18 ފެބުރުވަރީ 2025 - 10:10 0
އަމަން ހަލީމް
ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަ: މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން އެސްޓީއޯގެ ބޭސްފިހަރާތައް ހުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
18 ފެބުރުވަރީ 2025 - 10:10 0
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ ހުރިހާ ބޭސްތަކެއް މެދުނުކެނޑި އެސްޓީއޯގެ ފާމަސީތަކުން ލިބޭ ގޮތް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް މި ގޮތަށް ނިންމެވީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ދަތިކަމެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި, އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ކަނޑައަޅުއްވަމުންނެވެ.
ހުރިހާ ބޭހެއް އެސްޓީއޯގެ ފާމަސީތަކުން ލިބޭ ގޮތަށް ހަދަން ސަރުކާރުން ނިންމާފައި މި ވަނީ ބޭސް ސިޓީގައި ބުނާ ބޭސްތައް ލިބުމުގައި އާންމުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް, ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މީހުން ލިޔެފައިވާ ގޮތުގައި ބައެއް ބޭސްތައް އެއްގޮތަކަށް ވެސް ނުލިބެ އެވެ. އަނެއް ބައި ބޭސްތަކަށް އާސަންދަ ނުލިބޭ ކަމަށް ފާމަސީތަކުން ބުނަމުން އަންނައިރު, އާސަންދަ ނުލިބޭ ކަމަށް ބުނާ ބޭސްތައް ބޮޑު އަގުގައި ގަންނަން މަޖުބޫރުވެފައިވާ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.
ބޭހުގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއާ ހަވާލުކުރާ އެހެން ޒިންމާތަކުގެ ތެރޭގައި:
ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރަން އެސްޓީއޯއިން ވަނީ މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭ ކޮމިޓީއެއް ވެސް އުފައްދާފަ އެވެ.
އެމްއެފްޑީއޭގެ ޑްރަގު ލިސްޓުގައި 2200 އާ ގާތްކުރާ އަދަދަކަށް ބޭސް ހިމެނޭއިރު, މީގެ ތެރެއިން މަދު ބޭހެއް ފިޔަވައި އެހެން ބޭސްތައް އިމްޕޯޓުކުރުމުގެ ފުރުސަތު ބޭސް އެތެރެކުރާ ވިޔަފާރިތަކަށް އޮވެ އެވެ. އެސްޓީއޯއަކީ މިހާރު ވެސް އެ ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް އެތެރެކުރާ ކުންފުންޏެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment