އެމްބީއޭގެ ރައީސަކަށް އިތުރު ދައުރަކަށް އެޑަމް އިންތިހާބުވެއްޖެ

Dec 15, 2024, 2:59 PM
އަލަށް އިންތިހާބުވި ބާސްކެޓްބޯޅައިގެ ހިންގާ ކޮމިޓީ.--- ފޮޓޯ: އެމްބީއޭ

އަލަށް އިންތިހާބުވި ބާސްކެޓްބޯޅައިގެ ހިންގާ ކޮމިޓީ.--- ފޮޓޯ: އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ކުރިއަށް އޮތް ދައުރަށް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު އާދަމް (އެޑަމް) އިންތިހާބުކޮށްފި އެވެ.

އެމްބީއޭ އިން އިންތިހާބަށް ހުޅުވާލީ މިދިޔަ މަހުގެ 26 ގަ އެވެ. އެއީ، ޑިސެމްބަރު ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން ކުރިމަތިލުމުގެ ކެންޑިޑެސީ ހުށަހަޅަން ސުންގަނޑި ހަމަވާ ގޮތަށެވެ.

ކެންޑިޑެސީ ހުށަހެޅުމަށް ހުޅުވާލެވިފައި އޮތް މުއްދަތު ހަމަވިއިރު، ކޮންމެ މަގާމަކަށް ނަން ހުށަހެޅީ އެންމެ ފަރާތަކުންނެވެ.

ހެންވޭރު ބޯޅަ ގޭގައި ރޭ ބޭއްވި އެމްބީއޭގެ އިންތިހާބުގައި ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތެއް ކަމަށްވާތީވެ، ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ގޮތުން، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 20 ކްލަބްގެ ތެރެއިން، ޕްރޮކްސީންގެ ނަން ހުށަހަޅަން ދިން މުއްދަތުުގެ ތެރޭގައި އެކަން ފުރިހަމަކޮށް، އިންތިހާބުގައި ބައިވެރިވި 12 ކްލަބުން، ވޯޓު ދިންއިރު، އެޑަމް އާއި އޭނާގެ ޓީމު ހޮވުނީ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

އެޑަމް، ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވިއިރު، ދެން ހިންގާ ކޮމިޓީގައި ހިމެނެނީ، ނައިބު ރައީސް އިދާރީ އަކަށް ހުސެއިން ސުހެއިލް ހޮވުނުއިރު، ނައިބު ރައީސް މާލީ އަކީ އިސްމާއިލް ނުޖައިމީ އިބްރާހިމް އެވެ.

މީގެ އިތުރުން، އިންތިހާބު ކުރެވުނު ސެކްރެޓަރީ ޖެނެރަލް އަކަށް، މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ ވިސާމް ރަޝީދު (ވިޒޫ) ހޮވުނެވެ. އަދި ހިންގާ ކޮމިޓީގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، އަހުމަދު އަފްޝަން ރަޝާދު، އާދަމް މުހައްމަދު، ހުސެއިން އަދުހަމް އަލީ، މުހައްމަދު ނަސީރު އަދި އަހުމަދު ގާސިމް (އަހޫ) އެެވެ.

އިންތިހާބުގައި ވޯޓު ލުމަށް ޕްރޮކްސީ ފޯމު ހުށަހެޅި ކްލަބްތަކަކީ، ބެންޗް ސްޕޯޓްސް ކްލަބް، އެލީޓް ސްޕޯޓްސް ކްލަބް، އެލްކިޔު ސްޕޯޓްސް ކްލަބް، ލަޔަނެސް ސްޕޯޓްސް، ކުއީންސް ބާސްކެޓްބޯލް ކްލަބް، ރައިސިން ބާސްކެޓްބޯލް އެކަޑަމީ، ސްޓިންގާސް ބާސްކެޓްބޯލް ކްލަބް، ދި ބައުސް ސްޕޯޓްސް ކްލަބް، ޓީރެކްސް ބާސްކެޓްބޯލް ކްލަބް، ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް، ވައިޕާސް ބާސްކެޓްބޯލް ކްލަބް އަދި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އެވެ.

އަލަށް އިންތިހާުބުވި މި ހިންގާ ކޮމިޓީން މަސައްކަތުގެ ޒިންމާއާ ހަވާލުވެ، ދައުރު ފަށާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމާ 2019 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވުމަށް ފަހު އެޑަމް ވަނީ ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ހެޔޮ ބަދަލުތަކެއް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑުގެ ސަބަބުން ކުޅިވަރުތައް ހުއްޓާލަން ޖެހުނު ދަނޑިވަޅުގައިވެސް، އެމްބީއޭގެ ލީޑަޝިޕްގައި އެޑަމް ހުރެ ކުރި މަސައްކަތުން، ގިނަ ކުޅުންތެރިންތަކެއް ތަމްރީނުވެ، އެ ކުޅުންތެރިން ވަނީ ކާމިޔާބު ވެސް ހޯދައިފަ އެވެ. އެ ގޮތުން، ކޮވިޑަށް ފަހު އެންމެ އަވަަހަށް މުބާރާތްތަށް ފެށި އެއް ކުޅިވަރުގެ ތެރޭގައި ބާސްކެޓްބޯޅަ ފާހަގަކޮށްލެވެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ވެސް މަސައްކަތްކުރައްވަމުން އަންނަ އެޑަމް ވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ރައީސް އަކަށް ވެސް އިންތިހާބުވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox