ނެޓްބޯޅަ ކޮމްޕްލެކްސް އިން ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭން ފުރިހަމަ ކޮށްދޭނެ

Nov 16, 2026, 7:49 AM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން، މިނިސްޓަރު ރާފިއު.--- ފޮޓޯ: އަދަދު ސްޕޯޓްސް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން، މިނިސްޓަރު ރާފިއު.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި ސަރުކާރުން ފުރަތަަމަ 100 ދުވަސް ތެރޭގައި ގާއިމްކުރި ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކަކަށް އިއްޔެ ބިންގާ އެޅި ނެޓްބޯލް ކޮމްޕްލެކްސްގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. 

ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ، ހުޅުމާލޭ ފޭސް އެކެއްގެ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ހުސް ބިމުގަ އެވެ. 

މިނިސްޓަރު ރާފިއު ވިދާޅުވީ، ނެޓްބޯޅަ ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި، ހަތަރު ޕްރެކްޓިސް ޕިޗާއި އެއް ޓޯނަމަންޓް ޕިޗް (މުބާރާތް ބާއްވ ޕިޗް) ހިމެނޭ ކަމަށެވެ.

"މި ޓޯނަމަންޓް ޕިޗަކީ މަލްޓި ސްޕޯޓްސް ގޮތަށް ފަރުމާ ކުރެވިގެންދާނެ ތަނެއް، މި ތަނަކީ ރާއްޖޭގައި ބާއްވާ އަދި އިންޓަނޭޝަނަލް އަދި ރީޖަނަލް ގޭމްސްއެއް ބޭއްވިޔަސް ކުޅިވަރުތައް ބަހާލައިގެން، އެކި ކުޅިވަރުތަކަށް ފޯކަސް ކޮށްގެން، އޭގެއިން ބައެއް ކުޅިވަރުތައް ލޮކޭޓް ކުރެވޭނެ އެއް ބިލްޑިން އަށް ވެގެންދާނެ،" ރާފިއު ވިދާޅުވި އެވެ. 

"މިއީ، ލޯންގްޓާމް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް ހަތް ވަރަކަށް އަހަރު ތެރޭ ރީޖަނަލް ގޭމްސް އެއް ހޯސްޓްކުރުމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް، އެކަން އަޅުގަނޑުމެންނަށް ފަހިވުމަށްޓަކައި މި އިމާރާތަކީ މުހިންމު އިމާރާތެއް. އެއީ، އިންޑޯ ފުޓްސަލް ކަމަށް ވިޔަސް، ވޮލީ ކަމުގައި ވިޔަސް، ނެޓްބޯލް ކަމުގައި ވިޔަސް، ހޭންޑްބޯލް ކަމުގައި ވިޔަސް، މި އިމާރާތުގެ ތެރޭގައި އެ ކުޅިވަރުގެ މުބާރާތްތައް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ،" 

މައިގަނޑު ގޮތެއްގައި، ނެޓްބޯޅަ އަށް ހާއްސަކޮށްފައިވާ މި ކޮމްޕްލެކްސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް "ގާތްގަނޑަކަށް 15 މަސް ދުވަސް، ގިނަވެގެން 18 މަސް ދުވަސް ތެރޭގައި،" މި އިމާރާތް ނިންމާލެވޭނެ ކަަމަށް ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ، ޖިއޯ ވޭވްއާ ހަވާލުކޮށްގެންނެވެ.  

ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ލަސްވި ސަަބަބާ ގުޅޭގޮތުން ވެސް މިނިސްޓަރު ރާފިއު ވާހަކަ ދެއްކެވި އެވެ. އެ ގޮތުން، ރާފިއު ވިދާޅުވީ،  ނެޓްބޯޅަ ކޮމްޕްލެކްސް އަޅަން ލިބިފައިވާ ބިމުގައި މި އިމާރާތް ޑިޒައިން ކުރުމުގައި ދިމާވި ގޮންޖެހުންތަކާ ހެދި ޑިޒައިން ބަދަލުކުރަން ޖެހުމާ އެ ފަދަ ކަންކަމަށް ވަރަށް ގިނަ ދުވަސް ނެގި ކަމަށެެވެ. މި ކޮމްޕްލެކްސް ފުރިހަމަަވާއިރު، ވަށައިގެން ތިން މަގު އޮތް މި ކޮމްޕްލެކްސް އަށް ވަނުމުގެ ކަންކަމާއި ޕިޗުގެ ތެރެއަށް ސަޕޯޓަރުން ވަދެވޭ އަދަދާއި ހުރިހާ ކަމެއް ބައިނަލްއަގުވާމީ މިންގަނޑަށް ގެނައުމަށްޓަކައި ޗެލެންޖްތަކެއް ދިމާވެ އެ އަށް ހައްލު ހޯދުމަށް ވަަގުތުތަކެއް ދިޔަ ކަމަށް ވެސް ރާފިއު ފާހަގަކުރެއްވި އެވެ. 

މި ކޮމްޕްލެކްސްގެ ސަބަބުން މާލެ ސަރަަހައްދުގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާނެ ކުޅިވަރު އިންފްރާސްޓްރަކްޗާގެ ޑިމާންޑަށް ހައްލެއް ލިބޭނެކަމަށް ވިދާޅުވުމަށް ފަހު، ރާފިއު ދެން ފާހަގަކުރެއްވީ، މުބާރާތްތައް ބާއްވަން ކަނޑައަޅާ ޝެޑިއުލަށް މޫސުމާ ހެދި ބަދަލު ގެންނަން ޖެހޭ ކަންކަން މަދުވެގެން ދާނެ ކަމަށެވެ. އަދި، މަތީ ފެންވަރުގެ އެތުލީޓުން ބިނާކުރުމަށް ބޭނުންވާ ޕްްރެކްޓިސްް ކުރުމުގެ ވަގުތު އިތުރު ކުރަން ވެސް މި ކޮމްޕްލެކްސްގެ ސަބަބުން މަގުފަހިވެގެންދާނެ ކަަމަށެވެ. 

ކުޅިވަރުގެ އެކިއެކި އިލްމީ ކަންކަމުގެ މަސައްކަތަށް ވެސް މި އިންޑޯ ކޮމްޕްލެކްސްގެ އެހީތެރިކަން ބޮޑުަކަމަށް ރާފިއު ފާހަގަކުރެއްވި އެވެ. 

ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން، ސަރުކާރުން ކުރިއަށްގެންދާ ފުޓްސަލް އިންޑޯ އެރީނާގެ މަސައްކަތް ފަށައި، އިއްޔެ ވަނީ ބިންގާ އަޅައިފަ އެވެ. އެ މަސައްކަތް 18 މަސް ދުވަސް ތެރޭ ނިންމަން ވަނީ އަމާޒުހިފައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 4-1 ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އިޓަލީން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމުން ފަހަތުން އަރައި ފަސް ލަނޑު ޖެހިއިރު، މި ނަތީޖާއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައި

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ޕާކިސްތާނުން ފައިނަލަށް ދިޔައީ ޕްލޭން ކާމިޔާބުކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި. ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނިގޮތުގައި ޕާކިސްތާނުން މި މެޗު ކާމިޔާބުކުރީ އެމީހުންގެ ކުޅުން ދިރާސާކޮށް، ވަރަށް ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވެގެން އައިސްގެން. ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އިންޑިއާ

Newsletter

Get the latest news delivered straight to your inbox