އައްޑޫ ސިޓީ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

Dec 24, 2024, 6:53 PM
އައްޑޫ ސިޓީ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

ފައިނަލުގައި އައްޑޫ ސިޓީ 2-0 އިން ބަލިކޮށް، ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ބ. އޭދަފުށިން ހޯދައިފި އެވެ.

މިއީ، 2016 ވަނަ އަހަރަށް ފަހު އޭދަފުށިން އަތޮޅުތަކަށް ހުޅުވާލައިގެން ކުޅުނު މި ފަދަ މުބާރާތެއްގެ ތަށި ހޯދި ފުރަތަަމަ ފަހަރެވެ. އެ ފަހަރު، އެފްއޭއެމް އިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދީ ފައިނަލުގައި 1-0 އިން ތ. ތިމަރަފުށި ބަލިކޮށްފަ އެވެ.

ގޯލްޑް ކަޕްގެ ފައިނަލަށް އޭދަފުށިން ކުރި ދަތުރުގައި ބަލިވީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ބުރުގައި ކ. މާފުށި އަތުންނެވެ. އައްޑޫ ސިޓީން ފައިނަލާ ހަަމައަށް އައީ މެޗަކުން ބަލިނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވި މިރޭގެ ފައިނަލް މެޗުގެ ކުރިން މުބާރާތުގެ ޓްރޮފީ ދައްކާލީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ ފައިނަލުގައި އޭދަފުށިން ކުޅެމުން އައީ އިޝާން އިބްރާހިމް (ސައްޓު)ގެ ކެޕްޓަންކަމުގެ ދަށުންނެވެ. އަނެއްކޮޅުން، އައްޑޫ ސިޓީ ޓީމުގެ ކެޕްޓަނަކީ، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

އޭދަފުށިން މެޗު ފަށައިގެން ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމަށް ލިބޭ ފުރުސަތުތަކުގައި އެޓޭކްކުރަމުންދިޔަ އެވެ. އެ ގޮތުން، އޭރިއާތެެރެއިން އޭދަފުށީގެ ފޯވާޑަކަށް ކުޅެމުންދިޔަ، މުހައްމަދު ފާސިރު (ފާއްޓޭ) ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަނެއްކޮޅުން، އޭދަފުށީގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ އައްޑޫ ސިޓީގެ ކީޕަރު ވިޝާން އަބްދުލް މަޖީދު ވަނީ އަތަށް ނަގައިފަ އެވެ.

ލަނޑެއް ޖެހޭތޯ އޭދަފުށިން ކުރި މަސައްކަތް އޭދަފުށިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ޖެހީ ފާއްޓޭ އެވެ. ކޯނަރަކުން އޭދަފުށީގެ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ބޯޅައެއް އޭރިއާތެރެއިން ހުސްކޮށް އަރައި، ފާއްޓޭ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އައްޑޫ ސިޓީން ދެ ވަނަ ހާފު ފަށައިގެން، ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، ބޮންޑާ އާއި އިސްމާއިލް އީސަ (މެސީ) ބޮޑަށް އެޓޭކަށް ޖެހި ކުޅެން ފެށި އެވެ. އައްޑޫ އަށް އެއްވަރުކޮށްދޭން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ދަނޑިކައިރިން ދިޔައިރު، ބޮންޑާ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

އޭދަފުށްޓަށް މި މޮޅު ކަށަވަރުކޮށްދިން ގޯލު ޖެހީ ފަހު ވަގުތު ސެންޓޭ އެވެ. މިއީ، ހަމްޕު ބޮލުން ޖައްސާލި ބޯޅައެއް ހޯދައި، ސެންޓޭ އޭރިއާތެރެއިން ކުޅުންތެރިއަކު ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox