އިންތިހާބަށް ކަޑަޖެހުމާއި ދައުލަތުގެ ކުންފުނިތައް ބޭނުން ކުރާ މައްސަލަ މިފަހަރު ވެސް ބޮޑު: ޓްރާންސްޕޭރަންސީ

Apr 14, 2024, 4:15 PM
ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވުމަށްފަހު: ޓްރާންސްޕޭރަންސީން ބުނަނީ އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް ފެށުން އާންމުވެފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވުމަށްފަހު: ޓްރާންސްޕޭރަންސީން ބުނަނީ އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް ފެށުން އާންމުވެފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަޑަޖެހުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ކުންފުނިތައް ބޭނުން ކުރާ މައްސަލަ މިފަހަރު ވެސް ބޮޑު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕްރީ-އިލެކްޝަން ދިރާސާއަށްފަހު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް އިއުލާނު ކުރުމާއި މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އިންތިހާބާ ދިމާކޮށް ދައުލަތް ހިއްސާވާ ކުންފުނިތައް އިންތިހާބީ ފައިދާއަށް ބޭނުން ކުރުން "ވަކިން ހާއްސަކޮށް" ފާހަގަ ކުރެވޭ ކަމަށެވެ.

"ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކުރެވޭ،" ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އަންހެނުންގެ އަދަދު މަދުވުމާއި އިންތިހާބުތަކުގައި ރައްޔިތުން ފުރިހަމައަށް ތަމްސީލު ނުކުރެވޭ މައްސަލަ ބޮޑު ކަމަށް ވެސް ޓްރާންސްޕޭރަންސީއިން ބުނެ އެވެ.

އެގޮތުން، އެ ޖަމިއްޔާއިން ބުނީ 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ އަޅާބަލާއިރު ވެސް މިފަހަރު އިންތިހާބުގައި ވާދަ ކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ދާއިމީ އެޑްރެހަށް ބަލައި ވޯޓު ދޭންޖެހޭނީ، ދިރިނުއުޅޭ ތަނަށް ވޯޓު ދޭންޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.

"އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ފަރާތްތައް ވާކަން ފާހަގަކުރެވެއެވެ. ވޯޓުލާ މީހުންގެ ލިސްޓުތައް ދާއިމީ އެޑްރެހަށް ބިނާވެފައި އޮތުމުން ވޯޓުލާ ގިނަ ފަރާތްތަކަކަށް ވޯޓުދިނުމަށް މަޖުބޫރުކުރެވެނީ އާންމުކޮށް ދިރިއުޅޭ، އިޖްތިމާއީ އިގްތިސާދީ އަދި ސިޔާސީ ގޮތުން އެތަނަކާއި ގުޅުންހުރި ދާއިރާ ތަކަކަށް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، މި އިންތިހާބުގައި ވެސް ވޯޓު ގަތުމުގެ މައްސަލަ ވެސް ފާހަގަ ކުރެވޭ ކަމަށް ޓްރާންސްޕޭރަންސީއިން ބުނެ އެވެ. ވޯޓު ވިއްކުމަށް ރައްޔިތުން، ކެންޑިޑޭޓުންނަށް ހުށަހަޅަމުންދާ ކަމަށް ވެސް އަ ޖަމިއްޔާއިން ބުނެ އެވެ.

"ނަމަވެސް ވޯޓު ގަތުން މޮނިޓަރ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިޔަށް ނުގެންދެވުމާއި ގުޅުންހުރި ގާނުންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް،" ޓްރާންސްޕޭރަންސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox