އަލަމްގީރް ކޯޓުގައި ތައުބާވެއްޖެ، އިއްވީ ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމެއް

Aug 31, 2022, 10:54 AM
އަލަމްގީރް: އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

އަލަމްގީރް: އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި ތައުބާވުމުން އަދަބު ކުޑަކުރުމަށްފަހު ޖަލު ހުކުމެއް އިއްވައިފި އެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް ޝަރީއަތުގައި އިއުތިރާފުވެފައިވާ އަލަމްގީރްގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު, އެ އަޑުއެހުމުގައި ގާޒީގެ ކުރިމަތީގައި އަލަމްގީރް ތައުބާވިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

ކުށަށް ތައުބާވުމަކީ, އެ ކުށާ މެދު ދެރަވެ މާފަށް އެދި އަދި އެ ކުށް ދެން އިތުރަށް ތަކުރާރު ނުކުރާނެ ކަމަށް އެއްބަސްވުމެވެ.

އަލަމްގީރްގެ އިއުތިރާފާއި ތައުބާއަށް ރިއާޔަތްކުރުމަށްފަހު އަދަބު ލުއި ކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިއްވެވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަވަސް ނިޔާގައި މައްސަލަ އެއް ހަފުތާގެ ތެރޭ ކުރިމިނަލް ކޯޓުން މި ނިންމީ, އިއުތިރާފުވާ މައްސަލަތަކުގައި އެގޮތަށް އަމަލުކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު, އޭނާއާއެކު ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދުގެ މައްޗަށް ވެސް ޝަރީއަތް ވަނީ ފަށާފަ އެވެ. އޭނާ ކުށަށް އިއުތިރާފުވެފައެއް ނުވެ އެވެ.

އޭގެއިތުރުން މި މައްސަލާގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. މި ޝަރީއަތްތައް ކުރިއަށް ގެންދާނީ, ޖިންސީ ކުށާ ގުޅޭ މައްސަލައަކަށްވާތީ ސިއްރުކޮށްގެންނެވެ.

މައްސަލާގައި ދައުވާ ލިބޭ މީހުން ހައްޔަރު ކުރުމަށްފަހު، މައްސަލަ ތަހުގީގުކޮށް، ޕީޖީއަށް ފޮނުވުމާއެކު އަލަމްގީރު ނޫން އެހެން މީހުން ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލައިގައި ހަމައެކަނި ހަތަރު މީހުން ހައްޔަރުކުރި ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އެއާއެކު، ގިނަ އިދާރާތަކުން އަންނަނީ ވީޑިއޯތަކުގެ މައްސަލައިގައި ހިމެނޭ މީހުން ސަސްޕެންޑުކުރަމުންނެވެ. މިގޮތުން މިހާތަނަށް ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox