ގޯލްޑް ކަޕް: މާފުށި ބަލިކޮށް އައްޑޫ ސިޓީން ސެމީގެ ފަހު ޖާގަ ހޯދައިފި

Dec 19, 2024, 6:03 PM
އައްޑޫ ސިޓީގެ އިސްމާއިލް އީސަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު/ ވަގުތު

އައްޑޫ ސިޓީގެ އިސްމާއިލް އީސަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު/ ވަގުތު

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ކ. މާފުށި އަތުން 3-0 އިން ކުރިހޯދައި އައްޑޫ ސިޓީން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި އައްޑޫން ނުކުންނާނީ ރ. އަލިފުށްޓާ ދެކޮޅަށެވެ. އަލިފުށިން ސެމީ އަށް ދިޔައީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން، ފުވައްމުލަކު ސިޓީ ބަލިކުރުމަށް ފަހު އެވެ. ސެމީގެ ފުރަތަމަ މެޗުގައި މާލެ ސިޓީން ބައްދަލުކުރާނީ ބ. އޭދަފުށްޓާ ދެކޮޅަށެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އައްޑޫން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މިއަދު އުފަން ދުވަސް ފާހަގަކުރި އިސްމާއިލް އީސާ (މެސީ) އެވެ. އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އީސަ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ލީޑުނެގުމުގެ އިރުކޮޅެއް ކުރިން އޭރިއާތެރެއިން ހުސްކޮށް އަރައި، ޝަމްވީލް ގާސިމް (ބޮންޑާ) ބޮލުން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. އައްޑޫގެ ދެ ވަނަ ލަނޑު ޖެހީ ކޯނަރެއްގައި ދަނޑީގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ވައްދާލައިގެން، މުހައްމަދު ހާޒިމް ރިއްފަތު އެވެ.

މެޗުގެ އިތުރު ވަގުތުގައި އައްޑޫގެ ފަހު ގޯލު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ، އީސަ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅައަކުން އިއްބެ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ.

މާފުށިން ވެސް އެޓޭކްތަކެއްކޮށް ގޯލެއް ޖެހޭތޯ ބެލި މި މެޗުގައި އައްޑޫގެ ކީޕަރު، ވިޝާން އަބްދުލް މަޖީދު ވަނީ ގޯލު ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މަާފުށީގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އާއި އިސްމާއިލް މަފާޒް ވަނީ އެޓޭކުގައި ރަނގަޅު ފުރުސަތުތަކެއް ހޯދޭތޯ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox