އޭސީސީގައި އޮތް ބާސްކެޓްބޯލް އެސޯސިއޭޝަނުގެ މައްސަލަ އަކީ މައުލޫމާތުގެ ކުށެއް

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖަލްސާއެއްގެ ތެރެއިން ވިޝާމް ވާހަކަ ދައްކަނީ،--- ފޮޓޯ: އަދަދު

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖަލްސާއެއްގެ ތެރެއިން ވިޝާމް ވާހަކަ ދައްކަނީ،--- ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އަކީ މައުލޫމާތުގެ ކުށެއްގެ މައްޗަށް ބިނާވެ އައިސްފައިވާ ކަމެއް ކަމަށް އެމްބީ އިން ބުނެފި އެވެ.

އަމިއްލަ ފަރާތަކުން، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަށް ހުށަހެޅި އާރްޓީއައި އަށް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، އެމްބީއޭ އިން އެއް ކަމަކަށް ދެ މުބާރާތެއްގައި ފައިސާ ހޯދި ކަމަށް ދޭހަވާ ގޮތަކަށް ފައިސާގެ ތަފްސީލް ހިމަނައިފަ އެވެ.

އެ ގޮތުން، މިނިސްޓްރީން އާރްޓީއައި އަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރަން ގެނައި ސްރީ ލަންކާގެ ދެ ޓީމަކަށް ހިނގާ ހަރަދުކަމަށް ބުނެ، 195،371.40 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި، ޖެހިގެން އައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުރިއަށްދިޔަ، ޒާހިރު ނަސީރު މެމޯރިއަލް އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތަށް ގެނައި ލަންކާގެ ދެ ޓީމުގެ ހަރަދުތައް 195،371.40 ރުފިޔާ މިނިސްޓްރީން އެމްބީއޭ އަށް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދިންއިރު ބުނެފައިވެ އެވެ.

މިއާ އެކު، އަމިއްލަ ފަރާތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅީ އެއް ބާވަތެއްގެ ދެ ކަމަކަށް ދައުލަތުން އެމްބީއޭ އިން ފައިސާ ހޯދާފައިވާއިރު، ފާހަގަކޮށްފައިވާ ގައުމީ މުބާރާތުގައި، ލަންކާގެ ޓީމަކުން ވާދަކޮށްފައި ވެސް ނުވާ ކަމަށެވެ.

އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ، ވިޝާމް ރަޝީދު (ވިޒުއްޕެ)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ގައުމީ މުބާރާތެއްގައި ވާދަކުރުމަށް އެއްވެސް އިރެއްގައި ރާއްޖޭން ބޭރުން ޓީމެއް ނުގެންނަ ކަމަށެވެ. އަދި އެ ގޮތަށް ތަނަކަށް މައުލޫމާތު ދީގެން އެއްވެސް ފައިސާއެއް ވެސް ހޯދާފައިނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި، މީޑިއާ އިން މި ފަދަ މައްސަލައެއް އޭސީސީގައި އޮތް ކަމަށް ބުނެ، އެންމެ ފުރަތަމަ އެ ސުވާލު ކުރުމުން ވަރަށް ސާފުކޮށް އޮޅުންފިލުވައިދިން ކަމަށް ވިޝާމް ވިދާޅުވި އެވެ.

"މިހާރު ނޫހުން ފުރަތަމަ ސުވާލުކުރުމުން ވެސް މިކޮޅުގެ ޖަވާބުގައި ފާހަގަކުރިން، މިއީ މައުލޫމާތުގެ ކުށަކުން ވެފައި އޮތް ކަމަކަށޭ ވާނީ، މިކަން ރަނގަޅަށް އޮޅުންފިލުވަން ޖެހޭ ކަމަށް،" ވިޝާމް ވިދާޅުވި އެވެ.

އެ ގޮތުން، ވިޝާމް ވިދާޅުވީ، މީޑިއާ އިން މި ކަމާ ގުޅޭގޮތުން އެ ސުވާލުކުރުމުން، އެކަމަކީ މިނިސްޓްރީން އެ ދީފައިވާ މައުލޫމާތުގެ ކުށަކުން ދިމާވެފައި އޮތް ކަމަކަށް ވެދާނެ ކަމެއް ކަމަށް ފުރަތަމަ ވެސް މީޑިއާ އަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

އަދި، އެ ބައި ނުހިމަނައި، މީޑިއާ އިން އެމްބީއޭ ބަދުނާމުވާ ގޮތަށް ހަބަރު ގެނެސްދިނުމަކީ ގޯސްކޮށް ދިޔަ ކަމެއް ކަމަށް ވިޝާމް ފާހަގަކުރެއްވި އެވެ.

މިނިސްޓްރީން މި ގޮތަށް އާރްޓީއައި އަށް މައުލޫމާތު ދީފައިވާތީ، އެމްބީއޭ އިން ވަނީ މިނިސްޓްރީ އަށް ކަންހިނގައިދިޔަ ގޮތް ސާފުކުރުމަށް ސިޓީ ފޮނުވައިފަ އެވެ.

މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅޭގޮތުން، ވިޝާމް ވިދާޅުވީ، އެ ގޮތަށް މިނިސްޓްރީ އަށް މައުލޫމާތު ދެވުނީ "ލިޔުމުގެ ކުށަކުން" ކަމަށް ބުނެފައިވާ ކަމަށެވެ.

"މި މިނިސްޓްރީން އާރްޓީއައިގައި ދީފައިވާ މައުލޫމާތުގައި ފޯމު ނަމްބަރު form 141-SD-2022-3579 ގެ ލިއުމުގައި "ގައުމީ މުބާރާތުގައި އިންވައިޓްކުރި ސްރީ ލަންކާގެ ޓީމުގެ އެކޮމަޑޭޝަން ހަރަދަށްވާ" ފައިސާ ކަމަށް ޖެހިފައިވަނީ ލިއުމުގެ ކުށަކުންނެވެ. އަދި މި ފޯމުގައިވާ ފައިސާ އަކީ ތިޔަ އެސޯސިއޭޝަނަށް ޖަމާކޮށްފައިވާ ފައިސާއެއް ނޫން ކަމަށް ދަންނަވަމެވެ.،" މިނިސްޓްރީން އެމްބީއޭ އަށް ފޮނުވި ސިޓީގައިވެ އެވެ.

އަދި ލަންކާ ޓީމަށް ހިނގާ ހަރަދަށްވާ ފައިސާ ޖަމާކޮށްދީފައިވަނީ 2023 ވަނަ އަހަރު ކަމަށާއި، އެހެންކަމުން، ދެ ފަހަރަށް މި ފައިސާ އެމްބީއޭ އަށް ޖަމާކޮށްފައިނުވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox