ކުޅިވަރު ކުރިއަރަނީ ސިޔާސީނުވެ، ގައުމީ ވިސްނުން އިސްކުރާތީ: މަހުލޫފް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކުޅިވަރުތައް ކުރިއަރަނީ ސިޔާސީނުވެ، ގައުމީ ވިސްނުން އިސްކުރާތީ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މި ގޮތަށް ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ހިތްހަމަޖެހުމާ އެކު މިއަދު ބުނަން ކެރޭ އެއް ވާހަކަ އަކީ މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ކޮންމެ ކުޅިވަރެއް ވެސް. ވަކި ކުޅިވަރެއް، ތިމަންނަ މެންނަށް ތަފާތު ކުރެއޭ ބުނަން ނުކެރޭ ވަރަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރެވިއްޖެ. އެކަން މި ކުރެވެނީ އަޅުގަނޑު އެކަންޏެއް ނޫން އެންމެން ވެގެން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ތަކުރާރުކޮށް ބުނަމުން އަންނަ ވާހަކައެއް އެއީ، ކުޅިވަރު ތެރެއަށް ސިޔާސީ ކަންކަން ނުވައްދާނަން. އެކަން ވެސް ނުކުރަން. އަޅުގަނޑަށް ހިއެއްނުވޭ އެއްވެސް ބޭފުޅަކު، މިތާގައި އެބަތިއްބެވި އެކި ސިޔާސީ ވިސްނުމުގެ މީހުން. އެއްވެސް މީހަކަށް ކެރިވަޑައިނުގަންނަވާނެ. ތިމަންނަގެ ކުލަ ތަފާތުވީއޭ ކިޔާފައި ވެސް ތަފާތު ކުރެއޭ ބުނާކަށް. އެ ބައި ދުރުކޮށްފައި ކުޅިވަރުގައި ގައުމީ ވިސްނުމުގައި މަސައްކަތް ކޮށްގެން ނަތީޖާ މި ފެނިގެންދަނީ،"

މަހުލޫފް ވިދާޅުވީ މި ސަރުކާރު އައި ފަހުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، ގިނަ މަަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މި ފެންނަ ކުރިއެރުންތަކުގައި އޮލިމްޕިކް ކޮމިޓީގެ ދައުރު ވެސް ބޮޑު ކަމަށެވެ. މީގެ އިތުރުން މި ދިޔަ ހަތަރު އަހަރު މި ހޭދަކުރި މުއްދަތުގައި ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުން ކާމިޔާބު ހޯދަން ކުރި މަސައްކަތް ވެސް ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ނެރެވޭ ނަތީޖާތަކާއި ކާމިޔާބީތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްދޭ ފަރާތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަން ތިއްބެވި ފަރާތްތައް. އެންމެން އެއްކޮށް މި ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާ އަކީ އެތުލީޓުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިން އެ ކޮށްދޭ މަސައްކަތުން އެ ލިބޭ ރަން ވަނަ ތައް. ޖުމްލަ ގޮތެއްގައި މި ފެންނަނީ ހުރިހާ ބައެއް ކުރާ މަސައްކަތުގެ ނަތީޖާ،" މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރަށްޓަކައި، "ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމާއި ލޯތްބެއް" އޮތުމުން ބައެއް ފަހަރު އުޅެން ނުޖެހޭ ވަރަށް އުޅެވޭކަން ވެސް ފާހަގަކުރައްވައި، މިނިސްޓަރު މަހުލޫފް ވިދާޅުވީ އެކަމުގެ ފަހަތުގައި ވެސް ސަބަބެއް އެބައޮތް ކަމަށެވެ.

"އެ ލޯތްބާ އެކީގައި ވެސް އަޅުގަނޑަށް ބައެއް ފަހަރު ޝަކުވާ އަންނާނެ މިނިސްޓަރު ވަންނަން ނުޖެހޭ ވަރަށް ވެސް ކަންކަމުގެ ތެރެއަށް ވަދެއޭ. އަޅުގަނޑަށް ވަދެވެނީ އަދި ގަބޫލުކުރާގޮތުގައި އަޅުގަނޑުގެ ފަރާތުން އެ ކުޅިވަރު ތަކަށް އެ ސަޕޯޓް މިިއަދު ދީފިކަމަށްވާނަމަ މަޑުމަޑުން އަމިއްލަ ޒާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް،" މަހުލޫފް ވިދާޅުވި އެވެ.

"މިސާލަކަށް މި ފަހުން ވޮލީބޯޅަ މުބާރާތް ނިމިގެންދިޔައިރު، ނިއު ރޭޑިއަންޓް ވެސް ވަންދަން އުޅުނީ ހަމަ އަޅުގަނޑު. އެ ފޯރި އެ ތަނަށް ގެނައުމުގެ ކުރިން، ގަލޮޅު ދަނޑަށް މިހާރު ވެސް، ފުޓްބޯޅައިގެ މުބާރާތެއް ބާއްވާލީމަ މީހުން އައިސް ބެރު ޖަހާފައި ދިދަ ހިފައިގެން އެ ލަވާ ހަޅޭ، ކުޅިވަރުތަކަށް ނުގެނެވިގެން މި އުޅެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އެންމެ ރަނގަޅަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭތީ. އެކަންކަން އަޅުގަނޑުމެން ކުރަން އެއްބާރުލުން މި ދެނީ މާދަމާ އޮޓަމެޓިކަށް ލެވި އެ ކުރިއަށްދާނެ ކަމަށް ގަބޫލުކުރެވޭތީ،"

މިހާތަނަށް ކުޅިވަރުގައި ކޮށްދެވުނު މަސައްކަތްތަކުގެ ތެރެއިން އަދިވެސް ބައެއް އެސޯސިއޭޝަންތަކުން އެންމެ ބޭނުންވާ ވަރަށް ކަންކަން ނުކޮށްދެވޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެކަމަކު، ޖުމްލަކޮށް ކުރެވިފައި ހުރި މަސައްކަތަށް ބަލާއިރު، ކުރިން ސަރުކާރުތަކަށް ވުރެ ރަނގަޅަށް މި ސަރުކާރުން ކަންކަން ކޮށްފައިވާ ކަމަށް މަހުލޫފް ޔަގީންކަމާ އެކު ވިދާޅުވި އެވެ.

"މިސާލަކަށް މީގެ ކުރިން އެބަހުރި ބައެއް އެސޯސިއޭޝަންތަކަށް ހަމައެކަނި 25000 ރުފިޔާ ދީފައި ވެސް، މިއަދު އެ އަދަދުތައް އިތުރު ކުރުމުގެ ނަތީޖާ އަކީ ކުޅިވަރު ކުރިއަރައި އެތުލީޓުން ރަނގަޅު ވަނަތަކެއް ހޯދުން،" މަހުލޫފް ވިދާޅުވި އެވެ. "ބޭރު ކޯޗުން ހޯދުމަށްޓަކައި ކޮންމެ ކުޅިވަރަކުން އައި ކަމަށް ވިޔަސް އެކަން ކޮށްދެން. އަޅުގަނޑާ ހަމައަށް އައި ކުޅިވަރަކަށް ނުކޮށްދީ އެބައޮތޭ ދެންނެވޭނެ ޖާގައެއް ނުދެން،"

މި އަހަރަކީ ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ރާއްޖޭން ވާދަކުރާ އަހަރެކެެވެ. ގޭމްސްތަކުގެ ތެރެއިން އެންމެ ބޮޑަށް ސަރުކާރުގެ ފޯކަސް ހުއްޓިފައި އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ސަރުކާރު އައިތާ ހަ ވަރަކަށް މަސް ތެރޭގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި 15 ވަރަކަށް މެޑަލް ހޯދި ކަމަށާއި އަމާޒަކީ މި ފަހަރު އެ އަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަމަށެވެ.

"(އައިއޯއައިޖީ) މިއީ އެންމެން ގަބޫލުކުރާ ގޮތުގައި މިއީ ހެޔޮވަރު ވަރެއްގައި ވާދަކޮށްލަން ލިބޭ މިނީ އޮލިމްޕިކްސް، އެހެންވީމަ އަޅުގަނޑު ވެސް ހިސާބެއް ޖަހަން ބޭނުންވޭ، ފެށިއިރާއި ނިމޭއިރު ވަނީ ކިހިނެއްތޯ އެހެންވީމަ މި ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ފެށުނީއްސުރެ މި އަންނަނީ އެ ވާހަކަތައް ދައްކަމުން، އެ އަށް އެންމެން މަސައްކަތް ކުރަމުން މި އަންނަނީ، (އައިއޯއައިޖީ އަށް) ދެން މި އޮތް ހަ މަސް ދުވަހު ވެސް އެ އަށް ތައްޔާރުވާން ހުރިހާ ފަރާތަކުން ވެސް އުޅުމަކީ އަޅުގަނޑުގެ އެދުން،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބީ ހޯދޭނެ ކަންކަމަށް ބަލައިގެން އެ އަށް ފޯކަސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox