ހެކްސްޓާ މޯލްޑިވްސްއަކީ ކައުންސިލް އިމާރާތްތަކުގެ ޕްރޮޖެކްޓު ހިންގަން އުފެއްދި ކުންފުންޏެއް: އާދަމް ޝަރީފް

ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް އުމަރު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރަށްރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ހަވާލުކުރި ހެކްސްޓާ މޯލްޑިވްސްއަކީ ސީދާ އެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެއް ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކަންކަން ގެންދާނީ ހެކްސްޓާ ގްލޯބަލްއިން ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ ޕްރޮޖެކްޓު ހިންގާނީ ރާއްޖޭގެ ހަރަދުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުން ބޭނުން ކޮށްގެން ކަމަށެވެ.

މި ޕްރޮޖެކްޓުން ދިވެހިންނަށް މަސައްކަތް ލިބޭނެ، ހެކްސްޓާ މޯލްޑިވްސް އަކީ މެލޭޝިއާގެ ހެކްސްޓާ ގްރޫޕް އޮފް ކޮމްޕެނީސްއިން މި މަސައްކަތް ރާއްޖޭގައި ހިންގުމަށްޓަކައި އުފެއްދި ކޮޕްމެނީ، ޕްރޮޖެކްޓުގެ ކަންކަން ޓްރާންސްޕޭރެންޓް ވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

Advertisement

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތްތައް އަޅަން ހަވާލުކުރި ހެކްސްޓާ މޯލްޑިވްސްއަކީ މެލޭޝިއާގެ ހެކްސްޓާ ގްރޫޕް އޮފް ކޮމްޕެނީސްއިން އުފެއްދި ކުންފުންޏެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް، ހެކްސްޓާ މޯލްޑިވްސްގައި މެލޭޝިއާ ކުންފުނީގެ އެއްވެސް ހިއްސާއެއް އޮތް ކަމަކަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއަކުން ނުދައްކަ އެވެ. ހެކްސްޓާ މޯލްޑިވްސްގެ ހަމައެކަނި ހިއްސާދާރަކީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކުރި އަލީ ޝަރީފެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއަކީ މައިގަނޑު ގޮތެއްގައި އެގްރޯކެމިކަލް އާއި ފާޓިލައިޒާގެ ވިޔަފާރިއަށް ހާއްސަވާ ޓްރޭޑިން އަދި އިންވެސްޓްމަންޓް ހޯލްޑިން ކުންފުންޏެކެވެ. ޕްރައިވެޓު ކުންފުންޏެއްގެ ގޮތުގައި ފެށި މި ކުންފުންޏަކީ 2009 އިން ފެށިގެން އާންމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެކެވެ.

އާދަމް ޝަރީފް ވިދާޅުވީ ހެކްސްޓާ ކުންފުންޏަށް ސަރުކާރުން ފައިސާ ދޭންޖެހޭނީ ކައުންސިލް އިމާރާތްތައް އަޅައި ނިންމައި އެ ތަންތަނަށް ފަރުނީޗަރު ހަމަ ކުރުމަށްފަހު ކައުންސިލްތައް ހުޅުވާތާ ވެސް ތިން މަސްފަހުން ކަމަށެވެ.

ކައުންސިލް އިމާރާތްތައް އަޅަން ބަޔަކާ ހަވާލުކުރިއިރު, ސަރުކާރުން ކުރިން ބުނަމުން އައީ މި މަސައްކަތް ކުރާނީ ރައްޔިތުންގެ ބައިވެރިވުމާ އެކީ, އާންމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އަދި ފުރަތަމަ އިމާރާތްތައް އަޅާ ރަށްތައް ހޮވާނެ އުސޫލެއް ވެސް އާންމުކުރާނެ ކަމަށް އޭރު ބުންނެވެ.

ނަމަވެސް މިއަދާ ހަމައަށް މިކަމާ ގުޅޭ އުސޫލެއް އާންމުނުކުރާ ތަނުގައި އާންމުންގެ ހިޔާލު ހޯދާކަށް ވެސް ހުޅުވާނުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox