ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން، އެ ގައުމުގެ މީޑިއާއަކަށް މައުލޫމާތެއް ނުދެން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް އިދާރާ: ބޭންކުން ބުނީ އެ ބޭންކުން އަމަލުކުރަނީ ކޮރެސްޕޮންޑިން ބޭންކުތަކުގެ އެންގުންތަކާ އެއްގޮތަށް ކަމަށް --- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް އިދާރާ: ބޭންކުން ބުނީ އެ ބޭންކުން އަމަލުކުރަނީ ކޮރެސްޕޮންޑިން ބޭންކުތަކުގެ އެންގުންތަކާ އެއްގޮތަށް ކަމަށް --- ފޮޓޯ: އަދަދު

ރާއްޖެ އާއި ރަޝިއާއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށް ބުނެ އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކާ ގުޅިގެން، ރަޝިއާއާ ގުޅުންހުރި މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުލޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ސުވާލުކުރުމުން ބީއެމްއެލްއިން ބުނި ގޮތުގައި، ރަޝިއާއަށް ފައިސާ ފޮނުވުން ހުއްޓާލި ކަމަށް ބުނެ އެ ގައުމުގެ މީޑިއާތަކުން ފަތުރެނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެ ބޭންކުން ބުނީ އެއްވެސް އިރެއްގައި ރަޝިއާގެ މީޑިއާއަކަށް މައުލޫމާތު ނުދޭ ކަމަށެވެ. 

ބީއެމްއެލްއިން ބުނީ އެހެން ބޭންކުތަކެކޭ އެއްފަދައިން އެ ބޭންކުން ވެސް ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުން ކުރާ މުއާމަލާތްތައް، ނިންމުމުގައި މުޅިންހެން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ. 

"މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނޭ،" ބީއެމްއެލްއިން ބުންޏެވެ. 

މިފަދަ ބައިނަލްއަގުވާމީ ސިޔާސަތުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ބަލައިނުގަތުމާއި، ނުވަތަ އަނބުރާ ފޮނުވާލުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އަދި ބީއެމްއެލް ފަދަ ލޯކަލް ބޭންކުތަކުން އަމަލުކުރަން ޖެހެނީ އެ ނިންމުންތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ބުންޏެވެ. 

ރަޝިއާއިން ފައިސާ ބަލައިގަތުމާއި އެ ގައުމަށް ފައިސާ ފޮނުވުން ބީއެމްއެލްއިން ހުއްޓާލައިފި: ރިޕޯޓު

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

މި މައްސަލަ އަދަދު ނޫހުން ރިޕޯޓުކުރީ، ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފޮނުވާ ފައިސާ ޕްރޮސެސް ނުކުރަން ބީއެމްއެލް އިން ނިންމާފައިވާ ކަމަށް ބުނެ ރަޝިއާގެ އާރުބީސީ ނޫހާއި އަދި އެ ނޫން ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރަޝިއާގެ ޓޫރިސްޓުން ރާއްޖޭގައި ތިބުމަށް ހަމަޖައްސަން ދައްކަން ޖެހޭ ފައިސާ ޕްރޮސެސް ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި މިކަމާ ގުޅިގެން ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކާއި މަރުކަޒީ ބޭންކުތަކުގެ މެދުގައި މަޝްވަރާކުރަން ތައްޔާރުވަމުންދާ ކަމަށް ރަޝިއާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.

އެ ގައުމުގެ މީޑިއާތަކުން މިހެން ބުނިއިރު، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން 2022 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މި ދަތިކަން އަންނާނެ ކަމަށް ބީއެމްއެލްއިން އޭރު ހާމަކޮށްފައިވެ އެވެ. އެ ދުވަސްވަރު ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ބޭންކަކަށް ވެސް ސެންކްޝަން ލިސްޓުގައި ހިމެނޭ ރަޝިއާގެ ބޭންކަށް ފައިސާ ފޮނުވުން މަނާވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

Newsletter

Get the latest news delivered straight to your inbox