އޮލިމްޕިކް ކޮލިފައިން: ފަހު ވަގުތު ރާއްޖެ އާއި ބަންގްލަދޭޝްގެ އަންހެން ޓީމު ނަން ނަގައިފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އޮލިމްޕިކް ކޮލިފައިން މުބާރާތަށް ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އޮލިމްޕިކް ކޮލިފައިން މުބާރާތަށް ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ޕެރިހުގައި އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިން މުބާރާތުން ރާއްޖެ އާއި ބަންގްލަދޭޝް އިން ފަހު ވަގުތު ނަން ނަންނަގައިފި އެވެ.

މި މަހު މިޔަންމާގެ ޔަންގޮންގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް ބީގެ މެޗުތަކުގައި ވާދަކުރަން އޮތީ ބަންގްލަދޭޝް އާއި ރާއްޖެ އާއި އިރާން އަދި މިޔަންމާ އެވެ. މި ކޮލިފައިން ބުރުގައި ބަންގްލަދޭޝް އިން ބައިވެރިނުވީ މާލީ ދަތިކަމާ ހުރެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާއިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކޮލިފައިންގައި ވާދަނުކުރަން ނިންމި ނިންމުމަކީ ކޯޗާއި ކުޅުންތެރިންގެ ނިންމުމެއް ކަމަށެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ނުކުޅޭތީވެ، މިހާރު ކޮލިފައިން ގްރޫޕް ބީގައި އޮންނާނީ މިޔަންމާ އާއި އިރާންގެ މެދުގައި ކުޅޭ ދެ މެޗެވެ. މިތަނުން ކުރިހޯދާ ޓީމެއް އަނެއް ބުރަށް ކޮލިފައިވާނެ އެވެ. އެ ގޮތުން ފުރަތަމަ މެޗު އޮންނާނީ މި މަހު 5 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗު ޝެޑިއުލްކޮށްފައިވަނީ އަށް ވަނަ ދުވަހަށެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބޫ ނައީމް ޝޮހާގް ވިދާޅުވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީ އާއި ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ އެއްބާރުލުން ނުލިބި، މާލީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތުމުން ބަންގްލަދޭޝް އަންހެން ޓީމު ކޮލިފައިންގައި ނުކުޅޭނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމުން ފެބްރުއަރީ މަހުން ފެށިގެން މި ކޮލިފައިން އަށް ޕްރެކްޓިސް ކުރަމުން އައީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.

ކޮލިފައިންގައި ބައިވެރިނުވި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ނިޒާމްބެ، "އަދަދު" އަށް ބުނީ މުބާރާތުގެ ޝެޑިއުލް އޮތްގޮތުން، ރާއްޖެ ކުޅޭ ދެ މެޗެއް ލާފައި އޮތީ ހަވީރު ކުޅޭ ގޮތަށް ކަމަށާއި ރޯދަ އަށް ހުރެ މިޔަންމާ ކަހަލަ ގައުމެއްގައި މިހާރު އެ ހުރި ހޫނުމިނުގައި މެޗުތައް ކުޅުމަކީ ދިވެހި ކުޅުންތެރިންނަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.

"މިއީ ހަގީގަތުގައި ދިވެހި ކުޅުންތެރިން ދުވަހަކު ވެސް އެކްސްޕީރިއަންސް ކޮށްފައި ހުރި ކަމެއް ނޫން، މި ލެވަލްގެ މެޗުތަކެއް މިހެން ރޯދަ އަށް ހުރެ އެ ޓެމްޕަރޭޗާގައި ކުޅުމަކީ، ދެން އެ ރިސްކު އެހެން އޮތީމައާ އެކު ކުޅުންތެރިންނާ ވާހަކަ ދެއްކީމަ ކުޅުންތެރިން ވެސް އެ އަށް އެއްބަސްވީމަ ހަގީގަތުގައި ވާދަނުކުރަން ނިންމީ،" ނިޒާމްބެ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް (ކުޅުންތެރިންނަށް) ރޯދަ ނުހިފާ ކުޅެން ބުނެ، އެ ގޮތަށް ފޯސް އެއް ނުކުރެވޭނެ. މި މުބާރާތުގައި އެހެން ސަބަބުތަކާ ހުރެ ވެސް އެބަހުރި ފަހު ވަގުތު ޓީމުތަކުން ބައިވެރިނުވަން ނިންމާފައި،"

ރަށްރަށުން އައި ކުޅުންތެރިންނާ އެކު، ގައުމީ އަންހެން ޓީމުން ޕްރެކްޓިސް ކުރިއަށްގެންދިއުމަށް ފަހު، އެންމެ ފަހު ވަގުތު މުބާރާތުގައި ވާދަނުކުރަން ނިންމުމާ އެކު، މިއީ އަނެއްކާ ވެސް އަންހެން ފުޓްބޯޅަ އަށް ގެއްލިގެންދިޔަ ބޮޑު ފުރުސަތެކެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ފަހު ވަގުތު ދެން ބައިވެރިނުވާނެ ގައުމުތަކަކީ އަފްގާނިސްތާނާއި ފަލަސްތީނާއި ތުރުކުމެނިސްތާންގެ އިތުރުން ސަސްޕެންޝަންގެ ސަބަބުން މުބާރާތުން ފުރުސަތު ގެއްލުނު ސްރީ ލަންކާ އެވެ.

ދާދި ފަހުން ނިިމިގެންދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވާފައިނުވެ އެވެ. މިދިޔަ އަހަރު ގައުމީ އަންހެން ޓީމުން މެޗުތަކެއް ކުޅެފައިވީ ނަމަވެސް އަންހެން މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާފައިނުވަނީ ގައުމީ ލެވަލްގައި އެކަށީގެންވާ ވަރަށް އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާފައިނުވާތީ ކަމަށް އެނގިފައިވެ އެވެ.

އެކަމަކު، އަންހެން ފުޓްބޯޅަ ޓީމުން ވަނީ މާލޭގައި އެކުވެރިކަމުގެ މެޗުތަކެއްގައި ކުޅުމުގެ އިތުރުން ސެޕްޓެމްބަރު މަހު ނޭޕާލްގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ.

އެފްއޭއެމް އިން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ މިދިޔަ އަހަރު ނައިފަރުގައި ކުރިއަށްދިޔަ އެފްއޭއެމް ވިމެންސް އިންވިޓޭޝަނަލް ކަޕްގެ ޅ. އަތޮޅުގެ ބައެވެ. ވިމެންސް އިންވިޓޭޝަނަލް ކަޕްގެ އިތުރު ހަތަރު މުބާރާތެއް ލ އަތޮޅާއި ހދ. ކުޅުދުއްފުށި، ފުވައްމުލަށް އަދި މާލޭގައި ބާއްވަން ވެސް އޭރު ނިންމި އެވެ. އެކަމަކު، ފަހުން މި މުބާރާތް ކުރިއަށް ގޮސްފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox