އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ފުޓްސަލް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،---- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފުޓްސަލް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،---- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހުޅުމާލޭގައި މިއަދު ބިންގާ އެޅި ފުޓްސަލް އެރިނާގެ މަސައްކަތް 18 މަސް ދުވަސް ތެރޭ ނިންމުމަކީ އުންމީދު ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ. 

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ލިއޯ ޓްރޭޑިންއާ ހަވާލުކޮށް، ހުޅުމާލެ ފޭސް ތިނެއްގައި ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 720 ދުވަހުގެ ތެރޭގަ އެވެ. އެއީ ގާތްގަނޑަކަށް ދެ އަހަރު ދުވަހެވެ. 

ފުޓްސަލް އެރީނާ އެޅުމަށް ބިން ދިނުމަށް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން އެއްބަސްވުމެއްގައި  ފެބްރުއަރީ 24، 2025، ގައި ސޮއިކުރި އެވެ. އެކަމަކު، އެ ބިމުގެ ބަދަލުގައި، ޖާގައިގެ ގޮތުން ތަނަވަސް އެހެން ބިމެއް ހަމަޖައްސައި، މަސައްކަތް ފަށަން ނިންމީ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ. 

Advertisement

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ރާފިއު ވިދާޅުވީ، ފުޓްސަލް އެރިނާ އެޅުމަށް މި ވަރުގެ ބިމެއް ގްރޭޓާ މާލެ އޭރިއާ އިން ހޯދުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.  ސަބަބަކީ އެހެނިހެން ދާއިރާތަކުން ވެސް ބިމެއް ހޯދުމަޑށް އޮންނަ ޑިމާންޑް ބޮޑުވުން ކަމަށާއި އެކަމަކު ވެސް މި ވަގުތަށް ފުޓްސަލް އިންޑޯއެއްގެ މުހިންމުކަން ބޮޑުވުމުން ބިމެއް ހޯދީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ފުޓްސަލް ކޮމިއުނިޓީ އަކީ ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ފުރިހަަމަ ވަނަތަކެއް ހޯދައި، ވަރަށް ގިނަ ބަޔެއް ކުޅެމުން ދާ ކުޅިވަރަކަށް ވުމާ އެކު މިކަން ގްރޭޓާ މާލެ ސަރަހައްދުގައި އޮތުމަކީ ފުޓްސަލް މުބާރާތްތައް ކުރިއަށްގެންދިއުމަށް ރަނގަޅު އިމާރާތެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް،" ރާފިއު ވިދާޅުވި އެވެ. 

"އިންޑޯ އެރީނާއެއްގެ ހުވަފެން ފުޓްސަލް ކުޅޭ ކުޅުންތެރިންނާއި އެ ކުޅުންތެރިންނަަށް މަދަދުވާ ހުރިހާ ފަރާތްތަކެއް ވެސް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ ކަމަށްޓަކައި ހުވަފެން ދެކެން ފަށާފައި، ﷲ ގެ އިރާދަފުޅުން މިއަދު އަޅުގަނޑުމެންނަށް މި ވަނީ އެ ހުވަފެން ސީދާ ވުމަށްޓަކައި، ކުރަންޖެހޭ މަރުހަލާ، ބިންގާ އެޅުމުގެ މަސައްކަތް ފެށިގެން، އިރާދަކުރެއްވިއްޔާ މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި، އުންމީދުކުރަނީ އެ އަށް ވުރެން ވެސް އަވަހަށް މި އިމާރާތް ނިންމަވައި ދެއްވާނެ ކަމަށް،"  

ރާފިއު ވިދާޅުވީ، ފުޓްސަލް އެރީނާގެ މަސަައްކަތް ހަވާލުކޮށްފައިވާ ލިއޯ ޓްރޭޑިން އަކީ އެ ކަމަށް ވަރަށް ގާބިލު ބައެއް ކަމަށެވެ. އަދި، އުންމީދަކީ މި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގޮސް، މިހާރު މި ކުރެވޭ އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ. 

ފުޓްސަލް އަކީ ހަގީގަތުގައި އިންޑޯ ކުޅިވަރަކަށްވާއިރު، އިންޑޯއެއް ރާއްޖޭގެ ފުޓްސަލް ކުޅެން ނުލިބުމަކީ ބޮޑު ގޮންޖެހުމެއް ކަަމަށް ރާފިއު ވިދާޅުވި އެވެ. އަދި، ސޯޝަލް ސެންޓަރުގައި ފުޓްސަލް ކުޅެން ނުލިބޭތީ އެ ކަމާ ބެހޭގޮތުން ވެސް ރާފިއު ވަނީ ވާހަކަ ދައްކަވައިފަ އެވެ. 

 "ގާތްގަނޑަކަށް 33 އަހަރެއް މިވީ އަޅުގަނޑުމެން ހުރިހާ ކުޅިވަރެއް ކުޅެން، އެންމެ އިންޑޯ ސްޓޭޑިއަމެއް، ނޫނިއްޔާ އަޅުގަނޑުމެންގެ ސޯސަލް ސެންޓަރު ގެ ބޭނުންހިފާތާ، ހުރިހާ ކަމަކަށް ވެސް އޮންނަނީ އެތަން. އަދި އެ ތަނަކީ ވެސް ފުޓްސަލް ކުޅޭ ތަނަކަށް ވުރެ ކުޑަ ތަނަކަށް ވެފައި، މިކަން ކުރެވޭނެ ގޮތެއް ވަނީ ނުވެފައި،" ރާފިއު ވިދާޅުވި އެވެ. 

ގައުމީ ފުޓްސަލް ޓީމަށް ސޯޝަލް އިންޑޯގައި ޕްރެކްޓިހެއް ކޮށްލަން ލިބުނީ 2022 ވަނަ އަހަރު އެވެ. 

ރާފިއު ވިދާޅުވީ، ވަރަށް  ގިނަ ޓީމުތަކެއް މާލެ އަށް އައިސް ވަރަށް ގިނަ މުބާރާތްތަކެއް އެތައް އަހަރެއް ވަންދެން ކުޅެމުން ދިޔަ އެއް  ކުޅިވަރަކީ ފުޓްސަލް ކަމަށެވެ. އަދި، ވަރަށް ފޯރިގަދަ، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ބައިވެރިވެ، ވަރަށް ގިނަ ދުވަސްވަންދެން އެކިއެކި މުބާރާތް ކުޅުނުކަން ވެސް ރާފިއު ފާހަގަކުރެއްވި އެވެ 

"އެކި ބޭބޭފުޅުން އެކިއެކި މުބާރާތްތައް އެކިއެކި ނަމުގައި ވަނީ މާލެ ސަރަަހައްދުގައި ކުރިއަށްގެންދަވާފައި، މީގެ ސަބަބުން ފުޓްސަލް ކުޅޭ ކުޅުންތެރިންގެ ހުނަރު އިތުރުވެފައި ވަނީ، ދާދި ފަހުން އޭގެ ނަތީޖާ އަކަށްވީ ސާފް ޗެމްޕިއަންޝިޕް ފުޓްސަލްގެ ރަން ވަނަ ދިވެހިރާއްޖެ އަށް ލިބިފައި، މީގެއިން ވެސް އަންގައިދެނީ، އަޅުގަނޑުމެންނަށް ރަނގަޅު ކުޅޭނެ، ތަނެއް ލިބިއްޖިއްޔާ، އަޅުގަނޑުމެންގެ ރާއްޖޭގެ ކުޅުންތެރިން އަދި ކޮންމެެ ކުޅިވަރަކަށް ވިޔަސް  އެ ކުޅުންތެރިންގެ ހުނަރު މިހާރަށް ވުރެން އިތުރަށް ބިލްޑް ކުރެވިދާނެކަން،" ރާފިއު ވިދާޅުވި އެވެ.

ފުޓްސަލް އިންޑޯ އެރިނާއެއް ރާއްޖޭގައި ގާއިމުވެގެންދިއުމަކީ ޝަރަފެއް ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ. އެއީ، ބެލެވޭ ގޮތުގައި މި ފެންވަރަށް މި ސަރަހައްދުގައި އެހެން ގައުމެއްގައި ފުޓްސަލް އަށް ހާއްސަކޮށް އެރީނާއެއް ނެތް ކަމަށާއި، މުސްތަގުބަލުގައި މި ސަރަހައްދުގެ ފުޓްސަލް މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް ރާއްޖެ އިސްތިހާރުކުރެވޭނެ ތަނަކަށް މި ތަން ވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންކަން ރާއްޖޭން ހޯދައި، އެ ލެވަލް ހިފަހައްޓައި އެ އަށް ވުރެން ކުރިއަށް ދިއުމަށްޓަކައި، ފުޓްސަލް އެރީނާގެ ބޭނުންހިފޭނެ ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ. 

އަންނަ އަަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގައުމީ ފުޓްސަލް ޓީމަށް މުސާރަ އާއި އިންޝިއުރެންސްގެ ކަންކަން އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ޕާކިސްތާނުން ފައިނަލަށް ދިޔައީ ޕްލޭން ކާމިޔާބުކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި. ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނިގޮތުގައި ޕާކިސްތާނުން މި މެޗު ކާމިޔާބުކުރީ އެމީހުންގެ ކުޅުން ދިރާސާކޮށް، ވަރަށް ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވެގެން އައިސްގެން. ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އިންޑިއާ

ބްރެޒިލް ބަލިވި މެޗުގައި އަންޗެލޮޓީ އާއި ރަފީނިއާ އަށް ރަތެއް

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 3-2 އިން ޖަޕާން އަތުން ބްރެޒިލް ބަލިވިއިރު، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން ބްރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި ކެޕްޓަން ރަފީނިއާ އަށް ރަތް ކާޑު ދައްކައިފި. ޖަޕާނުން މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ވިނީޝިއުސް ދެ ލަނޑު ޖަހައި މެޗު އެއްވަރުކުރި،

ރޮނާލްޑޯ ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ބަލި

ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި، ނޭޝަންސް ލީގުގައި ރޭ ޑެންމާކް އަތުން 4-1 އިން އެ ޓީމު ވަނީ ބަލިވެފައި. ރޮނާލްޑޯގެ ޝަރަފުގައި ހުރިހާ ކުޅުންތެރިން ހަތް ނަމްބަރު ޖޯޒީގައި ކުޅުނު މި މެޗުން ބަލިވި ނަމަވެސް، ޕޯޗުގަލް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި

ކޮޅުނބު ފުޓްސަލް ކަޕްގައި މި ފަހަރު 16 ޓީމު

ސްރީ ލަންކާގެ ކޮލަމްބޯގައި 16 ޓީމާއެކު "ކޮޅުނބު ފުޓްސަލް ކަޕް" ފަށާފައިވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް ކުޅެ ބައެއް ޓީމުތަކުން މިހާރު ވަނީ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައި. އެމްއީސީސީން އިންތިޒާމުކުރާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޭޖޭ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދާފައި

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

Newsletter

Get the latest news delivered straight to your inbox