ޓީސީން މާޒިޔާގެ ސައްތަ އިން ސައްތަ ރެކޯޑަށް ނިމުން ގެނެސްފި

Dec 18, 2025, 1:16 PM
ޓީސީގެ ލަނޑު ޖެހި މާއި (ކ) އާއި އެ ޓީމުގެ އިޒާން އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް/ އަދަދު ސްޕޯޓްސް

ޓީސީގެ ލަނޑު ޖެހި މާއި (ކ) އާއި އެ ޓީމުގެ އިޒާން އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް/ އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން 1-1 އިން އެއްވަރުކޮށް، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހުރިހާ މެޗަކުން މޮޅުވެ، ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުން ގެނެސްފި އެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާ އެކު، ލީގުގައި މި މެޗުގެ ކުރިން ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، ޓީސީ އަތުން މޮޅުނުވެވި، މާޒިޔާ އަށް ލީގުގެ އެއް ވަަނައިގައި ނެގުނީ ހަ ޕޮއިންޓުގެ ލީޑެކެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިިރު، ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. އޮޑިން މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިނަމަ، މާޒިޔާގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.

މިއަދު ހަވީރު ކުޅުނު މި މެޗަށް މާޒިޔާ އިން ޓީމު ލިސްޓު ހުށަހެޅި ފަހުން މެޗު ފެށުމުގެ ކުރިން، ދެ ބަދަލެއް ގެންނަން ޖެހުނެވެ. އެ ގޮތުން، އާއިލީ ޒިންމާގެ ކަމެއްގައި، އަހުމަދު އައިހަމް (ފަތޯ) ގެ ބަދަލުގައި، ހަސަން ޝިފާޒް (ޑުންގާ) ފުރަތަމަ އެގާރަ އަށް ލާން ޖެހުނުއިރު، ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ އަށް ދިމާވި އަނިޔާއަކާ ހެދި އޭނާގެ ބަދަލުގައި، މުހައްމަދު އިލާން އިމްރާން ވަނީ މެޗު ފަށަން ޖެހިފަ އެވެ.

ވިއްސާރައިގެ ތެރޭގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އާއި ޓީސީން ވެސް ގޯލާ ސީދާކޮށް ހަމަލާ ފޮނުވާލައިފައިވެ އެވެ. އެ ގޮތުން، ޓީސީގެ ގާނާ ފޯވާޑް، ޕްރިންސް ބޯޑު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް މަތަކުރި އެވެ. އަނެއްކޮޅުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކަށް ހުސްކޮށް އަރައި، އިލާން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު، ނައިޖީރިއާގެ އެމަނުއަލް ޑެނިއަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި މާޒިޔާ އަށް އުނދަގޫ ހާލަތެއް ދިމާވީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އެ ޓީމުގެ އިބްރާހިމް އައިސަމް އަށް ސީދާ ރަތެއް ދެއްކުމުންނެވެ. އައިސަމް އަށް ރަތެއް ދެއްކީ ޓީސީގެ ހުސެއިން ޝަރީފް (ހުސީ) އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ދެ ވަަނަ ހާފުގައި މާޒިޔާ އިން އެޓޭކަށް އިސްކަންދިނެވެ. ނަތީޖާ އަކަށްވީ މެޗުގެ 57 ވަނަ މިނިޓްގައި މާޒިޔާ އިން ލަނޑެއް ޖަހައި، ލީޑުނެގުމެވެ. އެ ގޮތުން، ހަމްޕު އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، މާޒިޔާ އަށް މި ލަނޑު ޖަހައިދިނީ، ނާއިޒު ހަސަން (ދާދު) އެވެ.

އޭގެ ފަހުން މާޒިޔާ އިން ދެ ވަަނަ ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ހަމްޕު އަށް ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ހަމްޕު ފޮނުވާލި އެއް ހަމަލާ ޓީސީ ޑިފެންޑަރުން ބްލޮކްކުރިއިރު، އަނެއް ޝޮޓް އަމާޒުވީ ކީޕަރު ޑެނިއަލް އަތަށެވެ.

މާޒިޔާ މޮޅުވާން ދަނިކޮށް ޓީސީން އެއްވަރުކުރީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. އެ ގޮތުން، މާޒިޔާގެ އޭރިއާތެރެއިން ޓީސީގެ ނައިޖީރިއާ ފޯވާޑް، އިބްރާހިމް ޖިމޯ، ފޮނުވާލި ބޯޅަ ކީޕަރު ހުސެއިން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޓީސީގެ ލަނޑު ޖެހީ، އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.

ޓީސީން މިއަދުގެ މެޗަށް ނުކުތްއިރު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ފުލުގަ އެވެ. އެކަމަކު، މި މެޗުން ލިބުނު ޕޮއިންޓާ އެކު، 11 މެޗުން ހަ ޕޮއިންޓް ހޯދައި ޓީސީ ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. މިއީ، ދެ ވަނަ ފަހަރަށް ޓީސީގެ ކޯޗުކަމާ ހަވާލުވި މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ފުރަތަމަ ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox