ފުށިދިއްގަރު މަޝްރޫއަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކޮންޓްރެކްޓަރު އަތުން ހަރަދުވާނެ: މިނިސްޓަރު

Jan 4, 2024, 9:09 AM
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ: ވިދާޅުވީ ފަޅު ހިއްކުމުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރު ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ: ވިދާޅުވީ ފަޅު ހިއްކުމުގެ ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރު ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރު މަދުވެގެން ކޮންޓްރެކްޓް ހަވާލު ކުރި ކުންފުނިން ހަރަދުކުރަންޖެހޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ލަފާ ކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހުނު ނަމަވެސް އެ ތަން ކޮންޓްރެކްޓަރަށް ތަރައްގީ ކުރެވޭނީ 500 ނުވަތަ 700 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"އެއީކީ ކުޑަ ހަރަދެއް ނޫން. ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ. އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދާ، މި ހުރިހާ އެއްޗަކަށް ބަލާފަ [އަގެއް އެސްޓިމޭޓު ކުރެވިދާނެ]،" ޑރ. މުއްތަލިބު ވިދާޅުވި އެވެ.

ކުރިން ވެސް ސަރުކާރުން ބުނެފައިވާ ގޮތަށް މިނިސްޓަރު މިއަދު ވެސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަންނުޖެހޭނެ ކަމަށެވެ.

"ކޮންޓްރެކްޓާ އެ އޮތީ އެ ހުރިހާ ރިސްކެއް ނަގާފަ ދައުލަތުން އެމީހުންނަށް މިވެނި ވަރަކަށް ބިން ކޮމިޓު ކުރީމަ ބާކީ ބައި އެއްކޮށް ހިއްކައިދޭ ގޮތަށް. އެއީކީ އެއްވެސް ވަރަކަށް ފައިސާގެ މުއާމަލާތެއް ހިނގާ މަޝްރޫއެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކޮމްޕެނީ އިންނެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ފުށިދިއްގަރުފަޅުން ހިއްކާ ތަނުން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 90 އަހަރަށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox