18 ޑިސެންބަރު 2024 - 12:56 1
އަހުމަދު އާއިދު
18 ޑިސެންބަރު 2024 - 12:56 1
މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލިއިރު އެއް ގޯއްޗެއް ދެ މީހަކަށްވެސް ވިއްކާފައިހުރިކަން އެނގިއްޖެ އެވެ.
ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި މީގެތެރެއިން އެއް ގޯއްޗެއްގައި ފާރު ރޭނުމުގެ ހުއްދަ ހޯދުމަށް ދެ މީހަކު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުއްދަ ހޯދުމަށް ގޮސްފަ އެވެ. އެ ދެ މީހުންނަށްވެސް ލިބިފައިވަނީ އެއް ބިމެއްކަން ރަޖިސްޓްރީން އޮތީ ފެންނާށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ފޭސް ދޭ އަދި ތިނަކުން ގޯތިތައް ދިނީ އެޗްޑީސީގެ ބިންތަކެއް ސަރުކާރަށް ނަގައިގެންނެވެ. އެ ބިންތައް ދޫކުރީ ހައުސިން މިނިސްޓްރީންނެވެ. މި ވައްކަމުގައި ހައުސިން މިނިސްޓްރީގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
މި ވައްކަމުގެ ތެރެއިން 50 އެއްހާ ގޯތި ވިއްކާލި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ވަގަށް ވިއްކާލި ބިންތަކުގެ އަގު 400 މިލިއަނަށް އަރަ އެވެ.
މި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.
މި ގޮތަށް ދޫކޮށްފައި އޮތް އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދެވެ. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
ބިންވެރިޔާ ސްކީމުގެ ލިސްޓު "އަދަދު" އިން ބެލިއިރު، އެ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެކަމަކު އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ، ހުޅުމާލެއިން ނުދެވި ހުރި ގޯތިތައް މީހުންނާ ހަވާލުކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް އޭނާ ތުހުމަތުކުރީ އެޗްޑީސީގެ އެމްޑީ ފަޒުލްއަށެވެ. މިހާރު ވެސް މިކަން ހިނގަމުންދާ ކަމަށް އޭނާ ބުންޏެވެ.
0.00%
66.67%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖުހާ
3 days ago
ޢެއްގޯތި ދެމީހަކައްނޫން 6 މީހުންނައްވެސް ވިއްކާނެ އެހާވަރަށް ލާރިއައް ބޫތުކެވިފަހުރީމަ ކުރީގަ އަހަރެން ވަރައް ގަދަރުކުރިމީހެެއް ނަމަވެސް އެޗްޑީސީގެ އެމްޑީއަކައް އައިސް އުޅެގަތް ގޮތުން ވަރައްފޫހިވެއްޖެ އޭނަދެކެ
Comment