"މަދަނީން" އަމަލު ކުރަނީ ސިފައިންވެސް އަމަލު ކުރި އެއްބަސްވުމަށް، ހަރަދު ކުރަނީ އިންޑިއާ ސަރުކާރުން

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު އަދި ބައެއް މަދަނީން. މި ޑޯނިއާ ދުއްވުމާ ދެކޮޅަށް ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކި --- އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު އަދި ބައެއް މަދަނީން. މި ޑޯނިއާ ދުއްވުމާ ދެކޮޅަށް ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކި --- އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު

އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓު ކުރުމަށް ތިބި އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު މި ވެރިކަމުގައި ގެނައި "މަދަނީން" އަމަލުކުރަނީ ކުރިން ތިބި ސިފައިން ވެސް އަމަލުކުރި އެއްބަސްވުމަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ތިން ބެޗަކަށް ބަހާލައިގެން އިންޑިއާގެ 76 ސިފައިން އަނބުރާ ގެންގޮސް ނިމުނު ކަމަށް ސަރުކާރުން ބުނީ މެއި 10، ގަ އެވެ. ބަދަލުގައި ގެނައީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއް ކަމަށްވާ ހިންދުސްތާން އޭރޮނެޓިކްސް މަދަނީން ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެއީ މަދަނީންކަން ކަށަވަރުކުރި ގޮތާއި، އެ މީހުންގެ ތަފުސީލުތަކާއި އުޅަނދުތައް އޮޕަރޭޓުކުރުމުގާ އަމަލުކުރާ ގޮތްތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ވާނީ ހުށަހަޅާފަ އެވެ.

Advertisement

މެއި 12، ގައި ހުށަހެޅި އެ އާރުޓީއައި އަށް ޑިފެންސުން ޖަވާބު ދިނީ ޖުލައި 25، ގައި ސަރުކާރުން އަވަސް އަރުވާލައިގެން ދިން ޖަވާބުތަކުގެ ތެރެއިންނެވެ. ނަމަވެސް ގިނަ ތަފުސީލުތައް ދޭން ޑިފެންސުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ނޫހުން ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އިންޑިއާގެ މަދަނީންނަށް ހަރަދުކުރާ ފަރާތްވެސް ހިމެނެ އެވެ. އެގޮތުން 76 މަދަނީންނަށް ހަރަދުކުރަނީ އިންޑިއާގެ ސަރުކާރުންތޯ، ދިވެހި ސަރުކާރުންތޯ ނުވަތަ އެ މީހުން ނިސްބަތްވާ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނިންތޯ ވާނީ ސުވާލުކޮށްފަ އެވެ.

ޑިފެންސުން ލިޔުމުން ދިން ރަސްމީ ޖަވާބުގައި ބުނީ، އެ ހަރަދުތައް ކުރަނީ ސީދާ އިންޑިއާގެ ސަރުކާރުން ކަމަށެވެ. އަދި, މަދަނީންވެސް އަމަލުކުރަމުން ދަނީ އުޅަނދުތައް އޮޕަރޭޓު ކުރުމަށް އިންޑިއާ ސިފައިން ބޭތިއްބުމަށް ހަދާފައިވާ އެއްބަސްވުމަށް ކަމަށްވެސް ޑިފެންސުން ބުންޏެވެ.

"މަދަނީންވެސް އަމަލުކުރަމުންދަނީ ކުރީގެ އެއްބަސްވުމަށް ކަމުން، މި މީހުންގެ އެންމެހާ ހަރަދުތައް ބަލަހައްޓަމުން ދަނީ އިންޑިއާ ސަރުކާރުން،" މިނިސްޓްރީގެ ޖަވާބުގައި ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަމަލުކުރަމުންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހެދި "ޑިފެންސް އެކްޝަން ޕްލޭން" ގެ ދަށުން ވެފައިވާ އެކި އެއްބަސްވުންތަކަށެވެ. ބެލެވޭ ގޮތުގައި ޑިފެންސުން ރިއާޔަތް ކުރަނީ އެ އެއްބަސްވުމަށެވެ.

ނަމަވެސް، އިންޑިއާ ސިފައިން ފޭބުމަށާއި މަދަނީން ގެނައުމަށް ވަކީ ލެޓާ އޮފް އެކްސްޗޭންޖެއްގައި ސޮއިކުރި ކަމަށާއި އިންޑިއާގެ މަދަނީން ރާއްޖޭގައި ތިބޭނީ އެ އެލްއޯއީގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.

އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، މެއި 11، ގައި ވިދާޅުވީ އެ އެލްއޯއީގެ ދަށުން އައްޑޫ އަދި ކައްދޫގައި ތިބި މަދަނީންގެ މުއްދަތު ފެބްރުއަރީ 2025، ގައި ހަމަވާނެ ކަމަށާއި ޑޯނިއާ ދުއްވާ މަދަނީންގެ މުއްދަތު ފެބްރުއަރީ 2026 ގައި ހަމަވާނެ ކަމަށެވެ. ނަމަވެސް ޑިފެންސްގެ މި ޖަވާބާއެކު މަދަނީން އަމަލުކުރަނީ ކުރީގެ އެ ވިދާޅުވި އެލްއޯއީއަށްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އަމަލުކުރާ އެއްބަސްވުމާއި ހަރަދުކުރާ ފަރާތުގެ އިތުރަށް ރާއްޖޭގައި މިހާރު ތިބި މަދަނީންގެ އިތުރު އެއްވެސް ތަފުސީލެއް ދޭން ޑިފެންސުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ މިނިސްޓްރީން ދެއްކި އުޒުރުތަކަކީ އެ މައުލޫމާތުތައް ދޫކޮށްފި ނަމަ ގައުމީ ސަލާމަތައް ނުރައްކަލެއް ކުރިމަތިވުމެވެ. އަދި، ބައެއް މައުލޫމާތަކީ އެ މީހުންގެ ޒާތީ މައުލޫމާތު ކަމުން ދެވެން ނެތް ކަމަށްވެސް ޑިފެންސުން ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox