އޭސީސީގެ އެންގުމާ އެއްގޮތަށް ގެދޮރުވެރިޔާ ފްލެޓު ދިނުން ހުއްޓާލައިފި

ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން. އެންމެ ފުރަތަމަ ދޫކުރާނީ 4,000 ފްލެޓު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން. އެންމެ ފުރަތަމަ ދޫކުރާނީ 4,000 ފްލެޓު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައި. --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެން ގެދޮރުވެރިޔާ ފްލެޓުތައް ދިނުން ހައުސިން މިނިސްޓްރީން ހުއްޓާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރިވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަގަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ނުގެންދިޔުމަށް އޭސީސީން އަންގާފައިވާތީ އެ ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލައިފާވާ ކަމަށެެވެ.

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާއްމުކޮށް ފްލެޓުތަކުގެ ގުރުނެގުމުގެ މަސައްކަތް ފެށުމާ އެކު އޭސީސީން ވަނީ އެ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް އަންގާފަ އެވެ.

ނަމަވެސް, އޭގެ ފަހުންވެސް ފްލެޓް ލިބުނު ބައެއް ފަރާތްތަކަށް އޮންލައިންކޮށް ފްލެޓުގެ އެގްރީމެންޓުތައް ފޮނުވައިގެން އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

މި ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 7000ރ. އާއި މަރާމާތު ފީއަށް 1000ރ. ހިމެނޭހެން 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 5000ރ. އާއި މަރާމާތު ފީ 1000ރ. ހިމަނައިގެން 6000ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox