ގޯލްޑް ކަޕް: ޕެނަލްޓީގައި ގުރައިދޫ ބަލިކޮށް ސެމީގައި މާލެ އާއި އޭދަފުށީގެ ކުރިމަތިލުމެއް

Dec 18, 2024, 6:34 PM
މާލެ ސިޓީ މޮޅުކޮށްދިން ގޯލްކީޕަރު ތޮލާލް މެޗަށް ފަހު އުފާފާޅުކުރަނީ.

މާލެ ސިޓީ މޮޅުކޮށްދިން ގޯލްކީޕަރު ތޮލާލް މެޗަށް ފަހު އުފާފާޅުކުރަނީ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، 5-3 އިން ކ. ގުރައިދޫ ބަލިކޮށް ސެމީ ފައިނަލުގައި މާލެ ސިޓީން ބ. އޭދަފުށްޓާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

އޭދަފުށިން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު 5-0 އިން ޅ. ނައިފަރު ބަލިކޮށްފަ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި މިރޭ ފުރިހަމަ ވަގުތު ހަމަވިއިރު، ގުރައިދޫ އާއި މާލެ އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

އޭދަފުށްޓާއި މާލެ ވަނީ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން، 2-0 އިން މޮޅުވީ އޭދަފުށްޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގުރައިދޫން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ފޯވާޑް، އަހުމަދު އިބްރާހިމް އެވެ. މާލެ ސިޓީ ޓީމުގެ ޑިފެންޑަރު، ހަސަން ޝިފާއު ފަހަތަށް ދިން ބޯޅަ އަހުމަދު އިބްރާހިމް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، ގުރައިދޫން ފޮނުވާލި ބޯޅަތައް މާލެ ސިޓީގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ މާލެ ސިޓީން އެއްވަރުކުރި އެވެ. މިއީ، ގުރައިދޫގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާލެ ސިޓީގެ މިސްރު މިޑްފީލްޑަރު، ހަލީލް ޖަމާލް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިފާއުކުރަން ނޫމާން ބޮލުން ޖައްސާލުމުން ވަނީ ބައިކޮޅަށެވެ.

މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ފުރަތަމަ ޕެނަލްޓީ ޖެހި ހަލީލް ކާމިޔާބުކުރިއިރު، ގުރައިދޫގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު ނާއިމް ފޮނުވާލިއިރު، މާލެ ސިޓީގެ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. މާލޭން ޖެހި ދެ ވަނަ ޕެނަލްޓީ ހުސެއިން ޝުއައިބް ފޮނުވާލުމުން ގުރައިދޫގެ ކީޕަރު އަހުމަދު ސަމީރު މަތަކުރި އެވެ. ގުރައިދޫގެ ދެ ވަނަ ޕެނަލްޓީ ކެޕްޓަން، އަބްދުﷲ ޝަޔަމް ކާމިޔާބުކުރި އެވެ. މާލޭގެ ތިން ވަނަ ޕެނަލްޓީ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ކާމިޔާބުކުރިއިރު، ގުރައިދޫގެ ޕެނަލްޓީ އަހުމަދު ޝޫން ގޯލަށް ވައްދާލި އެވެ.

އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ މަތީ ކަނަށް ބޯޅަ ފޮނުވާލައި މާލެ ސިޓީގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، ގުރައިދޫގެ ބިދޭސީ ކުޅުންތެރިޔާ، މޮއާޒް ގަބޭރް ޖެހި ޕެނަލްޓީ މާލޭގެ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހުކޮޅުގައި ބަދަލަކަށް ކުޅެން އެރި ރިލްވާން ވަހީދު (ރިލޭ) ވަނީ މާލޭގެ ފަސް ވަނަ ޕެނަލްޓީ ވައްދާލައި އެ ޓީމު މޮޅުކޮށްދީފަ އެވެ.

މާލެ ސިޓީ މޮޅުކޮށްދިން ކީޕަރު ޓޮޕްލަކް އަށް ޓީމުން ފުރުސަތު ލިބުނީ މުބާރާތް ފެށިއިރު، މާލެ ސިޓީން ބޭނުންކުރި ކީީޕަރު، އާތިފް އަށް އަނިޔާވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox