ރިސޯޓުތަކުން 40 މިލިއަނެއްހައި ޑޮލަރު މާރުކުރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފި

ބޭރު ފައިސާ މާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރު ކުރަންޖެހޭ އެންމެ ފަހު ތާރީހަކީ ކޮންމެ މަހެއްގެ ވެސް 28 --- އާޓްވޯކް: އިސްމާއިލް އިމްދާދު

ބޭރު ފައިސާ މާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރު ކުރަންޖެހޭ އެންމެ ފަހު ތާރީހަކީ ކޮންމެ މަހެއްގެ ވެސް 28 --- އާޓްވޯކް: އިސްމާއިލް އިމްދާދު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ދަށުން 40 އާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރު ކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ މިދިޔަ އޮކްޓޯބަރު 1، ގަ އެވެ. އެ ގަވާއިދަށް މިމަހު 1، އިން ފެށިގެން އަމަލު ކުރުން ލާޒިމުވާނެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން އެމްއެމްއޭގެ އޮފިޝަލެއް ބުނީ އެ ގަވާއިދުގެ ދަށުން ރެޖިސްޓްރީ ކުރި 175 ރިސޯޓުގެ ތެރެއިން 138 ރިސޯޓެއްގެ މިދިޔަ އޮކްޓޫބަރުމަހުގެ ސޭލްސް ރިޕޯޓު ލިބިފައިވާ ކަމަށެވެ. 40 މިލިއަނެއްހައި ޑޮލަރު މާރު ކުރާނެ ކަމަށް ބެލެވެނީ އެ ރިޕޯޓުތަކަށް ބެލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

Advertisement

"ސޭލްސް ރިޕޯޓު ނުލިބެނީ 37 ރިސޯޓްގެ، މިހައިތަނަށް ހުށަހަޅާފައިވާ ސޭލްސް ރިޕޯޓޫތަކަށް ބަލާއިރު 30 މިލިއަން ޑޮލަރާއު 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ބޭރު ފައިސާ މާރު ކުރުމުގެ ގަވާއިދުގެ ސަބަބުން ބޭންކުތަކަށް މާރު ކުރެވިގެން ދާނެ ކަމަށް ލަފާ ކުރެވޭ،" އެމްއެމްއޭގެ އޮފިޝަލް ބުންޏެވެ.

ބޭރު ފައިސާ މާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރު ކުރަންޖެހޭ އެންމެ ފަހު ތާރީހަކީ ކޮންމެ މަހެއްގެ ވެސް 28 އެވެ. އެ ގަވާއިދުގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ.

މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ. އެއީ:

  • ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ހޭދަކުރާ ފައިސާ
  • ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކުން ދޭ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ރެމިޓެންސް ހިދުމަތްދޭ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  • ޓޫރިޒަމް ދާއިރާގައި މުދަލާއި ހިދުމަތްދޭ ވިޔަފާރިތަކަށް އިންޝުއަރެންސް ކުންފުނިތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބައިނަލްއަގުވާމީ މުއާމަލާތްތައް
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ވިޔަފާރިއަކުން ބޭރު ފައިސާއިން އަގު އަދާކުރުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން ނަމަ ޑިވިޑެންޑް ދިނުމާއި ހިއްސާދާރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން މުސާރަ އާއި އިނާޔަތް ބޭރު ފައިސާއިން ދިނުން
  • ޑިއުޓީ ފްރީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

ބޭރު ފައިސާ ގަވާއިދަށް އަމަލުކުރަން ފެށި ފަހުން ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނެއް ވަނީ ވުޖޫދުކޮށްފަ އެވެ. މި ގާނޫނުގެ ދަށުން 500 ޑޮލަރު ނުވަތަ އެ މަހެއްގެ އާމްދަނީއަށް ލިބުނު 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ރިސޯޓުތަކަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox