ގޯލްޑް ކަޕް: ޕެނަލްޓީ ޖަހައިގެން ފުވައްމުލައް ކަޓުވާލައި އަލިފުށި ސެމީ އަށް

Dec 19, 2024, 1:30 PM
ގޯލްޑް ކަޕް: ޕެނަލްޓީ ޖަހައިގެން ފުވައްމުލައް ކަޓުވާލައި އަލިފުށި ސެމީ އަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ފުވައްމުލަކު ސިޓީ ކަޓުވާލުމަށް ފަހު ރ. އަލިފުށިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވެސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި، ފުވައްމުލަކުގެ ފަސް ޕެނަލްޓީ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އަލިފުށިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަލިފުށިން ލީޑުނެގީ ހުސެއިން ނިހާން (ނިހާޓް) އޭރިއާތެރެއިން ޖެހި ގޯލުންނެވެ. އެކަމަކު، ލަސްތަކެއް ނުވެ، ފުވައްމުލަކުން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، ފުވައްމުލަކުން އެއްވަރުކުރީ، އެ ޓީމުގެ ހުސެއިން ޝަރީފް އަރިމަތިން ނަގައިދިން ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލުންނެވެ. ފުވައްމުލަކުން ލީޑުނެގީ އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އަހުމަދު މަހުމޫދު ފައްތާހު ހިލޭޖެހުމަކުން ނެގި ބޯޅައެއް ނިހާޓް ބޮލުގައި ޖެހިފައި ގޯލަށް ވަން ބޯޅައިންނެވެ.

ދެ ވަނަ ހާފުގައި އަލިފުށްޓަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަހުމަދު ސަމީޒް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޕެނަލްޓީ އަށް ދިޔައިރު، ފުވައްމުލަކުގެ ފުރަތަމަ ޕެނަލްޓީ ސާދު ނިޒާރު ފޮނުވާލުމުން އަލިފުށީގެ ކީޕަރު އަބްދުއްސައްދާދު އާދަމް (ދާދު) ވަނީ މަތަކޮށްފަ އެވެ. އަލިފުށީގެ ފުރަތަމަ ޕެނަލްޓީ އަހުމަދު ވިޖުދާން (ވިޖުއްކޮ) ފޮނުވާލިއިރު، ފުވައްމުލަކުގެ ކީޕަރު، އަޝްރަފު އަބްދުﷲ ވަނީ މަަތަކޮށްފަ އެވެ.

އޭގެ ފަހުން، އަލިފުށިން ޕެނަލްޓީ ފޮނުވާލި، އިބްރާހިމް ސަލާމް، މުހައްމަދު ރަޝީދު (ހޮކޭ)، ނިހާޓް އަދި އަހުމަދު ހުސާމް (ހުސާްންކޮ) ޕެނަލްޓީ ކާމިޔާބުކުރި އެވެ. ފުވައްމުލަކުގެ މުހައްމަދު ހަފީޒް (މޯޑު) ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ ފައްތާހު ފޮނުވާލި ވަގުތު ކީޕަރު ދާދު މަތަކުރި އެވެ. ފުވައްމުލަކުން ފަހުން ފޮނުވާލި ދެ ޕެނަލްޓީ، އަބްދުﷲ ރަޝީދު (ޕެލޭ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކާމިޔާބުކުރި ނަމަވެސް އެ ޓީމު ބަލިވީ އެވެ.

ސެމީ ފައިނަލުގައި އަލިފުށިން ކުޅޭނީ ކުއާޓާ ފައިނަލް ފަހު މެޗުގައި، ކ. މާފުށްޓާއި އައްޑޫ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox