ގަވާއިދުގެ ތެރެއިން ކުރިއަށްދާން ޓަލޮންސްގެ ސަސްޕެންޝަން ދަމަހައްޓަން އެމްބީއޭ އިން ނިންމައިފި

Jan 18, 2025, 8:55 AM
2023 ވަނަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2023 ވަނަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މުބާރާތުގެ ގަވާއިދު ތެރެއިން ކުރިއަށްދިއުމަށްޓަަކައި، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ޓަލޮންސް ބާސްކެޓްބޯލް ކްލަބަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފި އެވެ.

ޓަލޮންސް އިން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލީގުގެ ފަހު މެޗުގައި، ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު 70-64 އިން ބަލިކޮށްގެން ޗެމްޕިއަންކަން ހޯދި ޓަލޮންސް އަށް މި ކާމިޔާބީއާ އެކު، 2024 ވަނަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއް ވަނަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ، 2024 ވަނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގައި ޓަލޮންސް އަށް ވާދަކުރެވޭ ގޮތެއްނުވި އެވެ.

އެ ސަބަބާ ހުރެ، މުބާރާތުގެ ގަވާއިދުގެ 7.2.3 ގައި ވާ ގޮތުގެ މަތިން، ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް، ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ފަހު، އެއްވެސް ސަބަބަކާ ހުރެ މުބާރާތުގައި ވާދަނުކުރާނަމަ ދެ އަހަރަށް ސަސްޕެންޑް ކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، ޓަލޮންސް، އެ މުއްދަތަށް ސަސްޕެންޑްކުރަން އެމްބީއޭ އިން ނިންމީ އެވެ.

Advertisement

މީގެ ކުރިން، 2022 ވަނަ އަހަރު، އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ވެސް ކާމިޔާބުކުރި، ޓަލޮންސްގެ ސަސްޕެންޝަންގެ މުއްދަތު ގުނަން ފެށީ، 2024 ވަނަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަން ފެށި ދުވަސް ކަމަށްވާ 17 ޖެނުއަރީންނެވެ. އެހެންކަމުން، މި މަހު 17 އަށް އެއް އަހަރުފުރިފައިވާއިރު، ކުރިއަށް އޮތް 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ވާދަކުރަން ޓަލޮންސް އިން ވަނީ އެ ކްލަބަށް ދީފައިވާ ސަސްޕެންޝަނަށް ލުޔެއް ދިނުމަށް އެދި އެމްބީއޭ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީ އަށް ދިން ޖަވާބުގައި އެމްބީއޭ އިން ބުނެފައިވަނީ، ޓަލޮންސް އިން ފޮނުވި ސިޓީއާ ގުޅޭގޮތުން، އެމްބީއޭގެ ހިންގާ ކޮމިޓީގެ ޖަލްސާއެއްގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ދަމަހައްޓައި، އެ އަށް އިހުތިރާމްކުރުމުގެ ގޮތުން، ޓަލޮންސް އިން އެދިފައިވާ ގޮތަށް، ސަސްޕެންޝަނަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

އެމްބީއޭ އިން ބުނީ މި ގޮތަށް ނިންމި އެންމެ މައިގަނޑު އެއް ސަބަބަކީ ހެދިފައިވާ ގަވާއިދުތަކަށް މެމްބަރު ކްލަބްތަކުން ބޯލެނބުމަށާއި ހިންގުން ހަރުދަނާ ކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox