ބިދޭސީ މީހާ ހޯދަން ފެށީ ދެ ދުވަސް ފަހުން، އިހުމާލުވިކަމުގެ ތުހުމަތު

ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ

ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ

ކ. ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް ދެ ދުވަސް ފަހުން ފެށުމުން އިހުމާލުވި ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ވެމްކޯގައި މަސައްކަތްކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24 ގެއްލުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު އޭނާ ގެއްލުނުކަން ފުލުހުންނަށް ވެމްކޯއިން ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ.

އަމީން މިއާ ގެއްލުނުކަން ފުލުހުންނަށް އިއްޔެ ރިޕޯޓުކުރީ ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެކަމާ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ހޫނު ކުރުމުންކަން މި ނޫހަށް ވަނީ އެނގިފައިވެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ އެ ބިދޭސީ މުވައްޒަފު ނިދަން ނާންނާތީ ކަންބޮޑުވެގެން ތިލަފުށީގެ ވެމްކޯ މެނޭޖަރުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށާއި އެކަމަކު އޭރު އޭހާ ސީރިއަސްކޮށް އެކަންތައް ނުނަގާ ކަމަށެވެ.

"އެ މީހުންގެ މީހެއް ނެތިއްޔާމުން އެމީހުންގެ ޝަކުވާތައް އަންނާނެތާ އެމީހާ ނުފެނި. އެމީހާ ފޯނަށް ގުޅޭ. އެމީހާ ނުއެއް ފެނޭ. ނިދާކަށް ވެސް ނާދޭ. އެމީހުންގެ ޝަކުވާ ބޮޑުވެގެން ތިލަފުށީގެ އެމީހުންގެ [ވެމްކޯ] ގެ މެނޭޖަރަށް އެންގި ކަމަށްވޭ. އޭތި އެހާ ސީރިއަސް އިޝޫއެއް ގޮތަށް ނުއެއް ނަގާ،" އޭނާ ބުންޏެވެ.

އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓުނުކޮށް ލަސްކުރީ ކީއްވެގެން ކަމެއް މިހާތަނަށް ސާފުނުވާއިރު، އެކަމާ ގުޅިގެން ވެމްކޯގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއްނުވެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގައިގައި ކުނި ގޮނޑުގައި މަސައްކަތްކުރި ކޮންނަ ބޯޓެއްގެ ދަތްގަނޑުން ޖެހި ކުނިތަކުގެ ތެރެއަށް ވެއްޓޭ މަންޒަރު ސީސީޓީވީ ކެމެރާއިން ވަނީ ފެނިފަ އެވެ. ސީސީޓީ ކެމެރާ ބެލީ އިއްޔެގެ ވަގުތެއްގައި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

މިގޮތުން ވެމްކޯއިން ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށް އޭނާ ހޯދުމުގެ މަސައްކަތް ދެ ދުވަސް ފަހުން ފެށީ ސީސީޓީވީ ކެމެރާއިން އޭނާ ކުނިތަކުގެ ތެރެއަށް ވެއްޓޭތަން ފެނުމުންކަން އެނގިފައިވެ އެވެ.

ކުނިތަކުގެ ތެރެއަށް އަމީން މިއާ ވެއްޓުނީ ކޮންނަ ބޯޓު ދުއްވަން ހުރި ސްރީލަންކާ މީހާގެ އިހުމާލުން ކަމެއް މިހާތަނަށް ކަށަވަރު ނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

"ކުނިކޮށީގައި އޮޕަރޭޓްކުރަމުން އައި ހައިމާކެއްގެ ދަތްގަނޑުން ޖެހެނީ. ސީސީޓީވީން ފެނޭ. ދުއްވަން ހުރި މީހާއަކަށް ހީއެއް ނުވޭ ރިއަލައިޒްވިހެނެއް ޖެހުނު ކަމެއް. މަރުވީމަ ފޮރުވާލީ ކަމަށް ވެސް ވެދާނެ. ނޫނިއްޔާ އެކަން ހިނގިކަން އެ މީހާއަށް ވެސް ނޭނގުނީ،" އޭނާ ބުންޏެވެ.

ފުލުހުން ވަނީ މިކަމާ ގުޅިގެން ސްރީލަންކާ މީހާއާ ސުވާލުކޮށްފަ އެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox