މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

Feb 3, 2026, 10:01 AM
މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

ސެކްސް ޓްރެފިކިން ރިންގެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާއެކު ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވަހީދު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާ ގުޅޭ އެތައް ކަމެއް އެޕްސްޓީންއާ ހިއްސާކޮށް، އޭނާގެ ލަފާ ހޯއްދަވާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. އަދި އެޕްސްޓީންގެ އަތުން ބައެއް ކަންކަމަށް ފަންޑު ހޯދުމަށް ވެސް ވަހީދު މަސައްކަތް ކުރެއްވި އެވެ.

ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕްސްޓީންއާއެކު ބޭއްވެވީ ރަސްމީ ގުޅުމެއް ކަމަށެވެ.

Advertisement

"އެޕްސްޓީންއާއެކު ރައީސް ވަހީދު އަދި އެމަނިކުފާނުގެ އާއިލާއިން އެއްވެސް ސޯޝަލް [ނުރަސްމީ] ބައްދަލުވުމެއްގައި ނުވަތަ ޕާޓީއެއްގައި ބައިވެރިވެވަޑައިގެންފައި ނުވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަހީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެޕްސްޓީންއާ ބައްދަލު ކުރީ ރާއްޖެއަށް މާލީ އެހީ ހޯދޭނެ މަގެއް ތަނަވަސް ކުރަން ކަމަށެވެ. އެޕްސްޓީންގެ ލަފާ ހޯދި ނަމަވެސް އޭނާއާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ހިނގާފައިނުވާ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެ އެވެ.

އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކާ ބެހުނު މައްސަލައެއް 2008 ވަނަ އަހަރު ސާބިތުވެ އެޕްސްޓީން ވަނީ އެ އަހަރު ޖަލަށްލައިފަ އެވެ. އެކަމަކު، ވަހީދު ވިދާޅުވީ އެޕްސްޓީން ޖަލަށްލިކަން އެމަނިކުފާނަށް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެޕްސްޓީންއަކީ "އެހާ މުޑުދާރު" މީހެއްކަން ކުރިން އެނގިފައި އޮތް ނަމަ އެއްވެސް ގުޅުމެއް ނުބޭއްވީސް ކަމަށެވެ.

ވަހީދުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމަނިކުފާނު އެޕްސްޓީންއާ ބައްދަލު ކުރެއްވީ ސެޕްޓެމްބަރު، 2012، އަދި މެއި، 2014، ގައި ކަމަށެވެ. ނަމަވެސް އެ ދެ ބައްދަލުވުމުގެ އިތުރުން ވެސް އެޕްސްޓީންއާއެކު އިތުރު ބައްދަލުވުމެއް ބޭއްވިކަން ވަނީ ހާމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox