ ފުޓްބޯޅަ ނުކުޅެ، މިހެން ލިބެން ޖެހޭ ފައިސާ (އަގުބޮޑު މެޗުން ލިބެންޖެހޭ ފައިސާ) ނުލިބިދާތީ އެއީ ވަރަށް ބޮޑު ދައްޗެއް ހަގީގަތުގައި. ދެން މިދިޔަ ސީޒަނުގައި ކްލަބުން ލިބެންޖެހޭ ފައިސާ ހޯދަން ވެސް މި އުޅެނީ، އެފްއޭއެމަށް ސިޓީ ލައިގެން، އެ ކަންކަން ހަމަޖެހިގެން ކުޅުމަށް ކިރިޔާ ވެސް ފޯކަސް ކުރަން މި އޮތީ،" ކުރެއްދޫ މެޗުގައި ކުޅުނު ކުޅުންތެރިއަކު، "އަދަދު" އަށް ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، މިއަދު، "އަދަދު" އަށް ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި އެ ކުޅުނު އަގުބޮޑު މެޗުގެ ފައިސާ ލިބެންޖެހޭ އެކަމަކު، ނުލިބި ހުރި ކުޅުންތެރިންނަށް މި މަސް ތެރޭގައި އެކަން ހަމަޖެހިގެންދާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް މި ފަހުން މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ އެސޯސިއޭޝަަނުން ބިދޭސީ ކޯޗުންނަށް ދޭން ޖެހޭ ފައިސާ ދައްކަން ފީފާ އިން ވެސް އޮތީ އަންގައިފަ އެވެ. އެފްއޭއެމް އިން ކްލަބްތަކަށް ދޭން ޖެހޭ މާލީ އެހީތެރިކަމުގެ ގިނަ ކަންކަން އެއްކޮށް ހަމަނުޖެހޭތީ ބައެއް ކްލަބްތަކުން ތިބީ ޕްރީ ސީޒަން ޕްރެކްޓިސް ވެސް ނުފަށަ އެވެ. އެފްއޭއެމުން ވަނީ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox