އާސަންދަ އާއި ސަބްސިޑީއަށް ބަޖެޓްކުރި ފައިސާގެ ބޮޑު ބައި ހުސްވެެއްޖެ

އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރަތަކެއްގައި އެކަން އަންގައިދޭ ބޯޑުތަކެއް ޖަހާފައި. މިއަހަރު ދެބައި ނުވަނީސް އާސަންދައިގެ ބަޖެޓް ހުސްވާނެކަމަށް ބެލެވޭ. ފޮޓޯ:ހުސައިން ސައްޔާހު/އަދަދު

އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރަތަކެއްގައި އެކަން އަންގައިދޭ ބޯޑުތަކެއް ޖަހާފައި. މިއަހަރު ދެބައި ނުވަނީސް އާސަންދައިގެ ބަޖެޓް ހުސްވާނެކަމަށް ބެލެވޭ. ފޮޓޯ:ހުސައިން ސައްޔާހު/އަދަދު

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އާއި ދައުލަތުން ދޭ ސަބްސިޑީތަކަށް ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ޖެހި ފައިސާގެ ބޮޑު ބައެއް މިހާރު ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްތަކުގައިވާ ގޮތުން އާސަންދައަށް ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ޖެހި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން މިހާރު (އޭޕްރިލްމަހުގެ 20 ވަނަ ދުވަހާ ހަމައަށް) ބާކީ އޮތީ 237.8 މިލިޔަން ރުފިޔާ އެވެ. ސަބްސިޑީއަށް ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ޖެހި 2.28 ބިލިޔަން ރުފިޔާގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ވެސް އެ ތާރީހާ ހަމައަށް ވަނީ ހަރަދުވެފަ އެވެ.

ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން އާސަންދައަށް ކަނޑައެޅި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން އޭޕްރިލް 20، ވަނަ ދުވަހާ ހަމައަށް ހަރަދުވީ 807.2 މިލިޔަން ރުފިޔާ އެވެ. އެ ތާރީހާ ހަމައަށް ސަބްސިޑީއަށް ހަރަދުވީ 1.35 ބިލިޔަން ރުފިޔާ އެވެ.

ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ މާޗް 23، ވަނަ ދުވަހުން ފެށިގެން އޭޕްރިލް 20، ވަނަ ދުވަހާ ހަމައަށް އާސަންދައަށް ހަރަދުވި ފައިސާގެ ޖުމްލައަކީ 182.7 މިލިޔަން ރުފިޔާ އެވެ. އެ މުއްދަތުގައި ސަބްސިޑީއަށް 352.8 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

ފެބްރުއަރީ 23، ވަނަ ދުވަހުން ފެށިގެން މާޗް 23، ވަނަ ދުވަހާ ހަމައަށް އާސަންދައަށް ހަރަދުވީ 166.1 މިލިޔަން ރުފިޔާ އެވެ. އެ މުއްދަތުގައި ސަބްސިޑީއަށް 223.3 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

ޖެނުއަރީ 26، ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 23، ވަނަ ދުވަހާ ހަމައަށް އާސަންދައަށް ހަރަދުވީ 175 މިލިޔަން ރުފިޔާ އެވެ. އެ މުއްދަތުގައި ސަބްސިޑީއަށް 516.3 މިލިޔަން ރުފިޔާ ހަރަދުވި އެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ތިން މަސް ދުވަހު ވެސް މަހެއްގެ ތެރޭގައި އާސަންދައަށް ހަރަދުވި ފައިސާގެ އަދަދު 160 މިލިޔަން ރުފިޔާއަށް ވުރެ މަދުވެފައެއް ނުވެ އެވެ. އަދި ސަބްސިޑީއަށް ހަރަދުވި ފައިސާގެ އަދަދު މަހަކަށް 200 މިލިޔަން ރުފިޔާއަށް ވުރެ މަދުވެފައެއް ނުވެ އެވެ.

އެ ރޭޓުން ހަރަދުވާ ނަމަ އާސަންދަ އާއި ސަބްސިޑީއަށް މިއަހަރުގެ ބަޖެޓްގައި ޖެހި ފައިސާ އަހަރު ދެބައިވުމުގެ ކުރިން ހުސްވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox