ޕޮޕިއުލާ ކުންފުނީގެ މައްސަލަ ޕީޖީއަށް ފޮނުވީ ހަތް އަހަރު ފަހުން އެ ކުންފުނިން ކޯޓަށް ދިޔަ ހިސާބުން

May 10, 2026, 8:56 PM
އޭސީސީގެ ރައީސް އާދަމް ޝާމިލް: ޕޮޕިއުލާ ކުންފުނިން ބުނީ އޭސީސީ އިން މަސައްކަތް ކުރީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް: ޕޮޕިއުލާ ކުންފުނިން ބުނީ އޭސީސީ އިން މަސައްކަތް ކުރީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ ޕޮޕިއުލާ މޯލްޑިވްސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހުގައި އެދުނީ މައްސަލަ ތަހުގީގު ކުރަން ފެށިތާ ހަތް އަހަރު ފަހުން، އެ ކުންފުނީގެ ފަރާތުން މައްސަލަ ކޯޓަށް ވެއްދުމުންކަން އެނގިއްޖެ އެވެ. 

މިއަދު ނެރުނު ބަޔާނެއްގައި އޭސީސީ އިން ބުނީ ޕޮޕިއުލާ ކުންފުންޏަށް ދޫކޮށްފައިވާ ތ. އޮޅުގިރިއަށް އިކުއިޒިޝަން ދީ ދެއްކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން ކަމަށެވެ. އަދި އެ ކުންފުނިން މަނީ ލޯންޑާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމަކު، ޕޮޕިއުލާ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވީ އޭސީސީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކޮމިޝަނަށް ކޯޓުން އެންގުމުން ކަމަށެވެ. 

Advertisement

"އެއްވެސް ހެއްކެއް އޮތް ނަމަ ކީއްވެ ކުރިން ދައުވާ ކުރަން ނޭދުނީ؟ އެއްވެސް ހެއްކެއް ނެތް މި މައްސަލައިގައި. އެކަމަކު އޭސީސީ ހަމަ މައްސަލަ ހިފަހައްޓައިގެން ތިބީ،" މި ނޫހާ ވާހަކަ ދެއްކި ޕޮޕިއުލާ ކުންފުނީގެ އޮފިޝަލަކު ބުންޏެވެ. 

ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައި އޮތް އޮޅުގިރި އަތުލަން ކަމާ ބެހޭ އިދާރާގައި އެދުމަށް ވެސް މިއަދު ކޮމިޝަނުން ނިންމި އެވެ. އެގޮތަށް އެދެން ނިންމީ އެއްބަސްވުމާ އެއްގޮތަށް ރަށް ތަރައްގީކޮށްފައިނުވާތީ ކަމަށް ކޮމިޝަނުން ބުނެ އެވެ. 

ނަމަވެސް އޮޅުގިރި ތަރައްގީ ކުރެވިފައިނުވަނީ "ބަލަމުންދާ މައްސަލައެއް" އޮތް ކަމަށް ބުނެ އޭސީސީ އިން އިންވެސްޓަރުންނަށް ބިރު ދައްކަމުން ދިޔުމުން ކަމަށް ޕޮޕިއުލާ ކުންފުނިން ބުންޏެވެ. އަދި އޭސީސީ އިން މަސައްކަތް ކުރީ އެ މައްސަލައިގައި "ނުސީދާ މަގަކުން" ކަމެއް ހާސިލުވޭތޯ ކަމަށް ވެސް ޕޮޕިއުލާ މޯލްޑިވްސް އިން ބުނެ އެވެ. 

"އޭސީސީ އިން ހަތް އަހަރު ވަންދެން މި ރަށް ހިފަހައްޓާފައި ވަނީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯ. ނަމަވެސް މި ރަށަކީ ހައްގު ގޮތުގައި އަގު ދައްކާފައިވާ ރަށަކަށްވާތީ މި ކުންފުނިން ނިންމީ ހައްގު ހޯދަން ޝަރީއަތަށް ދިޔުމަށް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން، އޮޅުގިރި އަތުލަން އެދެން ނިންމުމުން ވެސް ޕޮޕިއުލާ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ ދެ ފަރާތެއްގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއް ބާތިލުވާ ގޮތަށް ކަމެއް ކުރުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގައި ކަނޑައަޅާފައިވާތީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox