މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ ޕީއެންސީއަށް 39،985 މީހުން ވެއްދި

ސަރުކާރު މުވައްޒަފުން ލައްވައި ފޯމު ފުރުމުގައި އިސްކޮށް ހުންނެވި ކަމަށް ޑީއެންއާރުގެ ވެރިން ބުނާ މިނިސްޓަރު އިހުސާން 17 ބަންޑެލި ފޯމު ޕާޓީއާ ހަވާލު ކުރައްވަނީ: ކޮންމެ ގަޑިއިރަކު 16 މީހުން ޕާޓީއަށް ވެއްދި -- ފޮޓޯ: ޕީއެންސީ

ސަރުކާރު މުވައްޒަފުން ލައްވައި ފޯމު ފުރުމުގައި އިސްކޮށް ހުންނެވި ކަމަށް ޑީއެންއާރުގެ ވެރިން ބުނާ މިނިސްޓަރު އިހުސާން 17 ބަންޑެލި ފޯމު ޕާޓީއާ ހަވާލު ކުރައްވަނީ: ކޮންމެ ގަޑިއިރަކު 16 މީހުން ޕާޓީއަށް ވެއްދި -- ފޮޓޯ: ޕީއެންސީ

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް މީހުން ވައްދާކަން ފަޅާއެރިފަހުން، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ އެ ޕާޓީއަށް 39،985 މީހުން ވައްދާފައި އޮތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް 68،968 މީހުން ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.

އިލެކްޝަންސްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މީހުންނެވެ. އެހެންކަމުން ސެޕްޓެމްބަރު 19، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް ހިނގައިދިޔަ ތިން މަހާއި 12 ދުވަހުގެ ތެރޭގައި އެ ޕާޓީއަށް 39،985 މީހުން އޮތީ ވައްދަައިފަ އެވެ.

ޕީއެންސީއަށް މީހުން ވެއްދި ރޭޓަށް ބަލާއިރު އެއީ މަހަކު 13،000 އަށްވުރެ ގިނަ މީހުންނެވެ. ދުވާލަކަށް ބަލާއިރު އެއީ ކޮންމެ ދުވަހަކު 388 މީހުންނެވެ. އަދި ގަޑިއިރުން ގުނާ ނަމަ ކޮންމެ 60 މިނެޓަކު އެ ޕާޓީއަށް 16 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު އެއީ 18 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 24 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށް ބަލާއިރު ފެންނަ ހިސާބެވެ.

އެކަމަކު، ވޯޓުލުމުގެ ހައްގު ލިބޭ އެންމެނަށް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުގެ ހައްގެއް ނުލިބެ އެވެ. ސިޔާސީ ޕާޓީއެއްގައި ނުއުޅެވޭ މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ޖުޑިޝަރީގައި މަސައްކަތް ކުރާ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. އެހެންކަމުން، 18 އަހަރު ފުރި، ސިޔާސީ ޕާޓީއެއްގައި އުޅުމުގެ ހައްގު ލިބޭ ސީދާ އަދަދަށް ބަލާ ނަމަ، ޕީއެންސީގައި ރަޖިސްޓްރީވެފައިވާ އަދަދު 24 ޕަސެންޓަށްވުރެ އިތުރުވާނެ އެވެ.

ޕީއެންސީއަށް ވަގަށް މީހުން ވެއްދުމުގެ މަސައްކަތުގެ ބޮޑު ބައެއް ކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަން ހިންގާ އޮފީހުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދިޔައިރު، އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއެންއާރުގެ ވެރިންގެ، އަބްދުލްމަޖީދު އަދި އަހުމަދު އާލީ ވަނީ އެ ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ.

ފޯމު ފުރުމުގެ މަސައްކަތް ކުރިއިރު ޕާޓީއަށް ވަންނަން އެދޭ އެއްވެސް މީހަކު އެތަނަކު ނުހުރެ އެވެ. ނަމަވެސް ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާ މީހުން އެތަނުގައި ތިބެ އެވެ. ޕީއެންސީއަށް މީހުން ވައްދާ ފޯމުގެ އިގުރާރުގައި ބުނަނީ، ހެކިވެރިޔާ ސޮއި ކުރަނީ ޕާޓީއަށް ވަންނަން އެދޭ މީހާގެ ހާޒިރުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox