ޗާގޯސް ކޮމިޝަން އުފެއްދިތާ އަށް ދުވަސް ނުވަނީސް ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

Nov 9, 2026, 8:30 PM
ނޮވެމްބަރު 9، 2026: ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 9، 2026: ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑު ބައިކުރުމުގެ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ހާއްސަ ކޮމިޝަން (ޗާގޯސް ކޮމިޝަން) އަށް އަށް ދުވަސް ނުވަނީސް، އެ ކޮމިޝަނުގެ ރައީސާއި އިތުރު މެންބަރަކު ވަކިކޮށް އެ މަގާމުތަކަށް އާ މީހުން ހަމަޖައްސައިފި އެވެ. 

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން، ރައީސް މުހައްމަދު މުއިއްޒު ވަނީ މި މަހުގެ އެއް ވަނަ ދުވަހު އުފެއްދެވި ހަތް މެންބަރުންގެ ކޮމިޝަނުގެ އެކުލެވޭ ގޮތަށް ބަދަލު ގެންނަވާފަ އެވެ. 

މި ގޮތުން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) ވަނީ ވަކިކުރައްވާފަ އެވެ. އަދި އޭނާގެ ބަދަލުގައި ކޮމިޝަނުގެ އާ ރައީސަކަށް ހަމަޖައްސަވާފައި ވަނީ މ. އެވަރެސްޓް، އަބްދުލްއަޒީޒު ޔޫސުފް އެވެ. 

އަބްދުލްއަޒީޒު ޔޫސުފަކީ ފޮރިން ސާވިސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ މީގެ ކުރިން އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، ސާކުގެ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ފުރުއްވާފަ އެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ކުރިން އިންނެވި އަހުމަދު މައުރޫފް ވެސް ވަނީ މެންބަރުކަމުން ވަކިކުރައްވާފަ އެވެ. އޭނާގެ ބަދަލުގައި ކޮމިޝަނުގެ އާ މެންބަރެއްގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ މއ. ކަނޑޫގެ، އަބްދުލްފައްތާހު އަބްދުލްގަފޫރެވެ. 

ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ބެލުމަށް ރިޔާސީ ހާއްސަ ކޮމިޝަނެއް މި މަހުގެ އެއްވަނަ ދުވަހު އުފެއްދެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުންނެވެ. މި ކޮމިޝަނަކީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިދޭ ހުރިހާ ބާރުތަކެއް ލިބިގެން މަސައްކަތްކުރާ ކޮމިޝަނެކެވެ.

މި ކޮމިޝަނުގެ މަސައްކަތްތައް ނިންމުމަށް ރައީސް މުއިއްޒު ދެއްވާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ޗާގޯސް ކޮމިޝަނުން މައިގަނޑު ގޮތެއްގައި ބަލަނީ ކުރީގެ ސަރުކާރުން ރާއްޖޭގެ ސްޓޭންޑު ބަދަލުކުރި ގޮތާއި އެކަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އަދި މި މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ވެރިއަކު ރިޝްވަތު ހިފާފައިވޭތޯ ވެސް ކޮމިޝަނުން ތަހުގީގުކުރާނެ އެވެ. ނަމަވެސް މަސައްކަތް ފެށިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެރިން ބަދަލުކުރި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޗާގޯސްގެ ސިޔާދަތީ ހައްގު ދައުވާކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި އިން ވަކިކުރުމުގެ މައްސަލައިގައި، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން މޮރިޝަސްއަށް ތާއީދުކޮށް ފޮނުވި ސިޓީއާ ގުޅިގެން ބޮޑެތި ސިޔާސީ ދެކޮޅުވެރިކަމެއް އުފެދުނެވެ. އިޓްލޮސްއިން 2023 ގައި ދެމެދު މިން އަޅައިގެން ސަރަހައްދު ބަހާލުމަށް ހުކުމްކުރި ނަމަވެސް، ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދެއް ގެއްލުނު ކަމަށް ބުނެ މި ސަރުކާރުން މިހާރު ދަނީ އެ ނިންމުން މުރާޖައާކުރަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

ތާއަބަދަށް އެއްބަސްވުން އާވުމާމެދު މުއިއްޒުގެ ބަހެއް ނެތް!

ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަށްފަހު، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް އެ މުއްދަތު ތާއަބަދަށް އާވާގޮތަށް ރިއަލް އެސްޓޭޓް ބިލުގައި ހިމަނާފައިވާތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މި ގާނޫނީ ލޫޕްހޯލާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ދެއްކެވުމަށް އިންކާރު ކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox