ދައްޗެއް ކުރިމަތި ނުވާނަމަ މި ހަފުތާގައި ފުލެޓު ލިސްޓު އާންމުކުރާނަން: ހައިދަރު

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: ފްލެޓު ލިސްޓު ރިވިއުކުރީ އޭގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އޭސީސީން ބުނެފައިވަނިކޮށް -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: ފްލެޓު ލިސްޓު ރިވިއުކުރީ އޭގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އޭސީސީން ބުނެފައިވަނިކޮށް -- ފޮޓޯ: އަދަދު ފައިލް

ގެދޮރުވެެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު، ދައްޗެއް ކުރިމަތި ނުވާނަމަ މި ހަފުތާ ނިމުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު އެހެން ވިދާޅުވީ ފުލެޓު ލިސްޓު އާންމުކުރުމުގެ އަދާހަމައަކީ ކޮބައިތޯ "އަދަދު" އިން ސުވާލު ކުރުމުންނެވެ.

"އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށް ވަންޏާ މި ހަފުތާ ނިމޭއިރަށް އަޅުގަނޑުމެން އިއުލާނުކޮށް ނިންމާނަން،" ހައިދަރު ވިދާޅުވި އެވެ.

އާ ލިސްޓު އާންމުކުރާއިރު، މިދިޔަ ސަރުކާރުން ދިން ޕޮއިންޓުތަކަށް ބަދަލު އަތުވެދާނެ ކަމަށް ހައިދަރު މީގެ ކުރިން މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ. ގެދޮރުވެރިޔާ ޕޯޓަލުން ކުރިން ފެންނަން ހުރި ޕޮއިންޓުތައް މިހާރު ނުފެންނަ ސަބަބަކީ ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރާތީ ކަމަށް ހައިދަރު އޭރު ވިދާޅުވި އެވެ.

"ރީއިވެލުއޭޓު ކުރުމަކީ އެޔެއް ނޫންތޯ؟ ދެން [ކުރީގެ ލިސްޓާ ޕޮއިންޓު] އެއްގޮތް ވެސް ވެދާނެ އެހެންނޫންތޯ؟ ދެން ނޭނގެ، [ޕޮއިންޓު] ބަދަލުވެދާނެތީ އެ ނުފެންނަ ގޮތަށް ހަދާފައި އެހުރީ،" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ޖުލައި 29، ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން އިންޑިއާގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި މިމަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސަރުކާރާ އެ ތަންތަން ހަވާލުކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

އޭގެ ފަހުން އޭސީސީން ހިންގި ތަހުގީގަށް ފަހު މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފެބްރުއަރީ 5، ގައި އެ ކޮމިޝަނުން އިއުލާނުކުރި އެވެ.

އޭސީސީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް 19.7 ޕަސެންޓު ފޯމުގެ މައްސަލަ ހުރި ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް ކަމަށާއި އެއީ ޖުމުލަ ފޯމުތަކުގެ 70 ޕަސެންޓު ކަމަށް އޭސީސީން އެ ދުވަހު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox