ބާސްކެޓްބޯލް އެސޯސިއޭޝަން އިންތިހާބު އަންނަ މަަހު 14 ގައި؛ ފުރުސަތު ހުޅުވާލެވިފައި

Nov 27, 2024, 6:45 AM
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ދެން އޮތް ދައުރުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްބީއޭ އިން އިއްޔެ ގެޒެޓްކޮށްފައިވާ ގޮތުގައިވާ ގޮތުން، އަންނަ މަހުގެ 14 ވަނަ ދުވަހު، އެ ޖަމިއްޔާގެ އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެެވެ. އިންތިހާބީ ޖަލްސާ، ޑިސެމްބަރު 14 ވަނަ ދުވަހުގެރޭ ހ. ބޯޅަގޭ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދާ ގޮތަށެެވެ.

އެ ގޮތުން، އިންތިހާބު ކުރަން ހަމަޖެހިފައިވަނީ، ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ނައިބު ރައީސް (އިދާރީ)، ނައިބު ރައީސް (މާލީ)، ސެކްރެޓަރީ ޖެނެރަލް އަދި ފަސް މެމްބަރުންނެވެ.

އެމްބީއޭގެ އިންތިހާބުގައި ވާދަކުރުމުގެ ގޮތުން ކުރިމަތިލުމަށް ހުށައަޅައި ފޯމު ހުށައެޅުމުގެ ސުންގަނޑި އަކީ ތިނެއް ޑިސެމްބަރު ވާ އަންގާރަ ދުވަހުގެ 13:30 އެވެ. އަދި، މީގެ އިތުރުން، ފުރިހަމަ މެންބަރު ކުލަބް/ޖަމިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރީ ކުރުމަށް ހުށައަޅައި ޕްރޮކްސީ ފޯމު ހުށައެޅުމުގެ ސުންގަނޑި އަކީ 11 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 13:30 އެވެ. ހުރިހާ ފޯމެއްވެސް ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިދާރީ އޮފީހަށެވެ.

މީގެ އިތުރުން، ބާސްކެޓްބޯޅަ އެސޯސިއޭޝަން އިންތިހާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބް/ޖަމިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރީ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމާއި އިންތިހާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލު ވެސް ވަނީ ގެޒެޓްކޮށްފަ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެމްބަރު 20 ކްލަބް

ބެންޗް ސްޕޯޓްސް ކުލަބް

ރައިސިންގް ބާސްކެޓްބޯލް އެކަޑަމީ

ސައިކްލޯން ބާސްކެޓްބޯލް ކުލަބް

ރޯޔަލްސް ބާސްކެޓްބޯލް ކުލަބް

އެލީޓް ސްޕޯރޓްސް ކުލަބް

ސްޕާޓަންސް ސްޕޯޓްސް ކުލަބް

ހުޅުމާލެ ސްޕޯޓްސް ކުލަބް

ސްޓިންޖާސް ބާސްކެޓްބޯލް ކުލަބް

ކިންގްސް ބާސްކެޓްބޯލް ކުލަބް

ދި ބައުސް ސްޕޯޓްސް ކުލަބް

އެލްކިޔު ސްޕޯޓްސް ކުލަބް

ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބް

ލަޔަނެސް ސްޕޯޓްސް

ޓެލަންސް ބާސްކެޓްބޯލް ކުލަބް

ކުއީންސް ބާސްކެޓްބޯލް ކުލަބް

ޔުނައިޓެޑް ނެޓްވާކް އޮފް ފްރެންޑްސް

ރެޕްޓާސް ބާސްކެޓްބޯލް ކުލަބް

ވައިޕާސް ބާސްކެޓްބޯލް ކުލަބް

ރެޑް ވިންގްސް ބާސްކެޓްބޯލް ކުލަބް

ޑަބްލިޔު ސްޕޯޓްސް އެކަޑަމީ

ބާސްކެޓްބޯޅަ އެސޯސިއޭޝަން އިންތިހާބުގައި ވޯޓުލުުމުގެ ހައްގު ލިބިފައިވާ މެމްބަރު ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން ބާސްކެޓްބޯޅަ އެސޯސިއޭޝަން އޮފީހަށް ހުށަހަޅަން ވަނީ އަންގައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox