Advertisement

މިސްކިތު މަރާމާތު ފަންޑު ތިން ގުނަ ބޮޑުކޮށްފި

14 ޑިސެންބަރު 2023 - 14:39 0

އަމަން ހަލީމް

އަމަން ހަލީމް

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: މިސްކިތްތައް މަރާމާތުކުރާ ފައިސާ އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް -- ފޮޓޯ/މުހައްމަދު ޝާބިން


މިސްކިތު މަރާމާތު ފަންޑު ތިން ގުނަ ބޮޑުކޮށްފި

14 ޑިސެންބަރު 2023 - 14:39 0

މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބަޖެޓު ތިން ގުނަ ބޮޑުކޮށް، 15 މިލިއަން ރުފިޔާ އެކަމަށް ހަމަޖައްސައިދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިސްކިތްތައް މަރާމާތު ކުރާ ފަންޑު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި ވައުދު ފުއްދަވައިދެއްވިކަން ހާމަކުރައްވާ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވާ ރީތިކޮށް ބަލަހައްޓަން 15 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.

މި ފައިސާ ހަމަޖެއްސިކަން ހާމަކުރެއްވި ނަމަވެސް، އެއީ ކޮން ގޮތަކުން ހަމަޖެއްސި ފައިސާއެއް ކަމެއް ނޭނގެ އެވެ. އެކަން އޮޅުންފިލުވަން މިނިސްޓަރަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ވެސް ރައީސް މުއިއްޒު، މާލޭގައި ހުރި މިސްކިތްތައް މަރާމާތުކުރުމުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޓެލެތޯން އާއި އެހެނިހެން ގޮތްގޮތުން ފަންޑު ހޯދައިގެން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރެއްވި އެވެ.