އިންތިހާބު އިއުލާނު ކުރި ފަހުން އެފްއެސްއެމްއަށް 100 މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

އެފްއެސްއެމްގެ އިމާރާތެއް: މެދުއިރުމަތީގެ ކާރިސާއަށް ނުބަލައި ސަރުކާރުން "ވަޒީފާތައް ބަހާތީ" އިދިކޮޅުން އަންނަނީ ފާޑުކިޔަމުން -- ފޮޓޯ: އަދަދު ފައިލް

އެފްއެސްއެމްގެ އިމާރާތެއް: މެދުއިރުމަތީގެ ކާރިސާއަށް ނުބަލައި ސަރުކާރުން "ވަޒީފާތައް ބަހާތީ" އިދިކޮޅުން އަންނަނީ ފާޑުކިޔަމުން -- ފޮޓޯ: އަދަދު ފައިލް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިއުލާނު ކުރި ފަހުން ފިއުލް ސަޕްލައިސް މޯލްޑިވްސް 100 މުވައްޒަފުން ހޯދަން އެކި ފަހަރު މަތިން އިއުލާނުކޮށްފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނީ އޭޕްރީލް 4، ގައި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރީ ޑިސެމްބަރު 4، 2025، ގަ އެވެ. އޭގެ ފަހުން އެފްއެސްއެމް އިން ވަނީ މުވައްޒަފުން ހޯދަން 37 އިއުލާނުކޮށްފަ އެވެ.

ޑިސެމްބަރު 8، 2025، އިން ފެށިގެން އިއްޔެގެ ނިޔަލަށް އެފްއެސްއެމް އިން ނެރެފައިވާ އިއުލާނުތަކުގައި ޖުމްލަ 100 މުވައްޒަފުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

އެފްއެސްއެމް އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ކުންފުންޏެވެ. އެފްއެސްއެމްގެ ހިއްސާދާރުންނަކީ އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސެވެ. އެލައިޑަކީ ވެސް އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.

އެފްއެސްއެމްގެ ޗެއާމަންގެ މަގާމުގައި މިވަގުތު ހުންނެވީ އަލީ ނަބީހު އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފާތިމަތު އާޝާން އެވެ.

މި ހަބަރަށް ކޮމެންޓެއް ހޯދަން އެފްއެސްއެމް އަށް ގުޅި ނަމަވެސް ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެ ތަނުގެ ބަހެއް ނުލިބެ އެވެ.

އެކި މަސްމަހު ކޮށްފައިވާ ވަޒީފާ އިއުލާނުގެ އަދަދު
އެކި މަސްމަހު ކޮށްފައިވާ ވަޒީފާ އިއުލާނުގެ އަދަދު

އެކި މަސްމަހު ކޮށްފައިވާ ވަޒީފާ އިއުލާނުގެ އަދަދު

އިންތިހާބު އިއުލާނު ކުރި ފަހުން ސަރުކާރުގެ އެކި ކުންފުނިތަކުންނާއި އިދާރާތަކުން ދަނީ އެތައް ސަތޭކަ ވަޒީފާތަކެއް އިއުލާނު ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ކުންފުންޏަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވެ. އެ ތަނުން އިއްޔެ އެކަނި ވެސް 142 ވަޒީފާ ހޯދަން އިއުލާނުކުރި އެވެ.

މި ނޫހުން ހެދި ހިސާބުތަކަށް ބަލާއިރު ވަޒީފާތަކަށް މަހަކު 1.6 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ވަޒީފާތަކަށް ސަރުކާރުން އިއުލާނު ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ. އާރްޑީސީއަށް މުވައްޒަފުން ނަގަން އިއުލާނު ކުރާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެއީ ގައުމަށް ހިޔާނާތްތެރިވުން ކަމަށެވެ.

"މި ފެންނަނީ މިނާޒުކު ދަނޑިވަޅުގައި ވެސް ގައުމާމެދު ހިޔާނާތްތެރިވާ ތަން،" ޖަމީލް ވިދާޅުވެފައިވެ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް އިއުލާނު ކުރާތީ އެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބު ނިމުމުން ވަޒީފާތަކުން މީހުން ކަނޑާލުން ވެސް އެކަށީގެންވާ ކަމަށެވެ.

"ކައުންސިލް އިންތިހާބު ނިމި މި މީހުން ބޭނުންވާ ނަތީޖާ ނުނުކުތީމާ އަލަށް ވަޒީފާތަކުގައި ތިބި މީހުން މަގާމުން ކަނޑާލާއި އުކާލާނެ ހެއްޔޭ؟ މިވަރުގެ ބަޔަކު އެކަން ކުރާކަށް ފަހަކަށް ނުޖެހޭނެ، އެ ކަން ކުރުމަކީ އެކަށީގެންވާ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއިން އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އަޅާއިރު ރާއްޖެއިން ހަރަދު ކުޑަ ކުރަން މަސައްކަތް ނުކުރާތީ ވެސް އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ. ހަނގުރާމައާ ގުޅިގެން ރާއްޖެއިން އެކަށީގެންވާ ފިޔަވަޅުތައް ނާޅާ ކަމަށް ވިދާޅުވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭގައި ރައްކާ ކުރެވެނީ، އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން 70 މިލިއަން ލީޓަރުގެ ޑީސަލް. އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް. މިއީ 20 ދުވަހުގެ ސްޓޮކެއް. ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަަތު ބޮޑު،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، އިންތިހާބުގައި ވޯޓުލެވޭ މީހުންނަށް އެކި ނަންނަމުގައި ފައިސާ ދިނުމަށް ސަރުކާރުން ވައުދާވާތީ އެކަން ވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުން ފައިސާ ދޭން ނިންމި އެއް ބަޔަކީ، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ވެރިންނެވެ.

ފްލެޓު ވެރިންނަށް ފައިސާ ދޭން މުއިއްޒު ނިންމެވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ވޯޓުލެވޭ މީހުންނާއެކު މުލީއާގޭގައި މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދޭން 16 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox