މުއިއްޒުއާ އަރިސް ހައިދަރުވެސް އިސްތިއުފާ ދެއްވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު: ސްޓޫޑެންޓު ލޯނުގެ ގޮތުގައި 776.6 މިލިއަން ރުފިޔާ ދޫކުރަން ވަނީ ހިމަނާފަ ---- ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު: ސްޓޫޑެންޓު ލޯނުގެ ގޮތުގައި 776.6 މިލިއަން ރުފިޔާ ދޫކުރަން ވަނީ ހިމަނާފަ ---- ފޮޓޯ: ރައީސް އޮފީސް

މުހަައްމަދު މުއިއްޒުއާ އަރިސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު މަގާމުން އިސްތިއުފާދެއްވައިފި އެވެ. 

އަދަދު އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ހައިދަރު މަގާމުން އިސްތިއުފާދެއްވީ މުއިއްޒު އެގޮތަށް އެކަން ކުރައްވަން އެންގެވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިހާތަނަށް ހައިދަރު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ހައިދަރު އައްޔަންކުރެއްވީ ޑިސެމްބަރު، 2024، ގަ އެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ހައިދަރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހައުސިން މިނިސްޓަރަކަށެވެ.

ހައިދަރުގެ އިތުރުން މިއަދު މިހާތަނަށް ޖުމްލަ ނުވަ މިނިސްޓަރުން މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ހުރިހާ މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

އިސްތިއުފާ ދެއްވި ކެބިނެޓް މިނިސްޓަރުން:

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
  • ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
  • ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
  • ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް
  • އެގްރިކަލްޗާ މިނިސްޓަރު މަރިޔަމް މާރިޔާ
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް
  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

މީގެއިތުރުން އިތުރު މިނިސްޓަރުންތައް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރުންނެއް ކަމެއް މިހާތަނަށް ޔަގީންކުރެވިފައެއް ނުވެ އެވެ. 

ސަރުކާރުގެ މިނިސްޓަރުންތައް މިއަދު ވަކިކޮށްފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައި ވަނިކޮށެވެ. ކައުންސިލް އިންތިހާބާއެކު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރުން ހުށަހެޅި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހުށަހެޅުމަށް ވެސް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox