Advertisement

އަލިފުށި ބަލިކޮށް އައްޑޫ ސިޓީ ގޯލްްޑް ކަޕް ފައިނަލަށް

about 11 hours 0


އަލިފުށި ބަލިކޮށް އައްޑޫ ސިޓީ ގޯލްްޑް ކަޕް ފައިނަލަށް

about 11 hours 0

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ރ. އަލިފުށި އަތުން 2-0 އިން މޮޅުވެ، އައްޑޫ ސިޓީން ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޖުމްލަ 17 ރަށެއް/ސިޓީއެއް ވާދަކުރި ގޯލްޑް ކަޕްގެ ފުރަތަަމަ މުބާރާތުގެ ފައިނަލުގައި، އަންނަ އަންގާރަ ދުވަހު، އައްޑޫ ސިޓީން ކުޅޭނީ ބ. އޭދަފުށްޓާ ދެކޮޅަށެވެ. އައްޑޫ ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ.

އޭދަފުށި ފައިނަލަށް ދަތުރުކުރީ، މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަަ މެޗުގައި މާލެ ސިޓީ 3-2 އިން ބަލިކުރުމަށް ފަހު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އެ ގޮތުން، އައްޑޫ ސިޓީގެ އަލީ ނާފިއު (ކަޅޭ) އޭރިއާބޭރުން ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގައި ލީޑުނެގީ، އައްޑޫ ސިޓީގެ ކެޕްޓަން، ޝަމްވީލް ގާސިމް (ބޮންޑާ) އެ ޓީމަށް ޖަހައިދިން ގޯލުންނެެވެ. މިއީ އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރަކުން ބޮންޑާ ބޮލުން ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އައްޑޫ ސިޓީ އަށް ދެ ވަނަ ގޯލު ޖަހައިދިނީ، ބަދަލަކަށް ކުޅެން އެރި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އޭރިއާތެެރެއިން ބޮންޑާ ނަގައިދިން ހުރަހެއްގައި، އީސާ ޖައްސާލީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށެވެ. އިއްބެ ފޮނުވާލި ބޯޅަ ބްލޮކްވެ، ގޯލު ރޮނގުކައިރިން ފޭދޫ އިއްބެ އަށް ލިބުމުން ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު ވަގުތު، އައްޑޫ ސިޓީގެ ޓީމުގެ ކޯޗެއްގެ ގޮތުގައި މި މުބާރާތުގައި މަސައްކަތްކުރާ ތަޖުރިބާކާރު ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ކުޅެން އަރައިފަ އެވެ. ބެންޖޯ ވަނީ މުބާރާތުގައި ކުރިން ކުޅުނު ބައެއް މެޗުތަކުގައި ވެސް ކުޅެފަ އެވެ.

އަލިފުށިން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވި އެެވެ.