މަޖީދިއްޔާ ސްކޫލްގެ ކުލާސްތައް އޭސީ ކުރަން ބެލެނިވެރިން އަތުން ފައިސާ ނަގާތީ ކަންބޮޑުވުން

މަޖީދިއްޔާ ސްކޫލްގެ ކުލާސްތައް އޭސީ ކުރުމަށް ބޭނުންވާ ފައިސާ ބެލެނިވެރިންގެ އަތުން ހޯދަނީ އެޑިއުކޭޝަނުގެ ވެސް ހުއްދަ ލިބިގެން ކަމަށް އެ ސްކޫލުގެ މެނޭޖުމަންޓުން ބުނެފައިވޭ -- ފޮޓޯ: އަވަސް

މަޖީދިއްޔާ ސްކޫލްގެ ކުލާސްތައް އޭސީ ކުރުމަށް ބޭނުންވާ ފައިސާ ބެލެނިވެރިންގެ އަތުން ހޯދަނީ އެޑިއުކޭޝަނުގެ ވެސް ހުއްދަ ލިބިގެން ކަމަށް އެ ސްކޫލުގެ މެނޭޖުމަންޓުން ބުނެފައިވޭ -- ފޮޓޯ: އަވަސް

ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްތައް އޭސީ ކުރަން އެޑިއުކޭޝަން މިނިސްޓަރީން މަޝްރޫއުއެއް ފަށާފައި ވަނިކޮށް، މަޖީދިއްޔާ ސްކޫލުގައި އޭސީ ހަރުކުރުމަށް ބޭނުންވާ ފައިސާ ބެލެނިވެރިންގެ އަތުން ނަގަން ފަށައިފި އެވެ.

އެ ސްކޫލުގެ ބެެލެނިވެރިންނާ މުއާމަލާތު ކުރަން ހަދާފައިވާ ވައިބާ ގުރޫޕުތަކަށް އެ ސްކޫލުގެ މެނޭޖުމެންޓުން ލާފައިވާ މެސެޖުގައި ބުނެފައި ވަނީ އޭސީ ހަރުކުރުމަށް ބޭނުންވާ ފައިސާ ބެލެނިވެރިން އަތުން ނަގަނީ އެޑިއުކޭޝަނުން ވެސް ހުއްދަ ދީގެން ކަމަށެވެ.

ހުރިހާ ކުލާހެއްގައި ހަރުކުރަން ނިންމާފައި ވަނީ އެއް ބުރޭންޑެއްގެ އޭސީ ކަމަށާއި ކޮންމެ ކުލާހެއްގައި ދެ އޭސީ ހަރުކުރަން އެ ސްކޫލުގެ ޕްރިންސިޕަލް ނިންމަވާފައިވާ ކަމަށް އެ ސްކޫލުގެ މެނޭޖުމެންޓުން ބުނެފައިވެ އެވެ.

"ސަލާމް ޕޭރެންޓްސް، ކުރީ ރޭގައި ޕޭރެންޓްސް އާ ބައްދަލުކުރައްވައި ޕްރިންސިޕަލް ވާހަކަފުޅު ދައްކަވާފައި ވިދާޅުވި ގޮތުގެމަތިން ކޮންމެ ކުލާހެއްގައި ދެ އޭސީ ހަރުކުރުމަށް ވަނީ ނިންމަވާފައި، ސޯ، ކުލާހަކުން ޓޫ ސެޝަންސް އެއްކޮށްލައިގެން ދެ އޭސީ ގަތުމަށް ހަރަދުވަނީ 16،000 ރުފިޔާ. މި އަދަދު ދެ ކްލާހަށް ބަހާލައިގެން ހުރިހާ ޕޭރެންޓް ވެގެން މި ފައިސާ ކޮންމެ ކުއްޖަކު ދައްކަން ޖެހޭވަރު ކޮންމެ ކްލާހެއްގެ ރެޕްގެ އެކައުންޓަށް ޖަމާކޮށްލަދެއްވުން އެދެން،" މެސެޖުގައި ލިޔެފައިވެ އެވެ.

ނަމަވެސް އެ ފައިސާ ދެއްކުން މަޖުބޫރު ނޫން ކަމަށް އެ މެސެޖުގައި ލިޔެފައިވެ އެވެ.

އެ ސްކޫލުގެ ބެލެނިވެރިޔަކު "އަދަދު" އަށް ބުނީ ފައިސާ ދެއްކުން މަޖުބޫރު ނޫން ކަމަށް މެނޭޖުމަންޓުން ބުނި ނަމަވެސް، ބައެއް ބެލެނިވެރިން ބޮޑެތި އަދަދުން ފައިސާ ދެއްކުމަށްފަހު، ބެލެނިވެރިންގެ ގުރޫޕަށް ޓްރާސްފާ ސްލިޕް ފޮނުވުމުން ފަައިސާ ދެއްކޭވަރުގެ ތަނަވަސްކަން ނެތް ބެލެނިވެރިން ލަދުގަންނަން ޖެހޭ ކަމަށެވެ.

"އަންގާފައި އޮތީ ގުރޫޕަށް ސްލިޕު ނުފޮނުވަން، އެކަމަކު ބައެއް ޕޭރެންޓުން އެބަ ފޮނުވާ ގުރޫޕަށް ސްލިޕު، ދެން ލާރި ނުދެއްކޭ ފަދަ މީހުން މި ޖެހެނީ ލަދުގަންނަން، އެބަ އެނގޭ ކޮން ބައެއްކަން ލާރި ދިނީ، ނުދެނީ، އަނެއްކާ ކޮންމެ ކްލާހަކަށް ލާރި ލިބޭވަރު އެބަ އަޕްޑޭޓު ކުރޭ،" މަޖީދިއްޔާ ސްކޫލްގެ ބެލެނިވެރިޔަކު ބުންޏެވެ.

ސަރުކާރުން ހިންގާ ހުރިހާ ސްކޫލްތަކެއް އޭސީ ކުރަން އެޑިއުކޭޝަން މިނިސްޓަރީން ނިންމީ ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވުމުންނެވެ. އެޑިއުކޭޝަން މިނިސްޓަރީން އޭރު ބުނީ ކުލާސްތައް އޭސީ ކުރާނީ "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" ކަމަށެވެ.

"ކޫލް ސްކޫލް" ގެ ނަމުގައި އެ މަޝްރޫއު ސަރުކާރުން އިފުތިތާހު ކުރީ ޖޫން 2، ގަ އެވެ. އެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން ސަރުކާރު ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox