ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ އޮފީސް ރާއްޖެ އަށް ލިބުމަކީ ކާމިޔާބެއް

ސިޓީ ގާޑަންގައި އިއްޔެ ބޭއްވި ކާވާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލަތީފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިޓީ ގާޑަންގައި އިއްޔެ ބޭއްވި ކާވާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލަތީފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އޮފީސް ރާއްޖޭގައި ގާއިމްކުރުމުގެ ފުރުސަތު ގައުމުތަކުގެ ތާއީދާ އެކު، ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނަކީ ސެންޓްރަލް އޭޝިއާގެ ފަސް ގައުމާއި އަފްގާނިސްތާނާ އެކު ސައުތު އޭޝިއާގެ އަށް ގައުމު ވެސް ހިމެނޭހެން 14 ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާ އެކެވެ. މި އެސޯސިއޭޝަނަކީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން އުފައްދާފައިވާ 22 ޒޯނަލް އެސޯސިއޭޝަންގެ ތެރެއިން އެއް އެސޯސިއޭޝަނެވެ. ކާވާ އަކީ އޭޝިއާގެ ވޮލީގެ މައި ފެޑެރޭޝަން، އޭވީސީގައި ހިމެނޭ ފަސް ބައިގެ ތެރެއިން ސެންޓްރަލް އޭޝިއާ ސަރަަހައްދެވެ.

ކާވާގެ ރައީސަކަށް ލަތީފް، އިންތިހާބުވުމަށް ފަހު، އެ އެސޯސިއޭޝަންގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމްކުރުމުގެ ވާހަކަތައް މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ދައްކަވައިފަ އެވެ.

ލަތީފް ވިދާޅުވީ، އެ ވާހަކަ އެންމެ ފުރަަތަމަ، 2020 ވަނަ އަހަރު ދެއްކިއިރު، ކާވާގެ އަސާސީ ގަވާއިދާއި އެ އެސޯސިއޭޝަނާ ގުޅޭ އެކިއެކި ކަންކަން ހުރީ ބޭނުންވާ މިންގަނޑަށް ފުރިހަމަނުވެ ކަމަށެެވެ. އެކަަމަކު، އޭގެ ފަހުން، 2021 ވަނަ އަހަރާ ހަމައިން އަސާސީ ގަވާއިދާއި ދެން ހުރި ކަންކަަން ގަވާއިދުގައިވާ ހުރިހާ ކަމެއް ފުރިހަމަ ވެގެން ކުރިއަށް ހިނގައިގަންނަށް ފަށައި، މިހާރު ބޭނުންވާ ކަންކަން ހުރީ ފުރިހަމަވެފައި ކަމަށެވެ.

"މިހާރު ހުރިހާ ކަމެއް އުސޫލުގައިވާ ގޮތަށް ފުރިހަމަ ކޮށްފައިވާތީ، އެފްއައިވީބީގެ ރައީސް އަރީ ގްރާސާ، މިދިޔަ އަހަރު، ސެޕްޓެމްބަރުގައި ފިލިޕީންސްގެ މެނީލާގައި ވަނީ އިއުލާނުކޮށްފައި ކާވާ ބަަލައިގެންފައިވާ ކަމަށް،" އިއްޔެ ސިޓީ ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވިދާޅުވި އެވެ.

"ހުރިހާ ގައުމެއްގެ އިއްތިފާގުން އަސްލު ނިންމާފައި މި އޮތީ ކާވާގެ އޮފީސް ރާއްޖޭގައި ގާއިމްކުރަން. މިއީ ރާއްޖެ އަށް ގިނަ ގޮތްގޮތުން. ފުރުސަތު ލިބިގެންދާނެ ކަމެއް. އެފްއައިވީބީން އެ އޮތީ އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް ވެސް ދޭ ގޮތަށް ހަމަޖައްސާފައި. މި ކަންކަމުގެ ސަބަބުން، ރާއްޖެ އަަށް އިތުުރު ސްޕޮންސަރުން ހަމަޖެހި ޑިވެލޮޕްމަންޓް ޕްލޭނެއްގެ ތެރެއިން ގިނަ ކަންތައްތައް ކުރެވޭނެ،"

ސިޓީ ގާޑަންގައި އިއްޔެ ބޭއްވި ކާވާގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަތީފް ވިދާޅުވީ މި ވަގުތު ކާވާ އަށް ވޮލަންޓަރީ އުސޫލުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ ފަރާތްތަކަކީ ދިވެހިން ކަމަށެވެ. އެހެންވެ، ކާވާގެ ހެޑް އޮފީސް ރާއްޖެ އައުމަކީ މީގެ ދިވެހިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ހެޑް އޮފީސް ރާއްޖޭގައި ހެދުމަށް މި 14 ގައުމުން ނިންމި ނިންމުމަކީ އަޅުގަނޑުމެންގެ ވޮލީ އަށް ލިބިގެންދިޔަ ކާމިޔާބެކޭ އަޅުގަނޑު ދަންނަވާނީ،" ކުރިން ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި ލަތީފް ވިދާޅުވި އެވެ.

މީގެ ކުރިން، ކާވާގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމްކުރި ވާހަކަ ދެއްކިއިރު، ދިވެހި ސަރުކާރަށް ރަސްމީ ސިފައެއްގައި ހުށަނާޅާ ކަމަށާއި އެކަމަކު، މި ފަހަރު ކާވާގެ ޖެނެރަލް އެސެމްބްލީން ވެސް މި ގޮތަށް ފާސްކޮށްފައި އޮތުމުން ސަރުކާރަށް ހުށަހަޅާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފުރުސަތު ލިބުމުގެ ސަބަބުން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އާއި އެފްއައިވީބީން ލިބޭ ބަޖެޓަކާ އެއްޗެހި މީގެއިން އަޅުގަނޑުމެން ޔުޓިލައިޒްކުރާއިރު ދިވެހިންނަށް ބޮޑު ފައިދާތަކެއް ކުރާނެ، ހާއްސަކޮށް ޓެކްނިކަލް ޓީމުގެ ކެޕޭސިޓީ ބިލްޑްކުރުމާއި މި ކޮޅުގައި ކޯސް ހިންގުމަށް ލިބޭ ފުރުސަތު ވެސް އިތުރުވާނެ، މިއީ ލިބުުނު ކާމިޔާބެއްގެ ގޮތުގައި ދެކުނީ،" ލަތީފް ވިދާޅުވި އެވެ.

ކާވާގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ތެރެއިން، ކޮންމެ ގައުމަކުން ވިޔަސް ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާއިރު، ކާވާގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފްއާ އެކު ބައިވެރިވީ ކާވާގެ ސެކްރެޓަރީ ޖެނެރަލް، ކިރްގިސްތާންގެ ކިލިޗެކް ސަރްބަގިޝިއެވް (ކިލިޗް) އެވެ.

ކިލިޗް ވިދާޅުވީ އެފްއައިވީބީ އާއި އޭވީސީގެ ވެސް ބައިވެރިވުމާ އެކު ރާއްޖޭގައި ކާވާގެ ޖެނެރަލް އެސެމްބްލީ ބޭއްވިގެންދިއުމަކީ ވަރަށް ފުރިހަމަ އަށް ކުރިއަށް ދިޔަ ކަމެއް ކަމަށާއި ކާވާގައި ހިމެނޭ ހުރިހާ ގައުމުތަކަކުން އެ ކަމަށް އުފާކުރާ ކަަމަށެވެ.

"އޮލިމްޕިކް ޗާޓަރުގައި އެބައޮވޭ ކުޅިވަރުގެ ތެރެއިން އެންމެން ގުޅުވާލައިދިނުމުގެ މުހިންމު ކަމުގެ ވާހަަކަ. އަހަރެން ވަރަށް އުފާވޭ، ކާވާގެ ޖެނެރަލް އެސެމްބްލީ މާލޭގައި ބޭއްވުނުއިރު، ހުރިހާ ގައުމުތަކުން އެކަމަށް މަރުހަބާ ކީމަ. ދެން، މި ޖެނެރަލް އެސެމްބްލީގައި އެންމެ ހިތްހަމަ ޖެހުނު ކަމަކީ، ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީ އާއި އޭވީސީން ރަސްމީކޮށް ކާވާ ބަލައިގަނެ، މި ބައްދަލުވުމުގައި ބައިވެރިވެފައިވުން،" ކުރިން ކިރްގިސްތާންގެ ގައުމީ ޓީމަށް ކުޅުނު ކިލިޗް ވިދާޅުވި އެވެ.

ސިޓީ ގާޑަންގައި އިއްޔެ ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމުގެ ތެރެއިން ކިލިޗް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ކަލަންޑަރު އެ އޮތީ ނިމިފައި ކާވާގެ މުބާރާތްތަކާއި ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ވެސް އެބައޮތް، އެއީ ކޯޗުންނާއި ރެފްރީންނާއި މީގެ ޓެކްނިކަލް މީހުން އުފައްދަން ކުރެވޭނެ މަސައްކަތް"

ކިލިޗް ވިދާޅުވީ އޭނާ ރާއްޖެ އަށް އެންމެ ބޮޑަށް މަރުހަބާ ކިޔަން ބޭނުންވާ ކަމަކީ، ކާވާގެ އޮފީސް، ރާއްޖޭގައި ހުޅުވަން، ހުރިހާ ގައުމުތަކެއްގެ ވެސް ރުހުމާ އެކު ނިންމާފައިވާއިރު، މިއީ ރާއްޖެ އަށް މީގެއިން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ.

"ރާއްޖެ އަށް އެފްއައިވީބީގެ ސަޕޯޓް މިހާރު ވެސް ވަރަށް ބޮޑަށް އެބަލިބޭ ބީޗް ވޮލީބޯޅައިން. އަހަރެމެންގެ އުންމީދަކީ، އެހެން ދިމަދިމާލުން ވެސް ރާއްޖޭގެ ވޮލީ އަށް ވެސް މީގެއިން ފައިދާތަކެއް ކުރުން،" ސެންޓްރަލް ޒޯންގެ އެކި މުބާރާތްތަކުގައި ރާއްޖެއާ ދެކޮޅަށް ކުޅެފައިވާ ކިލިޗް ބުންޏެވެ.

އެފްއައިވީބީ އާއި އޭވީސީގެ ކަލަންޑަރަށް ބަލާއިރު، މިދިޔަ އަހަރު ބޮޑު 10 އިވެންޓެއް ކުރިއަށްގެންދިޔަކަން ކިލިޗް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ފަސް އިވެންޓެއް ބޭއްވިފައިވަނީ ކާވާ މި ހިމެނޭ ސަރަހައްދުގައި ކަމަށާއި އެހެންވުމުން، އެފްއައިވީބީ އާއި އޭވީސީގެ ޕްލޭންތަކުގެ މުހިންމު ހިއްސާއެއްވާ ކާވާ ސަރަހަައްދުގައި ވޮލީބޯޅައިގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ކިލިޗް ވިދާޅުވި އެވެ.

"ކާވާގެ އެބަހުރި ފެންވަރު މި ޒޯނުގައި ވޮލީބޯޅަ މިހާރު އޮތް ލެވަލަށް ވުރެ މައްޗަށް ގެންދިއުމުގެ، އަހަރެމެންނަށް ގުޅިގެން މަސައްކަތް ކުރަން އެބަ އެނގޭ. އެއީ ހަގީގަތުގައި މީގެ ކުރި އެރުމަކީ. މި 14 ގައުމު، ކާވާގައި މި އޮތް ހުރިހާ ގައުމެއްގައި މި އޮތީ ދެ ބިލިއަން މީހުން ޖުމްލަ އެކު، މީގެ ވަރަށް ގިނަ މީހުން ތިބޭނެ ވޮލީގެ އިންޓްރެސްޓް ހުންނަ، އަހަރެމެން ބަލަންވީ މީގެ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓަށް ގައުމުތަކަށް ކުރިއެރުން ހޯދޭނެ ހުރިހާ ގައުމެއްގެ ބައިވެރިއަކަށް ކާވާ ވާން،" ކިލިޗް ވިދާޅުވި އެވެ.

ކިލިޗް ވަނީ މި އަހަރު ކާވާގެ ކަލަންޑަރުގައި ހުރި މުބާރާތްތަކުގެ އިތުރުން ވެސް އެހެން ހަރަކާތެއް ކާވާއާ ގުޅިގެން ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox